އިހަވަންދޫ ދާއިރާޔަށް ވާދަކުރާ ކެންޑިޑޭޓުންގެ، ކެންޑިޑޭޓް ނަންބަރުތައް ގުރުނަގައިފި
އަންނަ މާރިޗު މަހުގެ 22 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި އިހަވަންދޫ ދާއިރާގެ ގޮނޑިއަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ މެދުގައި ކެންޑިޑޭޓް ނަންބަރު ގުރު ނަގައިފިއެވެ.
މިއަދު ހެނދުނު އިލެކްޝަންސް ކޮމިޝަނުގައި ބޭއްވި ގުރުނެގުމުގައި ކެންޑިޑޭޓް ނަންބަރު 1 ލިބިފައިވަނީ ސަރުކާރު ކޯލިޝަންގެ ފަރާތުން ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި ކުރިމަތިލެއްވި ހއ. އިހަވަންދޫ، އުސްހަކުރުގެ އަލްފާޟިލް މުޙައްމަދު ޢަބްދުﷲ އަށެވެ. މިހާރުވެސް އިހަވަންދޫ ދާއިރާގެ ގޮނޑި ފުރުއްވަމުން ގެންދަވާ ޢިއްޒަތްތެރި މެމްބަރ ހއ. ތަކަންދޫ، އޯޝެން ވޭވް އަލްފާޟިލް އަޙްމަދު ޢަބްދުﷲއަށް ލިބުނީ ކެންޑިޑޭޓް ނަންބަރު 2 ކެވެ.
އަމިއްލަ ގޮތުން ކުރިމަތިލެއްވި ދެ ކެންޑިޑޭޓުން ކަމަށްވާ ހއ. އިހަވަންދޫ، އުދަރެސް އަލްއުސްތާޛް އަޙްމަދު ޝާފިޢު އާއި ހއ. އިހަވަންދޫ، އެރޯމާ އަލްފާޟިލް މުޙައްމަދު މަތީންގެ ތެރެއިން މަތީންއަށް ކެންޑިޑޭޓް ނަންބަރު 3 ލިބުނުއިރު ޝާފިއުއަށް ލިބުނީ ކެންޑިޑޭޓް ނަންބަރު 4 ކެވެ.
ޚިޔާލު ފައުޅުކުރުން