[HEADER BANNER]
[AD]

މުޙައްމަދު މަތީނުގެ ފަރުދީ 12 ވަޢުދާއި އެކު ކެމްޕޭން ހަރަކާތްތަށް ފަށައިފި

16 ފެބުރުއަރީ 2014 11

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ އިހަވަންދޫ ދާއިރާއަށް އަމިއްލަ ގޮތުން ކުރިމަތި ލައްވާފައިވާ ހއ. އިހަވަންދޫ، އެރޯމާ، އަލްފާޟިލް މުޙައްމަދު މަތީންގެ ފަރުދީ 12 ވަޢުދަކާއި އެކު އެބޭފުޅާގެ ކެމްޕެއިން ހަރަކާތްތައް ފަށައިފި އެވެ.

މީގެކުރިން މިފްކޯގެ ބޯޑް މެމްބަރ އަދި އެކުންފުނީގެ އެކްޓިންގ މެނޭޖިންގ ޑިރެކްޓަރ ކަމުގެ މަޤާމާއި މޯލްޑިވެސް ޓޫރިސަމް ޑިވްލޮޕްމެންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ގެ މެނޭޖިންގ ޑިރެކްޓަރ ކަމުގެ މަގާމުވެސް ފުރުއްވާފައިވާ މުޙައްމަދު މަތީނު ވަނީ އިހަވަންދޫ ދާއިރާގައި ހިމެނޭ 3 ރަށަށްވެސް ފަރުދީ ވަޢުދުތަކެއް ވެލައްވާފައެވެ. އެގޮތުން ހއ. އިހަވަންދުއަށް ކޮށްދިނުމަށް ވަޢުދުވެފައިވާ ކަންތައްތަކަކީ.

1- އަންހެނުންގެ ބަލިތަކާއި އަދި މާބަނޑު ދުވަސްވަރު ދިމާވާ މައްސަލަތަށް ދެނެގަންނާނެ ކުލިނިކަކަށް ބޭނުންވާނެ އާލަތްތައް (ޑައިގުނޯސްޓިކް އިކުއިޕްމެންޓްސް) ހޯދައި ދިނުން. މީގެ ތެރޭގައި ސްކޭން އަދި އެކުސްރޭގެ ޙިދުމަތުގެ އިތުރުން ސާރޖަރީ ސަޕޯޓް އިކިއުޕްމެންޓްސް ހިމެނޭނެ.

2- ފުޓުސަލް ދަނޑެއް ހަދައިދިނުމާއިއެކު މިހާރު ކުޅޭ ދަނޑުތައް ރިސާރފޭސް ކޮށް ގުރާސް ޕިޗަށް ބަދަލުކުރުން.

3- 2 ވޮލީ ކޯޓު ތަރައްޤީކުރުން.

4- އިހަވަންދޫ ސުކޫލަށް ޒަމާނީ ޖިމްނޭސިއަމް ހޯދައިދިނުން. އަދި މިދާއިރާއިން 2 ޖިންސުން އިންސްޓުރަކްޓަރުން ތަމްރީނު ކުރުން.

5- ޒަމާނީ ފެންވަރުގެ އޮޑި ދޯނި ފަހަރު އެހެލޭ މަރާމާތު ކުރާ ތަނެއް ޤާއިމުކޮށް ރަށުގެ އިޤުތިޞާދީ ހަރަކާތްތައް އިތުރުކޯށްގެން ވަޒީފާގެ ފުރުޞަތު އިތުރު ކުރުން.

6- އިސްލާމިކު ބޭންކިންގ ހިދުމަތް ތަޢާރަފު ކުރުން އަދި އެ ނިޒާމަށް ރައްޔިތުން އަޙުލުވެރިކޮށް އެދާއިރާއިން ތަމްރީނު ފޯރުކޮށްދިނުން.

7- މަދުވެގެން 7 އަހަރު ދާއިރާއަށް ހިދުމަތް ކުރަން ޝަރުތުކޮށް ސިއްހީ ދާއިރާއިން މަތީތަޢުލީމު ހާސިލް ކުރުމުގެ ފުރުޞަތެއް ދިނުން.

އަދި އިހަވަންދޫ ދާއިރާގައި ހިމެނޭ މާރަންދޫއަށް ވެލައްވާފައިވާ ވަޢުދު ތަކަކީ:

1- ފުލަޑް ލިޓް ވޮލީކޯޓެއް ހަދައި ދިނުން.

2- ސާފު ބޯފެން ހޯދޭނެ އާރު އޯ ޕުލާންޓެއް ކައުންސިލަށް ހަދިޔާ ކުރުން.

3- ރަށު ކައުންސިލަށް 3 ކުލާސްރޫމުގެ ޕުރީ ސުކޫލެއް ހަދިޔާ ކުރުން.

