[HEADER BANNER]
[AD]

ޕީޕީއެމް އިން އިހަވަންދޫ ދާއިރާއަށް ކުރިމަތިނުލާ، އެ ދާއިރާ ޖޭޕީ އަށް ދޫކޮށްލައިފި

އިހަވަންދޫގައިޕީޕީއެމް ޖޭޕީ ކޯލިޝަންތެރޭގައި ، އެންމެ ބޮޑު ނުތަނަވަސްކަމެއްމިދުވަސްކޮޅު ކުރިމަތިވެފައިވަނީ ، މަޖިލިސް އިންތިހާބަށް ކޯލިޝަންގެޕްރައިމަރީއެއް އޮންނާނެތޯ ނުވަތަ ނޫންތޯ އެކޯލިޝަންގައި ހިމެނޭ،މަޖިލީހުގެ ގޮނޑިއަށް ޝައުޤުވެރިވާ މީހުންގެ މެދުގައެވެ. އެހެންވެ،އެކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން ޕްރައިމަރީއަށް ދިޔައީ ނުހަނު ބޮޑަށްތައްޔާރުވަމުންނެވެ. 

ކަންމިހެންއޮއްވައި، މަޖިލިސް އިންތިހާބަށް ޕީޕީއެމްގެ ޓިކެޓަށް ވާދަކުރުމަށް ފުރުޞަތުހުޅުވާލިއިރު އިހަވަންދޫގެ ދާއިރާއެއް ނުހިމެނެއެވެ. އިހަވަންދޫގެމިކަމަށް ޝައުޤުވެރިވާ މިކޯލިޝަންގައި ހިމެނޭ ޒުވާނުންގެ ހިތުގައި ،އުފެދިގެން މިދިޔައީ ވަރަށް ބޮޑުނުތަނަވަސްކަމެކެވެ. ޑިމޮކްރެޓިކްވެއްޓެއްގައި ކަންވެގެން މިދިޔައީ ވަރަށްވެސް ބޭއިންސާފުންކަމަށް އެފަދަޒުވާނުން ދެކިލައްވައެވެ.
މީޑިޔާ ރިޕޯޓްތައް ބުނާގޮތުން އަތޮޅުތަކުގެ ތެރެއިން ޕީޕީއެމުން ވާދަކުރާ ދާއިރާތަކަކީ، ބާރަށާއި ކެލައާއި ކުޅުދުއްފުށީ ދެކުނާއި ފުނަދު އާއި ދުވާފަރާއި އަލިފުއްޓާއިއުނގޫފާރާއި އިނގުރައިދު އާއި މަޑުއްވަރީ އާއި ތުޅާދު އާއި އޭދަފުއްޓާއިހިންނަވަރާއި ތުލުސްދު އާއި ގުރައިދު އާއި މަހިބަދު އާއި ފެލިދު އާއިދިއްގަރާއި މުލަކާއި ނިލަންދު އާއި ވިލުފުއްޓާއި ތިމަރަފުށި އަދި ގުރައިދޫދާއިރާ އެވެ. މީގެ އިތުރުން އިސްދު އާއި ގަމާއި ފޮނަދު އާއި މާވަށާއިދާންދު އާއި ވިލިނގިއްޔާއި ގެމަނަފުއްޓާއި ތިނަދު އާއި ފަރެސްމާތޮޑަ އާއިމަޑަވެއްޔާއި ފުވައްމުލަކު އުތުރާއި ފުވައްމުލަކު މެދު ދާއިރާ އާއިފުވައްމުލަކު ދެކުނު ދާއިރާ އާއި ހުޅުދު ދާއި ފޭދު އާއި ހިތަދޫ އުތުރާއިހިތަދޫ މެދު ދާއިރާ އެވެ.
އިހަވަންދޫ ދާއިރާ ވަނީ ޖޭޕީއަށް ދީފައެވެ. އެހެވެ، ޕީޕީއެމްގެޒުވާނުންނަށް ޕާޓީގެ ނަމުގައި މިދާއިރާއަށް ކުރިމަތި ލުމުގެ ފުރުޞަތެއްނެތެވެ. ޖޭޕީން މިދާއިރާއަށް ޕްރައިމަރީއަކާ ނުލާ ވާދަކުރައްވަނީމުހައްމަދު ޢަބުދުﷲ (މުހައްމާ ) އެވެ. ޖޭޕީގެ ތެރޭގައިވެސް މަޖިލިސްގޮނޑިއަށް ޝަޢުޤުވެރިވާ ޒުވާނުން އެބަތިއްވެ.

