[HEADER BANNER]
[AD]

އިމަގު މަޖިލީސް ބަހުސް މާޗް 7 ގައި

16 ފެބުރުއަރީ 2014 17

އިމަގު ބަހުސްއަށް އިހަވަންދޫ އޯޕަން ސްޓޭޖް ތައްޔާރުކުރަނީ ފޮޓޯ: މުހައްމަދު އިބްރާހިމް

އަންނަ މާޗް މަހުގެ 22 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި އިހަވަންދޫ ދާއިރާގެ ގޮނޑިއަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ މެދުގައި  ބާއްވާ ބަހުސް މާޗް މަހުގެ ހަތްވަނަ ދުވަހު ބޭއްވުމަށް އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު) އިން ނިންމައިފި އެވެ.

އިމަގު ޖަމިއްޔާގެ ފޭސްބުކް ޕޭޖްގައި ވާގޮތުން އެބަހުސްގައި ކެންޑިޑޭޓުންނާއި ކުރަންބޭނުންވާ ސުވާލުތައް އެޖަމިއްޔާ އާއި ހިއްސާކުރުމަށް އެޖަމިއްޔާއިން އެދެއެވެ.

އިމަގު ޖަމިއްޔާއިންވަނީ ނިމިދިޔަ ކައުންސިލް އިންތިހާބުގައި ވާދަކުރި ކެންޑިޑޭޓުންގެ މެދުގައިވެސް ބަހުސްއެއް ކުރިޔަށް ގެންގޮސްފައެވެ.

ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި އިހަވަންދޫ ދާއިރާގެ ގޮނޑިއަށް ހަތަރު ބޭފުޅަކު ވާދަކުރެއެވެ. އެއީ ހއ. އިހަވަންދޫ، އުސްހަކުރުގެ އަލްފާޟިލް މުޙައްމަދު ޢަބްދުﷲ އާއި ހއ. ތަކަންދޫ، އޯޝެން ވޭވް އަލްފާޟިލް އަޙްމަދު ޢަބްދުﷲ އާއި ހއ. އިހަވަންދޫ، އެރޯމާ އަލްފާޟިލް މުޙައްމަދު މަތީން އަދި ހއ. އިހަވަންދޫ، އުދަރެސް އަލްއުސްތާޛް އަޙްމަދު ޝާފިޢުއެވެ.

[BOTTOM CONTENT BANNER]
އިމަގު މަޖިލީސް ބަހުސް 2014, މަޖިލިސް އިންތިޚާބު 2014, އިމަގު ޖަމިއްޔާ

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

އިމަގުން އަންޗި ހާވަނީ. ކޯލީޝަނުގެ ކެންޑިޑޭޓުން ބާވެރިނުވުމަށް ގޮވާލަން

– 16 ފެބުރުއަރީ 2014 5

އިމަގުން އޯޕަން ސުޓޭޖް ބޭނުން ކުރަމުން ދަނީ ކައުންސިގެ އެއްވެސް ހުއްދައެއް ނުހޯދާ. އިމަގުގެ ތަރިކަ މުދަލެއް ހެން.. ހިތައް އެރީމަ ހިތުހުރި އެއްޗެއްގޮސް އޯޕަން ސުޓޭޖް ފާރުގަ ލިިޔެފާނެ.. ކަޑަބައެއް...

– 16 ފެބުރުއަރީ 2014 5

ހީހީ އިހަވަންދޫގެ ބަެއް ދަރިންގެ ޢަމަލުތތަކުން ލަދުވެތިވާްންޖެހޭ،ބަޔަކު ރަނގަޅަކަށް ކަމެއް ކުރަން ވިސްނިޔަސް ފާޅުކުރާ ހިޔާލްތަކާ ހުރެ ހައިރާންވާން، މަށާކީ އިމަގު މީހެއްވެސްނޫން، އަހަރެންވެސް އިމަގު ކައުންސިލް ބަހުސް އަޑުއެހިން ،ސުވާލުތަކުން އަހަރެމެންނަށް ވަރަށް ގިނަ ކަންތަކެއް އެގުނު،ރަށުފެންވަރުގައި ރަށަށް ކުރިއެރުން ގެނެސްދޭން މަސައްކަތްކުރާ ޖަމިއްޔާއެއް އައްޗި ހާވަނީތޯ ނޫނީ ތިމާތީ ކާކުކަން ނޭގި އެފަރާތަށް ފާޑުކިއުން އެއީތޯ އައްޗިހޭވުމަކީ ސުވާލުކޮށްލަންބޭނުން.....

