[HEADER BANNER]
[AD]

ޕްރައިމަރީ ހޫނުވެ މާނިޢު ނަން ނަގައިފި

28 ޖެނުއަރީ 2014 10

އެމްޑީޕީގެ މަޖިލިސް ޕްރައިމަރީގެ އިހަވަންދޫ ދާއިރާ އަށް ކުރިމަތިލާފައިވާ އަލްއުސްތާޛް ޢަބްދުލްމާނިޢު ޙުސައިން ނަން އަނބުރާ ގެނެސްފި އެވެ.

ނަން ނެގުމަށް އެދި އެމްޑީޕީ އޮފީހަށް މާނިއު ފޮނުވި ސިޓީގައި ބުނެފައި ވަނީ މިދިޔަ ހުކުރު ދުވަހު ބޭއްވި އިންތިޚާބުގައި ކަންހިނގާ ދިޔަ ގޮތުން އިންތިޚާބެއް ބޭއްވުމުގެ މާހައުލެއް އިހަވަންދޫގައި މިހާރު ނެތްކަމަށާއި، މިހެންވެ މިހާރު މާނިއު އެދެނީ ޕާޓީއަށް ގޮނޑި ހޯދާދިނުމަށްޓަކައި ކުރެވެން އޮތް މަސައްކަތެއް ކުރުން ކަމުގައި ވާތީ ނަން އަނބުރާ ގެންދިޔައީ ކަމަށެވެ.

މިދިޔަ ހުކުރު ދުވަހު ބޭއްވި ޕްރައިމަރީ ވަނީ އެކި މައްސަލަތައް ކުރިމަތިވެ ވަކި ހިސާބަކުން ބާޠިލްކޮށްފަ އެވެ. އިންތިޚާބު ބާޠިލްކުރުމުން އިހަވަންދޫގައި ބަހައްޓާފައިވާ ފޮށީގައިވާ ކަރުދާހާއި ބާކީ ހުރި ކަރުދާސް ވަނީ ނައްތާލާފަ އެވެ. ނަމަވެސް މާރަންދޫ އަދި މޮޅަދޫގައި ހުރި ފޮށި ގުނައި އެރޭ ވަގުތެއްގައި ވަނީ ނަތީޖާ އިޢުލާނުކޮށްފަ އެވެ.

އިހަވަންދޫޑޮޓްކޮމް އަށް ދެއްވި ބަސްތީގަތުމެއްގައި މާނިއު ވިދާޅުވީ މާރަންދޫ އަދި މޮޅަދޫގައި ހުރި ފޮށްޓަކީ އެ ދުވަހު ބޭއްވި އިންތިޚާބު ބާޠިލް ކުރުމާ އެކު އެ ދުވަހުގެ ހަވީރު ބަންދުކޮށް އާމުންގެ ލޯމަތިން ގެއްލިފައިވާ ދެ ފޮށި ކަމަށާއި، އެ ދެ ފޮށި ބަންދު ކުރި އިރު އެ ދާއިރާތަކުގައި ހިމެނޭ ބައެއް މެމްބަރުން ވޯޓު ވެސް ލާފައި ނުވާކަމަށާއި، ނަމަވެސް އެ ރޭގެ ވަގުތެއްގައި ޕާޓީން އަންގައިގެން ކަމަށްބުނެ އެ ދެ ފޮށި ގުނައި ނަތީޖާ އިޢުލާނުކޮށްފައިވާ ކަމަށާއި، މި ދެ ފޮށީގެ ނަތީޖާ އިޢުލާނުކޮށްފައި ވުމުގެ ސަބަބުން އަންނަ ހުކުރު ދުވަހު ބޭއްވުމަށް ޝެޑިއުލް ކޮށްފައިވާ އިހަވަންދޫގެ ވޯޓަށް ނުރަނގަޅު ނުފޫޒު ފޯރައި، ނަތީޖާއަށް އަސަރު ކުރުމުގެ ފުރުޞަތު އޮންނާނެ ކަމަށާއި، އިހަވަންދޫ މެމްބަރުން ވޯޓު ނުލަނީސް ދާއިރާގެ އަނެއް ދެ ރަށުގެ "ނަތީޖާ" އިޢުލާނު ކުރުމަކީ "ވަރަށް ދެރަކޮށް" ހިނގާފައިވާ ކަމެއް ކަމަށާއި، އަދި އިހަވަންދޫގައި ވޯޓު ލުމުގައި އެއްވެސް މައްސަލައެއް ދިމާ ނުވަނީސް މުޅި ރާއްޖޭގައި ވޯޓުލުން މެދު ކަނޑާލައި، އިހަވަންދޫގެ އިންތިޚާބު ވެސް ބާޠިލް ކުރުމަކީ "ހިތާމަ ހުރި ކަމެއް" ކަމަށާއި، މި ކަންކަމުގެ ސަބަބުން އުފެދިފައިވާ ނުތަނަވަސް ކަމުގެ ތެރޭގައި އިހަވަންދޫގައި ޕްރައިމަރީ ބާއްވައިފި ނަމަ، ބަލިވާ ބަޔަކު ޖަޒުބާތުގައި ޖެހި ޕާޓީއަށް "ކެހި" ލިބިދާނެތީ އެންމެ ބުއްދިވެރި ގޮތަކީ ނަން އަނބުރާ ގެނެސް 2019 އަށް މިޝްރާބު ޖެހުން ކަމުގައި ވާތީ، ޕާޓީއަށް ޓަކައި ނަން އަނބުރާ ގެނައީ ކަމަށެވެ.

