[HEADER BANNER]
[AD]

ސިޔާސީ ބާރުވެރިކަން ޒުވާނުންނަށް ހޯދައިދިނުމަށް ނިންމި ނިންމުމަށް މަރުޙަބާ

1 ޑިސެމްބަރު 2013 14

އައިކުލަބަށް ނިސްބަތްވާ ޒުވާނުންތަކެއް އިހަވަންދޫ ކައުންސިލާއި ބައްދަލުކުރަނީ

ސިޔާސީވެށީގައި ތަޢުލީމީ އުފެއްދުންތެރި ޒުވާނުންނަށް ހުރި ފުރުޞަތުތައް ނުހަނު ކަންބޮޑުވާ ދަރަޖައަކަށް މީގެ ކުރިން ރަށްފުށުގައި ހިފެހެއްޓިފައި ހުރި ހުރުމަކީ ކަންބޮޑުވާކަމެކެވެ. މިކަން މިހެން ދިމާވީ މައިގަނޑު ދެ ސަބަބަކާ ހުރެއެވެ. ފުރަތަމަ ސަބަބެއްކަމަށް އަޅުގަނޑަށް ފާހަގަކުރެވެނީ، ސިޔާސީ ކަންކަމަށް ޒުވާނުންގެ ވިސްނުމާއި ބުއްދި ގެންގުޅުނު ގޮތެވެ. ދެވަނަ ސަބަބަކީ، ތާއަބަދު ވަކި ބަޔަކު ސިޔާސީ ބާރުވެރިކަމާއި ލީޑަރޝިޕް ބޭނުންވި ބޭނުން ވުމެވެ. ނަފުސީ ބޭނުންތައް ކުރިއަށް ނެރެގެންނެވެ. ނަމަވެސް، މިއަދު ޙާލަތު ބަދަލުވާންފަށައިފިއެވެ. ޒުވާނުން ސިޔާސީ ރޭހަށް ބާރަށް ކުރިއަށް ނިކުމެ އެބައިމީހުން އަޑުތައް އިއްވަންފަށާފިއެވެ. ފަސްޖެހުމެއްނެތި ރަށާއި، އަތޮޅާއި ޤައުމަށް އިޙްލާޞްތެރިކަމާއި އެކު ޙިދުމަތްކޮށްދިނުމެ ބޭނުމުގައިކަމަށް ޤަބޫލުކުރެވެއެވެ. އެކުވެރި ދަޢުލަތްތަކުގެ ޖަމިއްޔާގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް، ކޯފީ އަނާން ޒުވާނުންގެ ދައުރުގެ މުހިއްމުކަން ސިޔާސީ ހަރަކާތްތަކުގައި ބަޔާންކުރަމުން ވިދާޅުވެފައިވަނީ ވަނީ މިހެންނެވެ.

"އެއްވެސް ރައްޔިތަކީ އުފަންވާއިރު އެންމެ ރަނގަޅު މީހާއަށް ނުވެދާނެއެވެ. އަދި ހަމަ މި ބީދައިން، އެއްވެސް ޤައުމެއް އުފެދިފައިވަނީ ފުރިހަމަ ޑިމޮކުރަސީ އަކާއެކުވެސް ނުމެ ނޫނެވެ. މިދެކަންތަކަކީވެސް، އޭގެ ހަޔާތުގައި ހަޤީޤީމާނައިގައި ބަދަލުވަމުން ދާ ކަންތައްތަކެވެ. ސިޔާސީ ހަރަކާތުގައި ޒުވާނުން ޅަފަތުގެ ދުވަސްވަރުން ފެށިގެން ބައިވެރިކުރުވަން ޖެހެއެވެ. ސިޔާސީ ކަންތައްތަކުން ޒުވާނުން އެކަހެރި ކުރާ މުޖުތަމަޢުތައް އޭގެ އަސަރު ދިގުމުއްދަތަކަށް ކުރެއެވެ. އަދި އެފަދަ މުޖުތަމަޢު ތަކުގެ އުފެއްދުންތެރިކަން ބީވެ ނެތިގެން ގޮސް، މުޖުތަމަޢު ބަޑަށް ޖެހި ފަނާވާނެއެވެ."