4- މަދުވެގެން 7 އަހަރު ދާއިރާއަށް ހިދުމަތް ކުރަން ޝަރުތުކޮށް ސިއްހީ ދާއިރާއިން މަތީތަޢުލީމު ހާސިލް ކުރުމުގެ ފުރުޞަތެއް ދިނުން.

އަދި މޮޅަދޫގެ ރައްޔިތުންނަށް ކޮށްދިނުމަށް ވަޢުދުވެފައިވާ ކަންތައް ތަކަކީ:

1- 40 މީހުންގެ ޖާގައިގެ ފައިބަރު ފެރީ ދޯންޏެއް ކައުންސިލަށް އިންޖީނާއި އެކު ހަދިޔާކުރުން.

2- އަންހެނުން އިޤުތިޞާދީގޮތުން ބާރުވެރިކުރުވުމަށް ކޯޕަރޭޓިވް އުފައްދައިދީ ދަޏޑުވެރިކަމުގެ ދާއިރާއިން ވިޔަފާރީގެ ހަރަކާތެއް ފައްޓުވައިދިނުން.

3- މަދުވެގެން 7 އަހަރު ދާއިރާއަށް ހިދުމަތް ކުރަން ޝަރުތުކޮށް ސިއްހީ ދާއިރާއިން މަތީތަޢުލީމު ހާސިލް ކުރުމުގެ ފުރުޞަތެއް ދިނުން.

މުޙައްމަދު މަތީނުގެ ކެމްޕެއިން ޓީމުން ރޭ ވަނީ މަތީނުގެ ވަޢުދުތަށް ހިމެނޭ ލީފުލެޓުތައް ރަށުގެ ގެތަކަށް ބެހުމުގެ އިތުރުން މަތީނުގެ ކެމްޕެއިން ބެނާތަށް ރަށުގެ ބޮޑެތި މަގުތައް މަތީ ދަމާފައެވެ.

 

[BOTTOM CONTENT BANNER]
މަޖިލިސް އިންތިޚާބު 2014

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

މަޖްލީސް މެމްބަރުންނަކީ އެއްޗެހި ހަދިޔާކޮށް ފައިސާ ބަހަން ހޮވާ ބައެއްނޫން. އެއީ ރައްޔިތުންނަށް ހިމާޔަތާއި ރައްކާތެރިކަން ހޯދައިދީ އެމީހުންގެ ހައްޤުތައް ރައްކާތެރިކުރުމަށް ހަދަންޖެހޭ ޤާނޫނުތައް ހަދާ، ދާއިރާގެ ރައްޔިތުންގެ އިހުސާސްތަކާއި އެއްގޮތަށް ވަކާލާތުކުރަންތިބޭ ބައެއް. މިއާހިލާފަށް ބޮޑެތި ވަޢުދުތަކެއްވެ ތަކެތި ހަދިޔާކުރަން ބުނާ ބުނުމަކީ ކެމްޕޭނުގައި ފައިސާގެ ނުފޫޒު ބޭނުންކުރުންކަމުގައި ދެކެން. މަތީނު ކަހަލަ ހަރުދަނާ މަޤާމެއްގައި ހުރި މީހަކު މިފަދަ ވަޢުދުތަކެއްވެ ރައްޔިތުން ބޯކާލަންކުރާ މަސައްކަތް ހުއްޓާލުމަށް ދަންނަވަން. ތިޔަ ބުނާ 12 ކަންތައް މެމްބަރަކަށް ނުވިޔަސް ހަމަ ކޮށްދޭންވީ. ތިޔައީ މެމްބަރަކަށް ވުމަށް ދައްކަންޖެހޭ ވާހަކައެއްނޫން.

– 16 ފެބުރުއަރީ 2014 6

މަތީންގެ ފޮޓޮއަށް ހުތުރު އަރުވާފައެއްނު މީނީ

– 16 ފެބުރުއަރީ 2014 3

އަހަރެމެން ދީފިއްޔާ ވާނީ ރިޝްވަތަށް. މަތީނު ދޭން ބުނީމަ އޯކޭ..؟؟؟

– 16 ފެބުރުއަރީ 2014 3

ސަރުކާރަކާއި ނުބައްދަލު ދޯ. މަވާ ސަލާމް. މަގޭ ބޯކަށް އުޅޭނެ ކަމެއްނެތް

– 16 ފެބުރުއަރީ 2014 4

މަޖިލިސް މެންބަރަކަށް ކުފޫ ހަމަނުވާކަން ވަރަށް ރަނގަޅަށްވެސް ތިޔަ ވައުދު ތަކުން ސާބިތުވެއްޖެ. މަޖިލިސް މެންބަރުކަމަކަށް މަށެއް ވޯޓެއް ނުދޭނަން. ކައުންލި މެންބަރުކަން ނަމަ ނުވަތަ ރާއްޖޭގެ ރައީސުކަމަށް ނަމަ ތިޔަވަޢުދުތައް ފުއްދާތޯ ޖާނާއި މާލުން ޤުރުބާން ވެގެންވެސް މަތީނު ހޮވަން މަސައްކަތް ކުރާނަން.

