[HEADER BANNER]
[AD]

ކައުންސިލް ބަހުސްގައި ހުރިހާ ކެންޑިޑޭޓުންގެ ބައިވެރިވުން ހޯދުމަށްދަނީ މަސައްކަތްކުރަމުން: އިމަގު

5 ޖެނުއަރީ 2014 5

މިމަހުގެ 18 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އިހަވަންދޫ ކައުންސިލަށް ކުރިމަތިލާފައިވާ ކެނޑިޑޭޓުންނާއި އިހަވަންދޫ ދާއިރާގެ އަތޮޅު ކައުންސިލަށް ކުރިމަތިލާފައިވާ ކެނޑިޑޭޓުންގެ މެދުގައި، އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު) އިން ބާއްވަން ނިންމާފައިވާ ބަހުސްގައި ހުރިހާ ކެންޑިޑޭޓުންގެ ބައިވެރިވުން ހޯދުމަށް މަސައްކަތް ކުރުމަންދާކަމަށް އިމަގުޖަމިއްޔާއިން ހާމަކޮށްފިއެވެ.

އިމަގު ފޭސްބުކް ފޭން ގްރޫޕްގައި އިމަގުން ހާމަކޮށްފައި ވާގޮތުގައި އެޖަމިއްޔާއިން، ކެންޑިޑޭޓުންނާއި ޕާޓީތަކުގެ ކެމްޕޭން ހަރަކާތްތަކުގައި ބައިވެރިވާ އިސްފަރާތްތަކާއި ބަހުސްގައި ބައިވެރިވުމާއި ގުޅޭގޮތުންދަނީ މަޝްވަރާކުރަމުންނެވެ. އެގްރޫޕްގައި އިމަގުން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި އިއްޔަ މެންދުރުފަހުވަނީ ބަހުސް ވިލަރެސް ކޮމިޓީގެ ބައްދަލުވުމެއް ބާއްވާފައެވެ. އެބައްދަލުވުމުގައިވަނީ ބަހުސްގައި ބައިވެރިވުމުގެ ފުރުސަތު މިމަހު އަށެއްގެ ނިޔަލަށް އިތުރުކޮށްފައެވެ.

[BOTTOM CONTENT BANNER]
އިމަގު ކައުންސިލް ބަހުސް 2014, ލޯކަލް ކައުންސިލް އިންތިހާބު, އިމަގު ޖަމިއްޔާ, ޖޭޕީ އިހަވަންދޫ, ޕީޕީއެމް އިހަވަންދޫ, އެމްޑީޕީ އިހަވަންދޫ

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ހުރިހާ މީހުން ބާވެރިވާނެކަމަށް ހިކުރަން

– 5 ޖެނުއަރީ 2014 2

މިހަބަރު ކިޔާލީމަ އިގިއްޖެ އިއްޔަ އަކްރަމް ޖަހާފައިނީ ދޮގުހަބަރެއްކަން. އަދި އެބޯތެއްނު ހުރިހާއެންމެނަށްވެސް ބާވެރިވުމުގެ ފުރުސަތު. ލިޔުންތެރިޔާ ބޭނުންވީކަންނޭގެ އެމީހުންގެ އަގުވައްޓާލަން

– 5 ޖެނުއަރީ 2014 5

މުޅި އިހަވަންދޫން ވެސް ކައުންސިލަށް ކުރިމަތިލާފަ ތިބި މީހުންތެރޭ ސިރާޖު ނޫނީ ކަމުދާމީހަކު ނެތް. ބަހުސް ކުރިޔަސް ނުކުރިޔަސް މަގޭ ވޯޓު ސިރާޖަށް ލިބޭނެ. އަދި މަގޭ އާއިލާވެސް

– 5 ޖެނުއަރީ 2014 5

ތެދު ހަބަރެއް އެއީ. އިމަގުން ވަގުތު އިތުރު ކުރީ

– 12 ޖެނުއަރީ 2014 0

ސިރާޖް ނޫނީ ކަމުދާމީހަކު ނެތްކަން އެގޭ އިންތިހާބުގެ ނަތީޖާައިން.....

– 20 ޖެނުއަރީ 2014 0