އިހަވަންދޫ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ތުރާކުނުން މީހަކު ހައްޔަރުކޮށްފި

17 ޖެނުއަރީ 2014 6

ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އަތުލާގަތް ރާފުޅުތަކެއް މާލެއަށް ބާލަނީ -- ފޮޓޯ: ޕޮލިސް މީޑިއާ

ހއ. އިހަވަންދޫ ޕޮލިސް ސްޓޭޝަނުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ހއ. ތުރާކުނަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

ޕޮލިސް މީޑިޔާއިން މައުލޫމާތުދިން ގޮތުގައި ތުރާކުނަށް ދިޔަ މާލެ ދަތުރުކުރާބޯޓަކުން މަސްތުވާތަކެތި އެތެރެކުރަންއުޅޭކަމުގެ މަޢުލޫމަތު ލިބުމާ ގުޅިގެން ހއ. އިހަވަންދޫ ޕޮލިސް ސްޓޭޝަނުން މިރޭ ހިންގި އޮޕަރޭޝަނުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 24 އަހަރުގެ ފިރިހެނެކެވެ.

އަދި އޭނާ ފުލުހުންގެ ބެލުމެގެދަށަށް ގެނެސްފައިވަނީ މަސްތުވާތަކެތި ކަމަށް ތުހުމަތު ކުރެވޭ އެއްޗެއް ހުރި ފިލްމު ހުސްކުރި ދަޅަކާއި 2 ބަނގުރާފުޅިއާއެކު މިރޭ 20:30 ހާއިރުކަމަށް ޕޮލިސް މީޑިޔާއިން މައުލޫމާތު ދެއެވެ.

ޕޮލިސް މީޑިޔާއިން ހާމަކޮށްފައިވާގޮތުގައި އޭނާ އަތުން ފެނުނު އެއްޗެހި ފެނިފައިވަނީ ތުރާކުނަށް ދިޔަ ބޯޓުން ގެންދިޔަ ޕާރުސަލަކާ ޙަވާލުވާން އައުމުން އެ ޕާރުސަލާއި އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައި ފާސްކުރި ކުރުމުންނެވެ.

މިނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ތުރާކުނަށް ދިޔަ މާލެ ދަތުރުކުރާބޯޓަކީ އިހަވަންދޫ ބޯޓެކެވެ. އަދި އެބޯޓު މާލެއިން އިހަވަންދޫއަށް އައިސްފާވަނީ މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ.

މިރޭ ފުލުހުން އަތުލައިގަތް މި ތަކެތީގެ މަގުމަތީއަގު -/30،000 ދިވެހި ރުފިޔާއަށް އަރާނެކަމަށް ޑްރަގް އެންފޯސްމަންޓް ޑިޕާރޓްމަންޓުން މަޢުލޫމާތު ދެއެވެ.

މި މައްސަލަ އިހަވަންދޫ ޕޮލިސް ސްޓޭޝަނުން ގެންދަނީ މިހާރު ތަޙުޤީޤު ކުރަމުންނެވެ.

މަސްތުވާތަކެތި, އިހަވަންދޫ ޕޮލިސް ސްޓޭޝަން

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

އިހަވަންދޫ ޕޮލިސް ސްޓޭޝަން ނިދިން ހޭލާފި.. ކަލޯމެނޭ އޮޕަރޭޝަން ކާމިޔާބު ކުރައްޗޭ..

– 17 ޖެނުއަރީ 2014 1

ޝުކުރިއްޔާ އިހަވަންދޫ ޕޮލިސް ސްޓޭޝަންގެ މުޥައްޒަފުން.

– 18 ޖެނުއަރީ 2014 1

ސަފާހު ހިތްވަރު ކޮށްލާ ތިޔަމަސަކަތަށް ހަމަސާބަސް ؛؛؛؛؛؛ ފަށްލިބޭނެ ކުށްވެރިންތަކެއް އަދި ހޯދާލާ

– 18 ޖެނުއަރީ 2014 3

އިހަވަންދޫ ޕޮލިސް ސްޓޭޝަން މުވަޖަފުން ވަރަށް ރަނގަލުވާނެވެ. އެމީހު ގައުމީ ވާޖިބުތަށް ވަރަށް ރަނގަޅަށް ފުރިހަމަކުރޭއެވެ. އެމީހަންނަކީ އެއްވެސް ކުށެއް ނުކުރާ ބައެކެވެ..އަދި އެމީހުންންކީ ވަރަށް ތެދުވެރި ބައެކެވެ. ތެދުވެރި ވީވީނުން އެމީހުން ގެ މާބަފައިނަށާއި އެމީހުންގެ އަންހެނުންނަށް ދަށްކަން ނުޖެހޭ ވާހަކަ ތަށް ކިޔައިދޭ، އަދި ބުނެއެވެ. ހަބަރު ލިބުނިހުން ކިޔައިނޭނަށް. ޖިރާނު ހިއްވަރު ކޮއްލާ،، ސަފާހު އަށް ވުރެން ކުރިއަށް ޖެހިލެވޭތޯ މަސަކަތް ކޮއްލާ... ސަފާހު ހަތިޔާރަކަށް ގެންގުލެނީ އިމިއާނު. އިމިއާނު ގެ ބޭބަެައަށް ގިނަފަށްތަށް އަރުވައި ތަރިއަރުވާން. އިމިއާނު މަސަކަތް ކުރަނީ ...... އޭރަށް ސަފާހު އިހަވަންދޫ ޕޮލިސް ސްޓޭޝަން ބޮޑުމީހަކަށް ހުންނާނީ.....ހަމައެފަދައިން ސަފާހުއަށާ އިމިއާނު އަށާ އެމީހުންގެ މާބަފައިނަށް ވަރަށް ސަލާމް.........

– 19 ޖެނުއަރީ 2014 5

އިހަވަންދޫ ޕޮލިސް ސްޓޭޝަން ކުދިންނޭ.... ފާރޮއްޓަކީ މިހާރު މަސްތުވުމަށް ބޭނުންކުރާ އެއްޗެތަށް؟

– 19 ޖެނުއަރީ 2014 2

ރަތްއިތުން މިހާރު ވިސްނަން ވެއްޖެ. ކުއްކުރާ މީހުންގެ ނަޒަރުގައި ދުވަހަކުވެސް ފުލުހުން ރަނގަޅެއް ނުވާނެ އެއީ އެކަން އޮންނާނެ ގޮތްވެސްމެ. އަޅުގަނޑު އެދެނީ އިހަވަންދޫގެ ހުރިހާ ފުލުހުންވެސް ފުރިހަމަ ރޫހެއްގައި މަސައްކަތް ކުރުމަށް.. އަބަދުވެސް ރައްދެކެ ލޯބިވާ ދަރިއެއްު.

– 20 ޖެނުއަރީ 2014 0