[HEADER BANNER]
[AD]

ނޮޅިވަރަންފަރު ގިމަން (2)

28 ފެބުރުވަރީ ލިޔުމާއި ގުޅޭ

ރަށުގެ ނެރުން ވަދެވި، ރަށުގެ ވަށައިގެން އޮތް ފަރުގެ ބޮޑުކަމުން 11 ވަރަކަށް މިނެޓް ފަރުގައި ދުއްވުމަށްފަހު، ފެރީއަށް ފާލަން އަތުލެވުނުއިރު ގަޑިން 1:54 ހިނގާފި އެވެ. ފާލަން ކައިރީގައި ފެރީ މަގަތްކޮށްލުމުން، އެމީހަކު އެމީހެއްގެ ދަބަސްތަކާއި ހަދިޔާ ބަދިޔާ ހިފައިގެން ރާސްލާފައި ފާލަން މައްޗަށް ފައިބަންނަން ފަށައިފި އެވެ. ފެރީގެ ފަހަތުކޮޅުގައި ހުރުމުގެ ސަބަބުން، ނޮޅިވަރަންފަރުގެ އައު ފާލަމުގައި އަހަރެންގެ ފައި ޖެހުނުއިރު ހަވަރަކަށް މިނެޓް ފާއިތުވެ ހިނގައްޖެ އެވެ. ފާލަމަށް އަރައި ފޮޓޯތަކެއް ނެގުމަށް ފަހު ސަލާން ގަލާން ކުރުމުގައި މަސްއޫލްވީމެވެ.

   ސާފު ހުދު-ދޮން ކުލައިގެ ބޮޑު ވެލިގަނޑުގައި އަތިރިމައްޗަކަށް ނަންދެވޭނެ ވަރަށް ރުއްގަސްތައް ހައްދާފައިވެ އެވެ. އަމާން އޮމާންކޮށް އޮތް މޫދުގެ ލޮނުގަނޑުގައި ވިލުކުލައިގެ ފެއްސެއް އަރަ އަރައި ހުރީ މޫދު ތެރޭގައި ކުނިބުނި ފަދަ ތަކެތި ނެތުމުންނެވެ. ޖެހެމުންދާ ފިނިވައިރޯޅިތަކުން ހިތަށް އުފަލާއި ހިތްހަމަޖެހުން ގެނެސްދެ އެވެ. އަތިރިމަތިން ދެން ދިޔައީ ސުކޫލަށެވެ. އަތިރިމަތިން ލިބެމުންދާ ފިނިވައިރޯޅިތައް އެއްވާނެއްގައި ސުކޫލާ ހަމައަށް ގެނެސް ދެވެނީ އަތިރިމަތި ސުކޫލާ ގާތްވުމުންނެވެ. ސުކޫލްގައި ޢިމާރާތްތައް އަޅައި އިތުރަށް ޢިމާރާތްކުރެވޭނެ ހުސް ޖާގަ އޮތެވެ. ކުޑަކުދިންގެ ކަސްރަތުގަޑިއަށް އަތުރާލެވިފައިވާ ސާމާނުތަކުން ޕާކެއްގެ ކުލަ ކޮންމެވެސް ވަރަކަށް ސުކޫލުގައި ޖެހިފައި ހުއްޓެވެ. ޢިމާރާތްތައް ފިޔަވައި ދެން ސުކޫލު ހިޔާކޮށްފައި ވަނީ ސުކޫލުގައި އިންދާފައިވާ ބިޔަ ބޮޑެތި ގަސްތަކުންނެވެ.

   އަހަރެމެންނަށް، ދަތުރުގެ ވަރުބަލިކަން ފިލުވައިލާ ކަރުތެރެ ތެންމާލުމަށްޓަކައި ސުކޫލުގައި ހުރި ގަހެއްގެ ހިޔަލުގައި ވައްބުރެއްހެން ތަރުތީބުން ގޮނޑިތައް އަތުރާލެވިފައި ހުއްޓެވެ. އަރުތެރެއަށް ފުރަތަމަ އެރަށުގައި ހުރެ އެތެރެކޮށްލަން ލިބުނީ ރަހަ މީރު "ސަންކުއިކް" ފަނިތައްޓެކެވެ. ނޮޅިވަރަންފަރު ސުކޫލަކީ ތާރީޚީ ގޮތުން ފާހަގަކޮށްލެވޭނެ ސުކޫލެކެވެ. 1992 ވަނަ އަހަރާ ހަމައަށް ބޮޑުތިލަދުންމަތީގެ ފުރަތަމަ ސުކޫލެވެ. ސުކޫލު ނަމަށް ބަލައިލާއިރު، ފުރަތަމައަށްނަމަ "މަކުތަބުލް ޤަމަރިއްޔާ"އެވެ. ދެވަނައަށްނަމަ "އަމީނިއްޔާ ސުކޫލް އޯކިޑް ޤުލްޝަން"އެވެ. މަރުޙަބާ ދަންނަވައި، ކުދިންތައް ތިބެން ހަމަޖެހިފައިވާ ގޮތް ޢަލީ އަޙްމަދު ސަރ ހުރިހާ ކުދިންނަށް ވަރަށް ރަނގަޅަށް ފަހުމްކޮށް ދިނެވެ.

