އިހަވަންދޫ ޕޮލިސް ސްޓޭޝަނުން ދެދުވަހުގެ ކޭމްޕެއް ހިންގައިފި

11 ޖެނުއަރީ 2014 0

އިހަވަންދޫ ޕޮލިސް ސްތޭޝަނުން ކުރިޔަށް ގެންދިޔަ ކޭމްޕުގެ ތެރެއިން..

މޯލްޑިވްސް ޕޮލިސް ސާވިސްއިން ކުރިޔަށްގެންދިޔަ "ބުލޫސް ފޯ ޔޫތް" ކޭމްޕާ ގުޅުވައިގެން އިހަވަންދޫ ޕޮލިސް ސްޓޭޝަނުން އިހަވަންދޫގެ ޒުވާނުންނަށް ދެދުވަހުގެ ކޭމްޕެއް ހިންގައިފިއެވެ.

2014 ޖަނަވަރީ 9 އަދި 10 ގައި ކުރިޔަށް ގެންދިޔަ މިކޭމްޕްގެ މައިގަނޑު މަޤްޞަދަކީ އިހަވަންދޫ ޕޮލިސް ސްޓޭޝަންގެ މުވައްޒަފުންނާއި އިހަވަންދޫގެ ޒުވާނުންނާއި އޮންނަ ގުޅުން ބަދަހިކޮށް، ކޭމްޕްގެ ތެރެއިން ޒުވާނުން ޤާނޫނުތަކަށް ހޭލުންތެރިކުރުމާއި އިހަވަންދޫއަކީ އަމާން ސުލްހަވެރި ރަށަކަށް ހެދުމަށްޓަކައި ޒުވާންގެ އެއްބާރުލުން ހޯދުމެވެ.

އިހަވަންދޫގެ ޖުމްލަ 62 ޒުވާނުން ބައިވެރިވި، މިކޭމްޕްގެ ފުރަތަމަ ދުވަހުގެ ޙަރަކާތްތައް ކުރިޔަށް ގެންގޮސްފައިވަނީ ހއ. އިންނަފިނޮޅުގައެވެ. އެގޮތުން އިންނަފިނޮޅުގައި ކޭމްޕުގެ ބައިވެރިން ހަތަރު ގްރޫޕަކަށް ބަހާލައިގެން ކުޅިވަރު ޙަރަކާތްތަކާއި ޓީމް ބިލްޑިންގ އެކްސަސައިޒްތަކުގެ އިތުރުން ޤާނޫނަށް އަޙުލުވެރިކުރުވުމުގެ ގޮތުން ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތައް ކުރިއަށް ގެންގޮސްފައި ވެއެވެ.

ކޭމްޕުގެ ދެވަނަ ދުވަހު އިހަވަންދޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ހުރިހައި ފުލުހުންނާއި ކޭމްޕްގެ ބައިވެރިންނާއެކު ޕެނަލް ޑިސްކަޝަންއެއް ކުރިއަށް ގެންގޮސްފައި ވެއެވެ. އެއްގަޑިއިރަށް ދެމިގެންދިޔަ މި ޑިސްކަޝަންގައި އިހަވަންދޫގައި އާންމުވަމުންދާ ކުށްތަކާ ބެހޭގޮތުން ވާހަކަ ދެކެވުނެވެ. އަދި އެފަދަ ބައެއް ކުށްތަށް ހިނގާފައިވާ ގޮތަށް އަލިއަޅުވައި ލެވުނެވެ. މިޑިސްކަޝަން ނިންމާލީ ޒުވާނުންގެ ހިތްތަކުގައި އުފެދިފައިވާ ސުވާލުތަކަށް ޖަވާބު ދިނުމަށްފަހުގަ އެވެ.

އިހަވަންދޫ ޕޮލިސް ސްޓޭޝަން

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