"މީހަކު ބުނީތީ" ކަންކުރާ އުޞޫލު ސިޔާސީ ހަރަކާތްތަކުގައި ގެންގުޅުމުގެ އާދަ މިހާރު ދޫކޮށްލަންޖެހެއެވެ. ބާރުތައް އެއްކުރުމުގެ ފިކުރަކީ މިހާރު ރައްޔިތުން އެހާ ގަޔާވާ ފިކުރެއް ނޫންކަމަށް ހިތުގެ އަޑިން ޤަބޫލުކުރަންޖެހެއެވެ. އަދި ސިޔާސީ ހަރަކާތްތަކުގައި އެންމެ ނިކަމެތި ރައްޔިތު މީހާގެ ވޯޓުންވެސް ގޮތް ނިންމިދާނެކަމީ އަނެއް ސިޔާސީ ހަޤީގަތެވެ. ހުރިހާވެސް ސިޔާސަތަކީ އޯގާތެރިކަމާއެކު ހެޔޮވެރިކަމެއް ކޮށް ރައްޔިތުންނަށް އުފާވެރިކަން ހޯދައިދިނުން ކަމުގައި ހަދަންޖެހެއެވެ. ބޭނުންވަނީ ރައްޔިތުމީހާ ހިނިތުން ވުމާއެކު ދިރިއުޅޭ މަންޒަރު ބެލުމެވެ. މި ބޮޑު މަންޒަރު ފެނުމުން، އަޅުގަނޑުގެ ބޭނުން، ތިބޭފުޅުންގެ ބޭނުންތައް ހާޞިލް ކުރެވުނީކަމަށް ބަލަމާ ހިގާށެވެ.

އިހަވަންދޫގެ އެމް.ޑީ.ޕީ މެމްބަރުން ސިޔާސީގޮތުން "ތަޞައްރަފު" ފުދިއްޖެޔޭ މިބުނަނީ ވަރަށް ފަޚުރުވެރިކަމާއެކުއެވެ. ވާދަވެރި ރަށު ކައުންސިލް ގެ ޕްރައިމަރީއެއް އިތުރު މައްސަލަތަކަކާނުލައި އިހަވަންދޫގެ އެމް.ޑީ.ޕީގެ މެމްބަރުން ނިންމާފިއެވެ. ޒާތީ ޙަޞަދައާއި ތަޢައްޞުބުން އެކަހެރިވެގެންނެވެ. އެންޓި-ކެމްޕެއިންގެ އެންމެހާ ނާތަހުޒީބީ ގޮތްތައްވެސް ދޫކޮށެވެ. ބޭނުންވީ ޕާޓީގެ މަސްލަޙަތު ހިމާޔަތްކުރުމެވެ. ޕްރައިމަރީސް އަށް ވާދަކުރަން އައު މެމްބަރުންތަކަށް ހިތްވަރު ލިބި، ރޭހަށް ނިކުތީ ، ރައްޔިތު މީހާ ސިޔާސީ ވިސްނުންތަކުން ދުވަހަކުވެސް އެކަހެރިނުވާނެކަމަށް ބުނަމުންނެވެ. "ކެރޭނެ، ކުރެވޭނެ، ކުރާނަން"  މި މޮޓޯ އާއި އެކުގައި ކަމަށް ޤަބޫލުކުރެވެއެވެ.

އިންޑިޔާގެ ކަނޑުގައި ފެހި ސާލެއްގެ މަތީގައިވާ މިކުޑަކުޑަ ނަލަ ރާއްޖޭގެ ރަށްތަކުގެ ތެރެއިން ހއ. އިހަވަންދޫއަކީ ނިޞްބަތުން ތަޢުލީމީ ޒުވާނުން ގިނަ ރަށެކެވެ. ޒަމާނުންސުރެން ފެށިގެން ކާބަފައިން ތަޢުލީމަށްޓަކައި އިންދި އޮށްތައް މިޢަދު މިވަނީ މުޖުތަމަޢު އަށް ދިރުން ގެނެސްދޭ އަލި ދަންމަރު ތަކަކަށްވެފައެވެ. ތަރުބިއްޔަތާއި އަޙުލާޤު މިވަނީ ހއ. އިހަވަންދޫގެ މުޖުމަތަޢުގެ ހާއްޞަ ސިފައެއްގެ ގޮތުގައި އަދިވެސް ބެލެވިފައެވެ. އުފެދި ބޮޑުވަމުން އަންނަ އިހަވަންދޫގެ މުޖުތަމަޢުގެ ޒުވާނުން ވީހާވެސް ގިނައިން ސިޔާސީ ކަންކަމުގައި ބައިވެރިކުރުމަކީ އިޖްތިމާޢީ ބޮޑެތި މައްސަލަތަކަށް އޮތް ޙައްލެކެވެ.