– 17 ފެބުރުއަރީ 2014 4

އަޅުގަނޑާއި، އަޅުގަނޑުގެ އަނބި ދަރީންނާއި އާއިލާގެ ވޯޓުވެސް މަތީން ދޭނަން. މާތީނުގެ ހަޔާތުގައި ވޯޓު ހައްޤު ވާވަރުގެ ތަޖުރިބާ ރާއްޖޭގެ އިޤްތީސާދީ މައި ދެދާއިރާގައި އެބަހުރި. ދިވެހިރާއްޖޭގެ މަސްވެރިންނަށް ކަންނެލީގެ ހަޤީގީ ފައިދާ ހޯދައިދިނުމުގައި މަތީން ދުނިޔޭގެ ކަންކޮޅުތަކުގައި ކުރެއްވި މަސައްކަތް ފާގަކުރަން.

– 17 ފެބުރުއަރީ 2014 2

މަތީންގެ އަސްލު ފެންވަރު ވައުދުތަކުން އެގިއްޖެ. ތިހާ ގިނަ ކަންތައް ކުރެވޭ ވަރުގެ ތަނަވަސްކަން ހުރިއިރު ރަށަށް އެއްވެސް ކަމެއް ކޮށްނުދީ ހުރީ ކީއްވެތޯ ސުވާލުކުރަން ބޭނުން. ތިމާގެ މިހަކަށްވެސް ކަމެއް ނުކޮށްދެ ވާހަކަ ރުގީ ބުނޭ ކުރިންވެސް

– 17 ފެބުރުއަރީ 2014 5

ކޮބައިިތޯ އެބޭފުޅާ ރަށައް ކަމެއް ނުކޮއްދީ.....ފުރަތަމަ ކޮމްޕިއުޓަރ އިލްމް ރަށައް ތައާރަފް ކޮށްދިން....ބައްޕަ އާ ގުޅިވަޑައިގެން ޒަމާނީ ފެންވަރު ފައިބަރ ދޯނި ތައާރަފް ކުރި...މިފްކޯގައި ހުންނަވާ މަސްވެރިންނަަް ގިނަގުނަ ޙިދުމަތް ކުރެއްވި....އެމް.ޓީ.ޑީ.ސީ ގައި ހުންނަވާ އުލިގަމް ތަރައްގީ ކުރަން އިންވެސްޓަރުން ބޭރުން ހޯއް ދެވި...އިހަވަންދޫ އާައި ކައިރި ރައްތަށް ތަރައްގީ ވުމީ އިހަވަންދޫ ގެ ތަރައްގީ ކަން ދެނެވަޑައިގެން....

– 17 ފެބުރުއަރީ 2014 4

ހަޤީގަތުގައިވެސް. ޖެހިލުންވީދޯ. ޢިލްމާއި، ހުނަރުވެރިކަން ހުރި މީހަކު ކުރިމަތިލީމާ، ވަރަށް ބޮޑަށް ޖެހިލުންވެއްޖެ. އަނެކާދިމާއަށް އިނގިލި ދިއްކުރާއިރު، ތިމާމެން ކޮށްފައިހުރި ކަންތައް އެހެންމީހުން ލިސްޓުކޮށްފިއްޔާ ލަދުގަންނާނެ ދޯ. ލިސްޓް ވަރަށް އަވަހަށް އަޕްލޯޑް ކޮށްލާނަން.

– 17 ފެބުރުއަރީ 2014 1

މަޤުސަދު ވަރަށް ސާފުވާންޖެހޭ. އެއްފަހަރާ މުއްސަނދިވުމުގެ ބޭނުމުގައި އެއްވެސް ކަމެއް ކުރުން ބުއްދިވެރިނުވާނެ. ކުރިމަގަށް ވިސްނާފަދައިން، ފަސްމަގަށް ވިސްނާ ފަސްބައިގެ ކިލަނބުކަން ހުރީ ކިހާވަރަކަށްތޯ ބަލަން ވާނެ. ލާުރީގެ ބޭނުމުގައި ފައިސާ ޗާޕުކުރިޔަސް ކަމަކު ނުދާނެ. ހަރުދަނާ ދުރުވިސްނުމުގެ ޢިލްމީ ސިނކުނޑިއެއްގެ ވެރިއަކަށް ވާން ޖެހޭނެ.

– 17 ފެބުރުއަރީ 2014 0

ވޯޓު 3

– 17 މާރިޗު 2014 0