[HEADER BANNER]
[AD]

އިމަގު މަޖިލިސް ބަހުސް މިރޭ އޮންނާނެ

 

އިހަވަންދޫ ދާއިރާގެ މަޖިލިސް މެމްބަރުކަމަށް ކުރިމަތިލާފައިވާ ކެނޑިޑޭޓުންގެ މެދުގައި ބާއްވާ ބަހުސް މިރޭ 8:00 ގައި އޯޕަން ސްޓޭޖްގައި އޮންނާނެކަމަށް އިމަގު ޖަމިއްޔާއިން މައުލޫމާތުދީފި އެވެ.

އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު)ން އިސްނަގައިގެން ބާއްވާ މި ބަހުސްގައި އިހަވަންދޫ ދާއިރާއަށް ކުރިމަތިލާފައިވާ 4 ކެނޑިޑޭޓުން ވެސް ބައިވެރި ވާނެކަމަށް މަޢުލޫމާތު ލިބެ އެވެ.

އިހަވަންދޫ ދާއިރާގެ މަޖިލިސް މެމްބަރުކަމަށް ކުރިމަތިލާފައި ވަނީ، ހއ. އިހަވަންދޫ އުއްސަކުރުގޭ މުޙައްމަދު ޢަބްދުﷲ އާއި، ހއ. ތަކަންދޫ އޯޝަންވޭވް އަޙްމަދު ޢަބްދުﷲ އާއި، ހއ. އިހަވަންދޫ އެރޯމާ މުޙައްމަދު މަޠީން އަދި ހއ. އިހަވަންދޫ އުދަރެސް އަޙްމަދު ޝާފިޢު އެވެ.

ނިމިގެން ދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި، އިހަވަންދޫ ރަށު ކައުންސިލަށާއި، އިހަވަންދޫ ދާއިރާގެ އަތޮޅު ކައުންސިލް މެމްބަރުކަމަށް ކުރިމަތިލި ފަރާތްތަކުގެ މެދުގައި ވެސް އިމަގުން ބަހުސެއް ބާއްވާފައިވެ އެވެ. މި ބަހުސަށް ރައްޔިތުންގެ ބޮޑު ތާއީދެއް ލިބިގެންދިޔަހިނދު، މިރޭ ބޭއްވޭ މަޖިލިސް ބަހުސަށް  ވެސް ބޮޑު ތަރުހީބެއް ލިބިގެން ދާނެ ކަމަށް ބެލެވެ އެވެ.

މި ބަހުސް ބައްލަވާލެއްވުމަށް ރައްޔިތުން ބޭފުޅުން ވަޑައިގަތުމަށް އިމަގުން އެދެ އެވެ.

[BOTTOM CONTENT BANNER]
އިމަގު މަޖިލީސް ބަހުސް 2014, އިމަގު ޖަމިއްޔާ, މަޖިލިސް އިންތިޚާބު 2014

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ހަހަ އިމަގު މީހުން ހާވަން އުޅުނު ހަޑިފެންވީ ދޯ ތި ވީ ހަމަ ރަނގަޅަށް،، އެއްވެސް ތާކުންތާކުން ނުޖެހޭ ބޭކާރު ކަންތަށް ކުރާ ބައެއް ތީ.. އުވާލާ ޖަމިއްޔާ

– 7 މާރިޗު 2014 2