[HEADER BANNER]
[AD]

އިހަވަންދޫ ދާއިރާގެ ގޮނޑިއަށް މަތީންވެސް ކުރިމަތިލައިފި

9 ފެބުރުއަރީ 2014 7

މަތީން. އޭނާ ވަނީ އަމިއްލަ ގޮތުން އިހަވަންދޫ ދާއިރާގެ ގޮނޑިއަށް ކުރިމަލައިފަ.

އަންނަ މާރިޗު މަހުގެ 22 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި އިހަވަންދޫ ދާއިރާގެ ގޮނޑިއަށް ހއ. އިހަވަންދޫ، އެރޯމާ، އަލްފާޟިލް މުޙައްމަދު މަތީންވެސް ކުރިމަތިލައިފި އެވެ.

މީގެކުރިން މިފްކޯގެ ބޯޑް މެމްބަރ އަދި އެކުންފުނީގެ އެކްޓިންގ މެނޭޖިންގ ޑިރެކްޓަރ ކަމުގެ މަޤާމާއި މޯލްޑިވެސް ޓޫރިސަމް ޑިވްލޮޕްމެންޓް ކޯޕަރޭޝަން )އެމްޓީޑީސީ( ގެ މެނޭޖިންގ ޑިރެކްޓަރ ކަމުގެ މަގާމުވެސް ފުރާފައިވާ މަތީން ރައްޔިތުންގެ މަޖިލިސް އިހަވަންދޫ ދާއިރާގެ ގޮނޑިއަށް ކުރިމަތިލާފައިވަނީ މިނިވަން ކެންޑިޑޭޓެއްގެ ގޮތުގަ އެވެ.

ރައްޔިތުގެ މަޖިލީހުގެ މެމްބަރުކަމަށް ކުރިމަތި ލުމުގެ ފުރުސަތު މިމަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ހަމަވާއިރު މިހާތަނަށް ހަތަރު ބޭފުޅަކު ވަނީ އިހަވަންދޫ ދާއިރާގެ ގޮނޑިއަށް ކުރިމަތިލައިފަ އެވެ. އެއީ އެމްޑީޕީ ގެ ޓިކެޓުގައި ކުރިމަތިލެއްވި މިހާރުވެސް މިދާއިރާގެ ގޮނޑި ފުރުއްވަމުން ގެންދަވާ ޢިއްޒަތްތެރި މެމްބަރ ހއ. ތަކަންދޫ، އޯޝެން ވޭވް އަލްފާޟިލް އަޙްމަދު ޢަބްދުﷲ އާއި ސަރުކާރު ކޯލިޝަންގެ ފަރާތުން ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި ކުރިމަތިލެއްވި ހއ. އިހަވަންދޫ، އުސްހަކުރުގެ އަލްފާޟިލް މުޙައްމަދު ޢަބްދުﷲ ގެ އިތުރުން އަމިއްލަ ގޮތުން ކުރިމަތިލެއްވި ދެ ކެންޑިޑޭޓުން ކަމަށްވާ ހއ. އިހަވަންދޫ، އުދަރެސް އަލްއުސްތާޛް އަޙްމަދު ޝާފިޢު އާއި ހއ. އިހަވަންދޫ، އެރޯމާ އަލްފާޟިލް މުޙައްމަދު މަތީން އެވެ.

[BOTTOM CONTENT BANNER]
މަޖިލިސް އިންތިޚާބު 2014

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ތިކަން މަތީން ކުރައްވަނީ ހޮވޮމުގެ މަޤްސަދަގެ ނޫނެވެ. މަތީނުއަށް ޖޭޕީ އިހަވަންދޫ ދާއިރާގެ ޓިކެޓް ނުލިބިގެން ކުރަށްވާ ކަމެއްތީ، ޕީޕީއެމް މީހުން ބުނެގެން ކުރާކަމެއް! ތިކަމަށް ޚަރަދު ކުރަނީވެސް ޕީޕީއެމުން!! ޕީޕީއެމް މީހުން މުހައްމާ ބަލަޔެއް ނުގަނެޔޯ... މަވާސަލާމް............ ކެޔޮކޭވަރު ހިގޭނީ ބިތުފަތްގެ ނެގީމަ!

– 10 ފެބުރުއަރީ 2014 8

މަތީނު ތިއުޅެނީ ލަދެއްގަ ބެދެން؟ ދެންދުވަހަކުވެސް ރަށަށް ނާރާ ވަރުގެ ލަދެއްގަ ބެދެން؟ މިހާރުންފެށިގެ ތިނަން އަނބުރާ ނަގާ؟

– 10 ފެބުރުއަރީ 2014 6

މިފަހަރު ހޮވާނީ އަޙްމަދު ޝާފިޢު

– 10 ފެބުރުއަރީ 2014 11

މަތީނޫއެވެ. މަތީނު އެމްޑީޕީ ސަރުކާރުގައި މިފްކޯގެ ބޯޑް މެމްބަރ އަދި އެކުންފުނީގެ އެކްޓިންގ މެނޭޖިންގ ޑިރެކްޓަރ ކަމުގެ މަޤާމުގައި ހުންނަވާގެން އެކުންފުނިވީ ބަޤުރޫޓެވެ.. ކުރިއެރުމެއް ނުލިބުނެވެ. ދެއް ވަހީދު ހަސަން މަނިކުގެ ސަރުކާރުގައި މޯލްޑިވެސް ޓޫރިސަމް ޑިވްލޮޕްމެންޓް ކޯޕަރޭޝަން )އެމްޓީޑީސީ( ގެ މެނޭޖިންގ ޑިރެކްޓަރ ކުރިއެވެ. މިކުންފުނިވެސް ދަރާއި ދެލިބޮޅިވީއެވެ.. މިހެއް މަވަނީ މަތީނުގެ ނާގާބިލިއަތުކަމުންނެވެ. ދެއް ކޮން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމެއްތޯ މަނިކުފާނަން އަދާކުރެވޭނީ... ލަދުން ބޯހަލާކު

– 10 ފެބުރުއަރީ 2014 9

މިފަހަރު މުޙައްމަދު ޢަބްދުﷲ (މުހައްމާ)

– 10 ފެބުރުއަރީ 2014 12

ލަދު ހީ ވޭ. ތިކަމާ ނޫޅޭ >

– 10 ފެބުރުއަރީ 2014 3

މަތީނުގެ ޓަބެޓް ތިހުރީ ނުކިސްވަރުވެފަ ޓަބެޓް އެޖެސްޓް ކޮށްލައްވާށެވެ. އޭރުން ތިހިޔާލު ފޮހިވިދާށެވެ. އިހަވަންދޫ ދާއިރާގެ ގޮނޑިޔަށް އާދެވޭނީ ކިބުރުވެރިކަމާއި ބޮޑައިވެރިކަމުން އެއްކިބާވެހުރި މީހާގެ ނަފުސު ތޯހިރުކޮށްގެންނެވެ.

– 12 ފެބުރުއަރީ 2014 2