[HEADER BANNER]
[AD]

ޖޭޕީ ގެ ޓިކެޓަށް އެދެން ފުރުޞަތު ހުޅުވާލައިފި

28 ޖެނުއަރީ 2014 5

ޖުމުހުރީޕާޓީގެ ލީޑަރު އިހަވަންދުއަށް ކުރެއްވި ދަތުރުފުޅެއްގެ ތެރެއިން

ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ޖުމުހޫރީ ޕާޓީގެ ފަރާތުން ވާދަކުރުމަށްޓަކައި އެޕާޓީގެ ޓިކެޓު ހޯދުމަށް އެދުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޖުމްހޫރީޕާޓީން ވާދަކުރާ 28 ދާއިރާގެ ތެރެއިން ޖުމުހުރީ ޕާޓީގެ ޓިކެޓުގައި ވާދަކުރުމުގެ ފުރުޞަތު ހުޅުވާލާފައި ވަނީ 19 ދާއިރާ އަކުން ނެވެ. ފުރުޞަތު ހުޅުވާލާފައިވާ ދާއިރާ ތަކުގެ ތެރޭގައި އިހަވަންދޫ ދާއިރާވެސް ހިމެނެއެވެ.

ޖޭޕީގެ ޓިކެޓަށް އެދެން ފުރުޞަތު ހުޅުވާލާފައި ވާ ދާއިރާ ތަކަކީ:

1. ހެންވޭރު އުތުރު ދާއިރާ

2. މާފަންނު އުތުރު ދާއިރާ

3. އިހަވަންދޫ ދާއިރާ

4. ވައިކަރަދޫ ދާއިރާ

5. ހަނިމާދު ދާއިރާ

6. ނޮޅިވަރަމް ދާއިރާ

7. ކުޅުދުއްފުށި އުތުރު ދާއިރާ

8. މަކުނުދޫ ދާއިރާ

9. މިލަންދޫ ދާއިރާ

10. ކޮމަންޑޫ ދާއިރާ

11. ކެންދޫ ދާއިރާ

12. ކާށިދޫ ދާއިރާ

13. މަހިބަދޫ ދާއިރާ

14. ތޮއްޑޫ ދާއިރާ

15. ކެޔޮދޫ ދާއިރާ

16. ބިލެއްދޫ ދާއިރާ

17. ކިނބިދޫ ދާއިރާ

18. ތިނަދޫ ދެކުނު ދާއިރާ

19. ސ. މީދޫ ދާއިރާ

 ޖުމުހުރީޕާޓީން ރޭ ކޮށްފައިވާ އިޢުލާނުގައި ވާ ގޮތުން ޕާޓީގެ ޓިކެޓު ހޯދުމަށް ހުށައެޅުމުގެ ފުރުޞަތު ރެއިން ފެށިގެން މިމަހުގެ 30 ވާ ބުރާސްފަތި ދުވަހުގެ ހަވީރު 4:00 ގެ ނިޔަލަށް ވަނީ ހުޅުވާލައިފައެވެ. ޖުމުހޫރީ ޕާޓީން ހާމަކޮށްފައިވާ ގޮތުގައި ޕާޓީގެ ޓިކެޓަށް އެދި ހުށައަޅާ ފަރާތްތަކުގެ ނަންތައް އެކަމަށް ޚާޢްސަކޮށް އެކުލަވާލާފައިވާ ކޮމެޓީއަކުން ބަލާނެ ކަމަށާއި ކަނޑައަޅާފައިވާ އުސޫލްތަކަށް ފެތޭ ފަރާތްތަކަށް ޓިކެޓް ދޭނެ ކަމަށެވެ. އަދި ގިނަ ކެނޑިޑޭޓުންނަށް ފުރުސަތު އޮންނަކަމަށް ފެންނަނަމަ ޕްރައިމަރީއަކަށް ދާން ވެސް ކޮމެޓީން ނިންމާނެ ކަމަށެވެ.

 

[BOTTOM CONTENT BANNER]
މަޖިލިސް އިންތިޚާބު 2014, ޖޭޕީ އިހަވަންދޫ

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ވަކިބަޔަކަށް ތަބަކަކަށްލާފަ ޓިކެޓްދީފަ! ދެންކީއްކުރަން ބާކީ ދާއިރާތަކުގެ ޕްރައިމަރީ ބާއްވަނީ؟ ޑިމޮކުރަސީއޯ! ލަދުން ބޯހަލާކު.. އަދި ކޮމެޓީއަކުން ނަންފާސްކޮށްގެންނޯ ޓިކެޓްލިބެނީ!

– 28 ޖެނުއަރީ 2014 0

ކޮމެޓީއަކުން ނަންފާސް ނުކުރީމަ ފެންނާނީ މަޖިލީހުގަ އަވަގުރާނަ ގޮވާ، މަޖިލީހުގެ ތަކެއްޗަށް ގެއްލުންދީ ހަދާ މެމްބަރުންތަކެއް. ކޮމެޓީން ނަން ފާސްކުރަން އޮތުމުން އޭގެ މާނައަކީ ޖޭޕީން ޤަބޫލު ކުރާ ތަޢުލީމީ ފެންވަރުގެ ބައެކޭ ފާސްކުރާނީ. ވަރަށް ބަރާބަރު

– 28 ޖެނުއަރީ 2014 1

އިހަވަންދޫ ދާއިރާއަށް ޖޭޕީން ޓިކެޓު ބޭނުންވެފަ މީހުން ތިބިކަމަށް އިއްޔެ އޮތް މިސައިޓުގަ ލިޔެފަ. އެމީހުން އަވަހަށް ނަންހުށައެޅުމަށް ގޮވާލަން.

– 28 ޖެނުއަރީ 2014 1

މުހައްމަދު އަބުދުއްސަމަދު ދެން ބުނާނީ ކީކޭ؟

– 28 ޖެނުއަރީ 2014 0

ޖޭޕީން ޓިކެޓު ބޭނުންވެފަތިބީ ވަރަށް ގިނަ ކޮން ޒުވާނުންނެއްކަމެއް އެނގިދާނެ.

– 29 ޖެނުއަރީ 2014 0