[HEADER BANNER]
[AD]

ޓީވީއެމް އިހަވަންދޫ ދާއިރާގެ މަޖިލިސް ބަހުސް 20 ފެބްރުއަރީ ގައި

16 ފެބުރުއަރީ 2014 0

ރައްޔިތުން މަޖިލީހުގެ އިންތިހާބާ ވާދަކުރާ ކެންޑިޑޭޓުންގެ މެދުގައި، ޓީވީއެމް އާއި ދިވެހި ރާއްޖޭގެ އަޑުން ގެނެސްދޭ "ދާއިރާތަކުގެ ބަހުސް" ޕްރޮގްރާމުގައި އިހަވަންދޫ ދާއިރާގެ ބަހުސް މިމަހު މަހުގެ 20 ވަނަ ދުވަހު 14:30 ގައި އޮންނަ ގޮތަށް ހަމަޖެހިއްޖެއެވެ.

މިގޮތަށް ހަމަޖެހިފައިވަނީ ބަހުސް ކުރިއަށް ގެންދާނެ ދާއިރާތަކުގެ ތަރުތީބު އެކަށައެޅުމަށް އަޑުގެ ސެނެކޯ މާލަމްގައި ބުރާސްފަތި ދުވަހު ނެގި ގުރުއަތުންނެވެ.

ޓީވީއެމް އިން ހާމަކޮށްފައިވާ ގޮތުގައި ކޮންމެ ދާއިރާއެއްގެ ބަހުސް ވެސް އޮންނާނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު އެކި ގަޑިތަކުގައި ކަމަށެވެ.

ޓިވީއެމާއި އަޑުން ވަގުތުން ފޮނުވުމަށް ހަމަޖެހިފައިވާ އެ ބަހުސް ފެށުމަށް ހަމަޖެހިފައިވަނީ ފުރަތަމަ ކެންޑީޑޭޓުންނަށް އެބޭފުޅުން ތައާރަފްވުމަށް ދެވޭ ފުރުސަތަކުންނެވެ. އެއަށް ފަހު ކޮންމެ ކެންޑިޑޭޓަކަށް ވެސް ހަ ސުވާލެއް ކުރާނެ އެވެ. އަދި ނިންމުމުގެ ގޮތުން ކޮންމެ ވެސް އެއްޗެއް ބުނެލުމުގެ ފުރުސަތު ކެންޑިޑޭޓުންނަށް ލިބޭނެ އެވެ.

ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި އިހަވަންދޫ ދާއިރާގެ ގޮނޑިއަށް ހަތަރު ބޭފުޅަކު ވާދަކުރެއެވެ. އެއީ ހއ. އިހަވަންދޫ، އުސްހަކުރުގެ އަލްފާޟިލް މުޙައްމަދު ޢަބްދުﷲ އާއި ހއ. ތަކަންދޫ، އޯޝެން ވޭވް އަލްފާޟިލް އަޙްމަދު ޢަބްދުﷲ އާއި ހއ. އިހަވަންދޫ، އެރޯމާ އަލްފާޟިލް މުޙައްމަދު މަތީން އަދި ހއ. އިހަވަންދޫ، އުދަރެސް އަލްއުސްތާޛް އަޙްމަދު ޝާފިޢުއެވެ.

އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު) ގެ ފަރާތުންވެސް، އިހަވަންދޫ ދާއިރާއަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ މެދުގައި ބަހުސްއެއް ކުރިއަށްގެންދިއުމަށް ހަމަޖެހިފައި ވެއެވެ. އެބަހުސް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މާޗް މަހުގެ ހަތްވަނަ ދުވަހުއެވެ.

[BOTTOM CONTENT BANNER]
މަޖިލިސް އިންތިޚާބު 2014

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