ތަޢުލީމީ ޒުވާނުންނަށް ސިޔާސީ ފުރުޞަތުތައް ތަނަވަސްކޮށްދީ ސިޔާސީ ބާރުވެރިކަން ޒުވާނުންނަށް ހޯދައިދިނުމަކީ އަޅުގަނޑު އަބަދުވެސް ޤަބޫލުކުރި ޤަބޫލުކުރުމެކެވެ. މިޒުވާނުން ތިބީ، ރަށަށާއި، އަތޮޅަށާއި އަދި ޤައުމަށް ޙިދުމަތްކުރަން ލިބޭ ކޮންމެ ފުރުޞަތެއްގެވެސް ބޭނުން ކުރާށެވެ. އެބައިމީހުންގެ އުއްމީދުތައް އާލާކުރަމުންނެވެ. ނަމަވެސް، ހިތާމައަކީ، އެމް.ޑީ.ޕީ ގެ މަދު މެމްބަރުން ކޮޅަކަށް މިފަދަ ޒުވާނުން ގެ "ހަކަތަ" ގެ ފަންވަރާއި ބުންވަރު އަންދާޒާކުރެވުނަސް އެކަން ޤަބޫލުނުކުރުމެވެ. ނަމަވެސް، މިއީ މާޒީއެވެ. މިވާހަކަތައް އިތުރަށް ތަކުރާރު ކުރުމުގެ ބޭނުމެއް މިހާރަކު ނެތެވެ. އެހެނެއްކަމަކު، ސިޔާސީ ބާރުވެރިކަން ޒުވާނުންނަށް ހޯދައިދިނުމަށް އިހަވަންދޫގެ އެމް.ޑީ.ޕީ މެމްބަރުން ނިންމި ނިންމުމަށް މަރުޙަބާ ކިޔަމުއެވެ. ޕްރައިމަރީސް ގައި ވާދަކޮށް ނާކާމިޔާބުވި ބޭފުޅުންނަށް ހިތްވަރު ދެމެވެ. އެބޭފުޅުންގެ އިހްލާޞްތެރި މަސައްކަތްތައް އެމް.ޑީ.ޕީ ގެ މެމްބަރުންނާއި ރައްޔިތުން ބަލައިގަންނާނެކަމަށް ދެކެމެވެ. ސިޔާސީ ހަރަކާތުގައި ކޮންމެ މީހަކީވެސް މުހިއްމު މީހެކެވެ.

[BOTTOM CONTENT BANNER]
ލޯކަލް ކައުންސިލް އިންތިހާބު, އެމްޑީޕީ އިހަވަންދޫ, ފެންތަށި

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

މި ލިޔުމަށް ވަރަށް ތާޢީދު، ފިރާޟް ހަބޭސް،،،،ބާރަށް ކުރިއަށް

– 1 ޑިސެމްބަރު 2013 3

ކޮބައިތޯ އެތަނުން ތައުލީމީ ޒުވާނަކީ.... މަ ދެން އަންނަނި ހިނި މި ލިޔުން ކިޔައިލީމަ..... މުޅިން ބޮލުރޮދިން ތިބީ ...

– 1 ޑިސެމްބަރު 2013 7

އަޅުގަނޑު ބޭނުންވަނީ މިލިޔުން ލިޔުނު މީހާގެ ތަޢުލީމީ ފެންވަރުބަލާލަން. ތަނެއްދޮރެއްނޭގޭ މީހުން މިހެންލިޔާއެއްޗެހި ޝާއިރު ނުކުރުމަށް ގޮވާލަން.

– 1 ޑިސެމްބަރު 2013 1

އަޅުގަނޑަށް އެގިފައިވާ ގޮތުގައި މި ލިޔުނު މީހާ އަކީ މިހާރު ޕީ.އެޗް.ޑީ އަށް ކިޔަވާ ދަރިވަރެއް. މި ލިޔުމުގައި ހުރީ ޤަބޫލުކުރެވޭ ވާހަކަ.

