[HEADER BANNER]
[AD]

މަޖިލިސް އިންތިހާބުގެ އިހަވަންދޫ ދާއިރާގެ ގޮނޑީގެ ޓިކެޓު ޖޭޕީއަށް

26 ޖެނުއަރީ 2014 0

ޖުމުހުރީ ޕާޓީގެ ފަރާތުން އިހަވަންދޫގައި ބޭއްވި ޖަލްސާއެއްގެ ތެރެއިން. އިހަވަންދޫޑޮޓްކޮމެ ފައިލް ފޮޓޯ

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ އިހަވަންދޫ ދާއިރާ އަށް ވާދަކުރުމަށްޓަކައި ސަރުކާރު ހިންގާ ކޯލިޝަނުން ގޮނޑި ލިބޭނެ ޕާޓީއަކާއި މެދު ގިނަ ބަޔަކު ސުވާލު އުފައްދަމުން ދަނިކޮށް، އެގޮނޑި ޖޭޕީ އަށް ލިބިފައިވާކަން އެނގިއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ޕްރޮގްރެސިވް ކޯލިޝަންގައި ހިމެނޭ ތިން ޕާޓީއަށް ދާއިރާތައް ބަހާފައި ވާއިރު، އެކި ޕާޓީތަކަށް ބަހާލުމުން ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އަށް ލިބެނީ 49 ގޮނޑި އެވެ. ޖުމުހުރީ ޕާޓީއަށް 28 ގޮނޑީ ލިބިފައި ވާއިރު، އެމްޑިއޭ އަށް ލިބިފައި ވަނީ 9 ގޮނޑި އެވެ.

އެހެންކަމުން މަޖިލިސް އިންތިހާބުގައި ޕީޕީއެމް ކޯލިޝަންގެ ފަރާތުން  އިހަވަންދޫ ދާއިރާއަށް ވާދަކުރައްވާނީ މަޝްހޫރު ފިލްމު ޕުރޮޑިއުސަރ މުޙައްމަދު ޢަބުދުﷲ (މުޙައްމާ) ކަމަށް ބެލެވެ އެވެ.

[BOTTOM CONTENT BANNER]
މަޖިލިސް އިންތިޚާބު 2014, ޖޭޕީ އިހަވަންދޫ, ޕީޕީއެމް އިހަވަންދޫ, ޕީޕީއެމް ކޯލީޝަން

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