– 16 ފެބުރުއަރީ 2014 0

އިމަގު މީހުން ސްޓޭޖް ފާރުގަ އިވެންޓު ޕްރޮމޯޓް ކުރީމަ މައްސަލައަކީ،އެހެން އެންމެން މީހުންގެ ގޭގޭފާރުގަ ކެންޕެއިން ޕޯސްޓާރ ތަތްކުރާއިރު މީ މިމީހުންގެ ތަރިކަ މުދާ ދޯ ....

– 16 ފެބުރުއަރީ 2014 1

ތެދު ވާހަކައެއް އަމިއްލަތަނެއްހެންހީވަނީ އޮޕަންސްޓޭޖް ގުދަންތަކުގައިވެސް އިމަގުސާމާނު.. އެހެން ޖަމިއްޔާތަކަށް ވެސް އެފުރުސަތު ދޭންވާނެ. އަލަށް ހޮވުނު ކައުންސިލް މިކަންތައްތައް ބަލާ ރަގަޅު ކުރަންވާނެ..

– 16 ފެބުރުއަރީ 2014 4

އިމަގު ހަބޭސް. ކައުންސިލް ބަހުސްވެސް ވ.ފުރިހަމަ

– 16 ފެބުރުއަރީ 2014 0

އޯޕަން ސްޓޭޖް ލިބެންވާނީ ވަކި ހަމަތަކެއްގެ މަތިން.. އޯޕަން ސްޓޭޖްގައި އެހެންބަޔަކު މިދުވަސްކޮޅު ބޭނުންވެއްޖެނަމަ ... އެބަޔަކަށް ލިބެންޖެހޭނެ.. ބެކުވެސްކުރަހާނެ...

– 16 ފެބުރުއަރީ 2014 3

އައި ސްމެލް ލޮޓްސް އޮފް ޖެލެސީ ހިޔާ.. އިމަގުން އެއުޅެނީ އަމިއްލަ ފާދާއަށް ކަމެއް ކުރަންބާއެ ހިތަށް އަރަނީ،، ރަނގަޅު ކަމެއްވިއްޔާ އެވާހަވެސް ދައްކަބަލަ،

– 16 ފެބުރުއަރީ 2014 0

ޒަމާނުއްސުރެ އިމަގަކީ ވަކި ބައެއްގެ ޒާތީ މަސްލަހަތަށް ޢސްކަންދޭ ބައެއް!!! މިކަން ބަދަލު ކުރުމަށް ހަރުކަށި ޢިބާރާތުން ގޮވާލަން........

– 16 ފެބުރުއަރީ 2014 5

އޯޕަން ސްޓޭޖް ބޭނުންކުރަން ކެރޭ މީހުންނަށް އޯޕަން ސްޓޭޖް ބޭނުންކުރާނީ، އިމަގަށް ކެރޭ އޯޕަން ސްޓޭޖް ބޭނުންކުރަން ރަށުގެ ރަޖިސްޓްރީ ކޮށްގެން ނަންބޯޑް ހިއްޕަން އާދަވެފައިވާ ޖަމިއްޔާތަކަކަށް ނުކެރޭނެ އޯޕަން ސްޓޭޖް ބޭނުންކުރާކަން. ރައްޔިތުންގެ ފައިސާއިން ޚަރަދު ކޮށްގެން ތަންތަން ހަނދާފަ ހުންނަނީ އެތަންތަން ބޭނުންކުރަން. ރަށުގެ އެހެނިހެން ޖަމިއްޔާތަކަށް އޯޕަން ސްޓޭޖް ބޭނުންކުރަން ނުކެރުމަކީ އެއީ އިމަގުގެ މައްސަލައެއް ނޫން. އިމަގު ހަމަ ހަބޭސް ފާޑު ކިޔާމީހުން ފާޑު ކިޔާނެ. ޖޭވާ މީހުން ހަމަ ޖޭވާނެ. އިމަގުގެ ކުދިން ކޮޅު ހަމަ ކުރިއަށް ދާންވީ، ހަމަ ވަރަށް ބަރާބަރު އިމަގު، އިމަގު ވަރެއް ހަމަ ނެތް. ފާޑުކިޔާމީހުން ދެން އަވަހަށް ޖަމިއްޔާއެއް ރަޖިސްޓްރީ ކޮށްލައި، ބެލެނިވެރިޔަކު ނެތި މުޖުތަމަޢަށް ދޫކޮށްލާ! އޭރުން ބަރާބަރުވާނެ.

– 16 ފެބުރުއަރީ 2014 0

އިމަގު ޖަމިއްޔާގައި "މޭވާ" އަޅާލެއް ގިނަކަމުން "ބަޅި" އުކާ މީހުން ވަރަށްގިނަ....ހިއްވަރުކޮށްލާ ފަހަރެއްގައި އެއްޗެއް ވެއްޓިދާނެ........ދެން މަ ހީ ހީ ހަލާކު.....

