ހާއްސަ އެހީއަށް ބޭނުންވާމީހުންގެ ދުވަހާއި ގުޅުވާގެން ކުޑަކުދިންގެ ހަވީރެއް ބާއްވަނީ

5 ޑިސެމްބަރު 2013 0

ދުނިޔޭގެ ހާއްސަ އެހީއަށް ބޭނުންވާމީހުންގެ ދުވަސްކަމުގައިވާ ޑިސެމްބަރ ތިނެއް ފާހަގަކުރުމަށް މާދަމާ އިހަވަންދޫގައި ކުޑަކުދިންގެ ހަވީރެއް ބޭއްވުމަށް ނިންމައިފިއެވެ. މައުލޫމާތު ލިބިފައިވާގޮތުގައި އެހަރަކާތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އިމަގާއި އިހަވަންދޫ ސިއްހީމަރުކަޒުގެ އިތުރުން އިހަވަންދޫ ޕޮލިސް ގުޅިގެންނެވެ.

މާދަމާގެ ކުޑަކުދިންގެ ހަވީރު އޮންނާނީ އިހަވަންދޫ ކުޑަކުދިންގެ ޕާކުގައެވެ.

މިއަހަރުގެ އޭޑްސް ދުވަސް ފާހަގަކުރުމަށްވެސް އިހަވަންދޫ ޕޮލިހާއި އިމަގު އަދި ސިއްހީމަރުކަޒު ގުޅިގެންވަނީ ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ.

އިހަވަންދޫ ސިއްޙީ މަރުކަޒު, އިހަވަންދޫ ޕޮލިސް ސްޓޭޝަން, އިމަގު ޖަމިއްޔާ

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