ޕީޕީއެމުން 49 ދާއިރާއަށް ވާދަކުރާއިރު ޖޭޕީން ވާދަކުރަނީ 28 ދާއިރާއަށެވެ.
އިހަވަންދޫ ދާއިރާ ޕީޕީއެމް ގައި ހިމެނޭ، މަޖިލިސް ގޮނޑިއަށް ޝައުގުވެރިވާޒުވާނުންނަށް ދެންއޮތް ދޮރަކީ އަމިއްލަގޮތުން ކުރިމަތި ލުމެވެ.
އިހަވަންދޫގެ ގިނަ ޒުވާނުންގެ ހުވާސް ހުރީ ދާއިރާއަށް އުފަން، ގާބިލްތަޢުލީމީ ދަރިއަކު ދާއިރާގެ ގޮނޑިއަށް މިފަހަރު އިންތިޙާބު ކުރުމެވެ.

[BOTTOM CONTENT BANNER]
މަޖިލިސް އިންތިޚާބު 2014, ޕީޕީއެމް ކޯލީޝަން, ޖޭޕީ އިހަވަންދޫ, ޕީޕީއެމް އިހަވަންދޫ

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ތަބަކަކަށްލާފަ ޓިކެޓްދޭ ޕާޓީ ޖޭޕީ!

– 27 ޖެނުއަރީ 2014 1

އެއީ ތަބަކަށް ލާފަ ދިނުމެއްނޫން. އެއީ ޕާޓީގެ އަސާސީ ގަވާއިދު ( ޕާޓީގެ ކައުންސިލުން ނިންމާފަރާތަކަށްދިނުން.) ސިޔާސީކަންކަމަކީ ވަރަށް ފާޑެއްގެ ކަމެކޭ. ބައެއްމީހުން ސިޔާސީ މީހަކަށް ވަނީ ކަމެއްބޭނުންވީމަ. އެހިސާބުން އެއީ މާސިޔާސީމީހެކޯ. ވަރަށްގިނައިން މީހުންނާއި،ވާހަކަދައްކާ، ހާލުބަލާ ، ކަމެއްބޭނުންތޯބަލާ، މިފަދަ އެތައްކަމެއްކުރާނެ. ތައުލީމީހުންނަކީވެސް ބޭުނުންތެރިބައެއް. ސިޔާސީކަންކަމަކީ ތައުލީމު ލިބުނަކަސް ކުރެވޭނެކަމެއްނން.

– 27 ޖެނުއަރީ 2014 4

ފޮޓޯއިން އެފެންނަނީ ހާދަހާވާ ލާދީނީ ބޭފުޅެކޭ! މީނާޔަށް ދީނީމީހުންގެ ތާއީދު ލިބޭނެބާ؟ ޔަޤީން ލިބޭނެކަން.. ފިލްމު އިންޑަސްޓްރީއޭކިޔާތަނެއްގެ ރައީސްކަން ކޮށްފަވާ މީހަކަށް މަގޭވޯޓް ހަރާމް..

– 27 ޖެނުއަރީ 2014 0

ތިހާ ޝައުގުވެރިވާ ގިނަބަޔަކު ތިބިއްޔާ ކުރިމަތި ލާންވީނު. ތި ބޭފުޅާ ކަންނޭގެ ޝައުވެރިވަނީ

– 27 ޖެނުއަރީ 2014 1

ބައެއްމީހުން ޝައުގުވެރިވަނީ ފިތުނަފަސާދަ އުފެއްދުމާއި، ފައިސާއާއި،އަމިއްލައެދުމަށް.

– 27 ޖެނުއަރީ 2014 1

އަޙްމަދު ޢާޞިމް / އުންމީދު ހއ.އިހަވަންދޫ ހަޤީގަތަކީ އެއީ ތަބަކަކަށް ލާފަދިނުން. އެކަމުގެ ހިތި ފަހުން ފެންނާނެ. މިހާރު މިތަނުގެ ހާލަތު އޮތް ގޮތަށް ބަލައިފަ ބުނެވޭނީ އެންމެ ރަނގަޅު ގޮތަކީ ކޯލިޝަން ޕުރައިމެރީއެއް ބޭއްވުމެވެ. ތެދެއް މަޖުލީހުގެ އިއްޒަތްތެރިކަން ގެއްލިގެން ދަނީ އެކަމުގެ ފަންނީ ތައުލީމެއް ނެތް ބަޔަކު ކުރިމަތި ކުރުވުން.

– 27 ޖެނުއަރީ 2014 1

މިލުމަކީ ކަނޑައެޅިގެން ދޭތެރެ ޖެއްސުމުގެ ބޭނުމުގައި ލިޔުނު ލިޔުމެއް ކިމަށް ލަފާ ކުރެވޭ...

– 27 ޖެނުއަރީ 2014 1