– 16 ފެބުރުއަރީ 2014 0

ޤަވާއިދާ ހިލާފަށް އޯޕަންސްޓޭޖް އިމަގުން ބޭނުންކުރަމުންދާ މަސްއަލަ ބެލުމަށް ގޮވާލަން.. އޯޕަންސްޓޭޖްގައި ހުންނަ ގުދަންތައް ބޭނުންކުރަމުންދަނީ ޤަވާއިދާ ހިލާފަށް.. މިކަމާ އިމަގުން ބުނަނީ ކީކޭ؟ އިމަގަކީ އެމްޑީޕީގެ ޕޮރޮޕެގެންޑާ ފަތުރާ ވަސީލަތެއް... ހަޤީޤަތްވާނީ ހަގީގަތަށް ....

– 17 ފެބުރުއަރީ 2014 4

މައުލޫއާ ނުގުޅޭ ކޮމެންޓް ކުރާ މީހުންނަކީ ހަމަ ފައްކާ "ރަނޑާލިން"!

– 17 ފެބުރުއަރީ 2014 0

މަޝްހޫރު ފިނިފެންމަލަށް ޖައްސާ މާބުރުތައް ގިނަވާނެކަން ކޮންމެ މީހަކުވެސް ޤަބޫލުކޮށް ޔަޤީންކުރާނެ. އެހެންވީމާ، އިމަގު މަޝްހޫރުވީމާ އިމަގުން ހަރަކާތެއް ރާވާ ހިންގާ އިރު ގައުކޮޅު ކޮޅު އެއްލާ ކުދިން ވަރަށް ގިނަވާނެ. ސްޓޭޖްގެ ވާހަކައޭ ކިޔައިގެންވެސް އިމަގުން މަޝްހޫރު ކުރުމަކީ ވަރަށް ގިނަ ކުދިން ބޭނުންވާ ކަމެއް އެހެންނޫންތޯ!

– 17 ފެބުރުއަރީ 2014 0

ރަށުގެ ވަކި ބަޔަކު ގުރުބާންތަކެއް ވެގެން ސްޓޭޖް އެޅުމުން މިހާރު ސްޓޭޖްމަތިން ވަރަށް ގިނަ މީހުން ހަނދާންވެއްޖެތާދޯ! އޭރު ރެއާއި ދުވާލު ދޭހައި އައްޔަވަކާއި ވެހޭހައި ވާރެއެއްގައި ސްޓޭޖް މަސައްކަތް ކުރަމުން ދިޔަ އިރު ނުވަތަ ބަޔަކު ޤުރުބާންވަމުން ދިޔަ ބުނަމުން ދިޔައީ ތިއީ ރައްޔިތު ބަޖެޓުން ކުރާ ބޭކާރު ޚަރަދެއްކަމަށާއި ތިއީ އެމްޑީޕީގެ ބައިގަނޑު އަމިއްލަ ފައިދާއަށް ކުރާ ކަމެއްކަމަށް، އެކަމަކު މިހާރު ސްޓޭޖް ވަރެއް ނެތް މަ ހެދި ތަން. މަ ވަރަށް މަސައްކަތް ކުރިން. ބޯ ހަލާކު. ރަށުގައި މި އުޅެނީ ކޮންކަހަލަ ބައެއްތަ؟ ގޮނޑި ކޮއްކޮ ބައެއްތަ؟ ނޫނީ އަމިއްލަ އެދުމުން ފޯވެފައިތިބި ދެ ބޯ ގެރިންތަ؟

– 17 ފެބުރުއަރީ 2014 0

ހިލޭ ސާބަހަށް މަސައްކަތްކުރާބަޔަކު ކަމެއްކޮށްދީފަ އެހެންބަޔަކު އޭގެ ބޭނުންކުރާތީ ފާޑުކިޔުމަކީ ރަގަޅުކަމެއްތަ؟ ޖަމައަތެއް އުފެއްދުމުގެ މަގުސަދު ކޮބާ؟ ރައްޔިތުންގެ ތަނެއް އަމިއްލަ ކުރުމުން ފާޑުކިޔާނެ... ގަވާއިދުން އިމަގު ކުރިޔަށް ދޭބަލަ،،

– 18 ފެބުރުއަރީ 2014 3

އިމަގުން އެކުރާ މަނާ ކަންތައް ހުއްޓުވުމައް މިރަށުގަ އުޅޭ އުނބުތަކައް ގޮވާލަން!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

– 19 ފެބުރުއަރީ 2014 2