– 2 ޑިސެމްބަރު 2013 3

ކައުންސިލް ކަމަށް ކުރިމތިލާންވީ އިސްލާމްދީނަށް ލޯބިކުރާ، ތަޢުލީމީ ޒުވާނުން. ތެދުވެރިކަމާއެކު އެހެން މީހުންގެ ވާހަކަތައް އަޑުއަހާ އޯގާތެރި މީހެކެވެ. - މީހުންނާއި ފަސޭހައިން ގުޅޭ ރަހުމަތްތެރި މީހެކެވެ. . - މީހުންނާއި އޮންނަ ގުޅުމުން ހިތްވަރު ލިބިގަންނަ މީހެކެވެ. އިސްނެގުމަށް ލޯބިކުރާ ވާދަވެރި މީހެކެވެ. - ޤަރާރު (ޑިސިޝަން) ނެގުމުގައި އެއްވެސް ކަހަލަ ޖެހިލުމެއް ނުވާ އަވަސް މީހެކެވެ. - ބޭނުންވާ ލަނޑުދަނޑި ހާސިލުކުރުމަށްޓަކައި ކޮންމެ ގޮންޖެހުމަކާއި ކޮންމެފަދަ އުނދަގުލަކާއި ވެސް ކުރިމަތިލާނޭ ހިތްވަރުގަދަ މީހެކެވެ. - އަމިއްލަ ވިސްނުންތަކާއި ދެކޭ ގޮތް ސާފުކޮށް ސަރީހަކޮށް ހާމަކުރާ މީހެކެވެ. ވަކިޕާޓީއަކަށް ނުބަލާ،ރައްޔިތުންނަށް ހިދުމަތް ކޮށްދޭނެ މީހެކެވެ،،،

– 2 ޑިސެމްބަރު 2013 0

ޙަޤީޤަތުގައިވެސް މި ފުރުޞަތައް ޒުވާނުންނަށް ހޯދައިދިނުމަށް މުހައްމަދު ފިރާޟް ވަރަށް މުހިއްމު ދަޢުރެއް އަދާކޮށްފައިވާ ކަމަށް ޤަބޫލުކުރަމެވެ. އަދި އިހަވަންދޫގައި ހުރި ސިޔާސީ އެންމެ ބުރަދަން ހުރި އެކަކީވެސް މުހައްމަދު ފިރާޟެވެ. އެބޭފުޅާ ޙައްޤުބަސް ބުނެ އުޅޭ އަޑު އަހަމުއެވެ.

– 2 ޑިސެމްބަރު 2013 1

ރައްޔިތުންގެ މަޖިލީސް ގޮޑި އިހަވަންދޫ ތަޢުލީމީ ޒުވާނަކަށް ހޯދައިދިނުމަށް އެދެން

– 2 ޑިސެމްބަރު 2013 0

ފިރާޟް ދަންނަވާފައިވާ ފަދައިން ޒުވާނުންގެ "ހަކަތަ" ގެ ފެންވަރާއި ބުންވަރު މިފަހަރު ހަމަ ރަނގަޅަށްވެސް ދަށްކާލާފި.

– 2 ޑިސެމްބަރު 2013 0

އިހަވަންދޫގަވެސް ޑިގްރީ ފެންވަރުގެ ތައުލީމީ ގާބިލް މީހުން އެބަތިބި!!!! ކައުންސިލްކަމަށް ކުރިމަތިލުމަށް އެމީހުންނަށް އިލްތިމާސްކުރަން

– 2 ޑިސެމްބަރު 2013 0

މުޙައްމަދު ފިރާޟް ބާރަށް ކުރިއަށް!!!!ޕިސް!!!ޕިސް!!!

– 2 ޑިސެމްބަރު 2013 0

އަޅުގަނޑަށް ހީވަނީ އެމްޑީޕީން ރަށުގެ ތަޢުލިމީ ދަރިންނަށް މަލާމާތް ކުރަނީހެން، އެމްޑީޕީން ކައުންސިލް އިންތިޙާބަށް ނެރެފަ ތިބިމީހުންގެތެރޭގަ ނެތް އޯ ލެވެލް 3 ފާސް އޮތްމީހެއް،

– 2 ޑިސެމްބަރު 2013 2

މިއޮތީ ވާ ޤައުމެއް! އެންމެން ހަލާކުވަނީ ސިޔާސީ ކަންކަމުގައި. ދެން މަ ހީ ހީ ހަލާކު

– 3 ޑިސެމްބަރު 2013 1

އަޑު އެހިން، ފިރާޟް ކުރިމަތި ލާވަހަކަ؟ ފިރާޟް އަށް އެމް،ޑީޕީ ގެ ތާޢީދު އެބައޮތްތޯ؟

– 3 ޑިސެމްބަރު 2013 0

ސާމީރު އާއި މަންސޫރު އަމިއްލަ އެދުމުން ފުރިފަ. ޢަލީ އިބްރާހިމް، ބޮޑުދޮންބެ ހުސޭުނު، މޫސާ ނަގޫ ފިތިފަ. ތަކަންދޫ އަހުމަދު އަށޯ ތާޢީދު ކުރެވޭނީ،،،ތަކަންދޫ އަހުމަދު އޯ ވޯޓު އެމް.ޑީ.ޕީ އަށް ލަނީ..މިއޮތީވާކަމެއް...

– 5 ޑިސެމްބަރު 2013 0