ޢަބްދުލްމާނިޢުއާ އެކު ޕްރައިމަރީގައި ވާދަ ކުރައްވަނީ މިހާރު ވެސް އިހަވަންދޫ ދާއިރާގެ ގޮނޑި ފުރުއްވަމުން ގެންދަވާ އަލްފާޟިލް އަޙްމަދު ޢަބްދުﷲ އެވެ. މާނިޢު ނަން ނެގުމުން އެމްޑީޕީގެ ޓިކެޓްގައި މަޖިލިސް އިންތިޚާބަށް މި ފަހަރު ވެސް ނުކުންނަވާނީ އަޙްމަދު ޢަބްދުﷲކަން މިހާރު ވަނީ ކަށަވަރުކުރެވިފަ އެވެ.

[BOTTOM CONTENT BANNER]
މަޖިލިސް އިންތިޚާބު 2014, އެމްޑީޕީ އިހަވަންދޫ

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ތިއަށް ކިޔާނީ ޑިމޮކުރަސީ

– 29 ޖެނުއަރީ 2014 2

އިންތިޚާބެއް ބޭއްވުމުގެ މާހައުލެއް އިހަވަންދޫގައި މިހާރު ނެތްކަމަށާއި، މިހެންވެ މިހާރު މާނިއު އެދެނީ ޕާޓީއަށް ގޮނޑި ހޯދާދިނުމަށްޓަކައި ކުރެވެން އޮތް މަސައްކަތެއް ކުރުން ކަމުގައި ވާތީ ނަން އަނބުރާ ގެންދިޔައީ ކަމަށެވެ. މާނަ އަކީ މާނިއު ހުރެގެން ޕާޓީއަށް ގޮނޑި ނުލިބޭނެ އޭތަ؟ މާނިއު އަށް އޮތް ތާއީދު ކުޑަކަން އެނގުނީމަ ނަން ނެގީ ދޯ؟ ފޭސްބުކުގަ ވެސް ތަކަންދޫ އަހުމަދަށް ވަރަށް ހަޑިކޮށް ބަވާފަ އޮއްވަ ދެކުނިން. މަޖިލީހަށް ކުރިމަތި ލުމުގެ ކުރިން ތިމާގެ އަހުލާގު ރަނގަޅު ކުރަން ފެނޭ.

– 29 ޖެނުއަރީ 2014 8

މާނިޢުއަށް ކިހިނެއް އަޙްމަދަށް ތާއީދު ކުރެވޭނީ. ދާއިރާއަށް ދާއިރާގެ ދަރިއެކޯ ހޮވަންވާނީ. ޕާޓީގެ މީހެއް މުހިންމު ނޫންކަމަށްވަނީ މާނިޢުއަށް.

– 29 ޖެނުއަރީ 2014 6

ލީޑަރެއްގެ ކެރުންތެރިކަމެއް ނެތް

– 29 ޖެނުއަރީ 2014 4

ދެންވެސް ކުރިޔަށް ނުވިސްނާ ފިޔަވަޅު ނާޅާތި، އެއްޗެއްގެ އަޅައިގަނެ ވެއްޓިދާނެ، އޭރުން ގައިގަ ހޭކޭ ހިރަފުސް ގިނަވާނެ #ދާއިރާގޮނޑިދާއިރާގެދަރިންނަށް #ހިތާވީގޮނޑި #ލޯބިންގޮނޑިއަށް #މިސޮރެއްގުޑުގުޑެއްނާޅާނެ #ލަދު #ޑެމޮކުރަސީ #ފުރިފަހުރިއެއްޗެއްގުޑުގުޑެއްނާޅާނެ

– 29 ޖެނުއަރީ 2014 4

ތިޔަށް ކިޔާނީ ތަބަކަކަށް ލާފަ ޓިކެޓު ދިނުން.

– 29 ޖެނުއަރީ 2014 4

ތިއޮތީ ޢަހުމަދާއި އެކު ޑީލް ހަދައިފަ... ލާރި ގަނޑެއް އަތުލީކަން ޔަޤީން... ސަން ލައިކް ފާދަރ

– 29 ޖެނުއަރީ 2014 4

ކިތައް ލައްކަ ދިނީ؟

– 30 ޖެނުއަރީ 2014 2

އަސްލު ތާއިދު ނެތްކަން އެނގޭއިރު ވާދަ ކުރުން ރަނގަޅެއް ނޫން. ރަނގަޅު ނިންމުމެއް.

– 30 ޖެނުއަރީ 2014 2

ދާއިރާގެ ގޮޑި ދާއިރާގެ ދަރިއަކަށް ދޯ މާނިޔޫ........... ޙެ ހެ ހެ ހެ

– 30 ޖެނުއަރީ 2014 3