[HEADER BANNER]
[AD]

އިމަގު ރަށުކައުންސިލް ބަހުސް މިރޭ

14 ޖެނުއަރީ 2014 0

އިމަގުން ބަހުސްއަށް ތައްޔާރުވަނީ ފޮޓޯ: ހަސަން ފަހުދު

މިމަހުގެ 18 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އިހަވަންދޫ ރަށު ކައުންސިލަށް ކުރިމަތިލާފައިވާ ކެނޑިޑޭޓުންގެ މެދުގައި އިހަވަންދޫ މަސްވެރިންގެ ގުޅުމުގެ ފަރާތުން ބާއްވާ ބަހުސް މިރޭ 20:30 ހުގައި އިހަވަންދޫ އޯޕަން ސްޓޭޖްގައި އޮންނާނެއެވެ.

އިމަގުގެ ހަބަރުތައް ގެނެސްދޭ ފޭސްބުކް ގުރޫޕްގައިވާ ގޮތުން މިރޭއޮންނަ ބަހުސްގައި އެމްޑީޕީއާއި ޕީޕީއެމް ކޯލީޝަނުގެ ކެންޑިޑޭޓުންވެސް ބައިވެރިވާނެއެވެ. ބަހުސް ބޭއްވުމުގެ ކުރިން އޮތް ތައާރަފްވުމުގެ ބައްދަލުވުމުގައިވެސް ދެފަރާތުގެ ކެންޑިޑޭޓުންވެސް ބައިވެރިވިކަމަށް މިނޫހަށް މައުލޫމާތު ލިބިފައިވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިރޭގެބަހުސްވެސް މޮޑަރޭޓް ކޮށްދެއްވާނީ އަތޮޅުކައުންސިލް ބަހުސްވެސް މޮޑަރޭޓް ކޮށްދެއްވި އިހަވަންދޫ މަދަރުސާގެ ޑެޕިއުޓީ ޕްރިންސިޕަލް މުހައްމަދު އަބުދުއްސަމަދެވެ.

[BOTTOM CONTENT BANNER]
އިމަގު ކައުންސިލް ބަހުސް 2014, އިމަގު ޖަމިއްޔާ, ލޯކަލް ކައުންސިލް އިންތިހާބު, ޖޭޕީ އިހަވަންދޫ, ޕީޕީއެމް އިހަވަންދޫ, އެމްޑީޕީ އިހަވަންދޫ, ޕީޕީއެމް ކޯލީޝަން

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