މުހައްމާއަށް ޖޭޕީގެ ޓިކެޓް ދީފި
މުހައްމަދު އަބްދުﷲ (މުހައްމާ) އަށް ޖޭޕީގެ ފަރާތުން އިހަވަންދޫ ދާއިރާއަށް ވާދަކުރުމަށް އެޕާޓީގެ ޓިކެޓް ދީފިއެވެ. ޖޭޕީން މިއަދުވަނީ އެޕާޓީއަށް ކޯލީޝަނުގެ ތެރެއިން ވާދަކުރުމަށް ލިބުނު 28 ދާއިރާގެތެރެއިން 25 ދާއިރާއަކަށް ވާދަކުރައްވާނެ ފާރާތްތައް ކަނޑައަޅައި އެޕާޓީގެ ރަސްމީ ވެބްސައިޓްގައި ޝާއިއު ކޮށްފައެވެ. ޖޭޕީގެ މަޖިލިސް ޓިކެޓް ލިބުނު ބޭފުޅުންނަކީ، ކެންޑިޑޭޓް ކަމަށް ކުރިމަތިލާފައިވާ ފަރާތްތަކަށް ޕޮއިންޓް ދޭން ކަނޑައެޅި އުސޫލުގެ މަތިން ޕާޓީގެ ކައުންސިލުން އެންމެ މަތިން މާކްސް ލިބިވަޑައިގެންނެވި ބޭފުޅުންނެވެ.
ޖޭޕީގެ ޓިކެޓް މުހައްމާއަށް ލިބުމުން، މަޖިލިސް އިންތިހާބުގައި ޕީޕީއެމް ކޯލިޝަންގެ ފަރާތުން އިހަވަންދޫ ދާއިރާއަށް ވާދަކުރައްވާނީ މުހައްމާއެވެ.
މައުލޫމާތު ލިބޭގޮތުގައި ޖޭޕީން ޓިކެޓްދިން ފަރާތްތަކަށް އެކަމުގެ ލިޔުން ހަވާލުކުރުން އޮންނާނީ ހާއްސަ ރަސްމިއްޔާތެއްގައެވެ.
ޚިޔާލު ފައުޅުކުރުން