   ނަމަކަށް ފަހު ނަމެއް އިއްވަމުންގޮސް، އަހަރެންގެ ނަމާއެކު އިއްވުނު ނަމަކީ ޕެނެމާގޭ އަޙުމަދު އާތިފްގެ ނަމެވެ. ލިބުނު ރަޙްމަތްތެރިޔާއެކު އަހަރެން ހިނގައިގަތީ ތާޒާވެލުމަށްޓަކައެވެ. ނޮޅިވަރަންފަރަކީ އާބާދުކުރެވިފައިވާ ރަށަކަށްވުމުން އެރަށުގައި ތިން "ސައިޓް" ނުވަތަ ތިން ސަރަޙައްދު އޮވެއެވެ. އާތިފަކީ ހދ.މައިވާދޫ ކުއްޖަކަށްވުމުން އާތިފަށްވެސް ލިބިފައިވަނީ ފުރަތަމައަށް އާބާދުކުރެވިފައިވާ ސަރަޙައްދެއްކަމަށްވާ "އެލިޔާ ސައިޓު"ގެ ގެއެކެވެ. ނޮޅިވަރަންފަރުގެ ބަސްތީ ކަމަށްވާ "ފަރުސައިޓް" ދޫކޮށް އެލިޔާ ސައިޓަށް ދިޔައިރު ފެންނަމުން ދިޔަ ބައެއް ގޭތަކަކީ ވަރަށް ދުވަސްވެފައިވާ ގޭތަކެއްކަން ގޭތަކުގެ ކުލަޔާއި ބައްޓަމުން ވަރަށް ފުރިހަމައަށް ދޭހަވެއެވެ. އާދައިގެ ގޮތައް ހަދާފައިވާ ބައެއް ގޭތައް ފަސްދީ ދިޔައިރު މޮޅުކޮށް ވަރުގަދަކޮށް ހަދާފައިވާ ގޭތައް ކުރިމަތިވަމުން ދެއެވެ. ރަށުތެރެއިން ހިނގާފައި ދިޔައިރު އެކި ފުރާތަކުގެ މީހުން އަހަރެންނާ ދިމާއަށް ބަލަމުން ދިޔައީ ބީރައްޓެއްސަކަށްވުމުންނެވެ. ދާން އޮތް ސައިޓަށް ދެވެނީ ވަލުތެރެ ކައިރިންނެވެ. ތިން ސައިޓްވެސް އަޅާފައިވަނީ ރަށްމަތިން ބަލައިލުމުން ތިން ސައިޓްވެސް ވަކިވާނޭ ގޮތަށެވެ. ކޮންމެ ސައިޓެއްވެސް ވަކިކުރެވިފައިވަނީ ގަހާތަކުންނެވެ.

   ހެދިފައިވާ ބިޔަ ބޮޑެތި ކާނިގަސްތަކުންނާއި އެހެނިހެން ރުއްގަސްތަކުން ރަށަކީ ބިމުގެ ގޮތުން މުއްސަނދި، ދަނޑުވެރިކަމުގެ ސިނާއަތެއް އެންމެ ފުރިހަމަ ގޮތުގައި ކުރިއަށް ގެންދެވޭނެ ރަށެއްކަން ދެނެގަނެވުނެވެ. ވިއްސާރަވެހުމުގެ ސަބަބުން ބިމަށް އިތުރު އާރޯކަމެއް ގެނެސް ދީފައިވެއެވެ. ބައެއް މަގުތަކުގައި ހެދިފައިވާ ޗަކައިން ނޮޅިވަރަންފަރުގައި ކޮންމެވެސް ދިމާލެއްގައި ކުޅިއެއް ނުވަތަ ޗަކަ ބިމެއްވާނެ ކަމަށް ޤަބޫލުކުރީ، އާތިފްގެ ކައިރިން އެކަން ޔަޤީން ކުރުމަށް ފަހުގައެވެ. އެލިޔާ ސައިޓަށް ވަދެވުނިކަން އެނގުނީ ހިނގަ ހިނގާތިއްބާ މަގުތައް ފުޅާވެ، އެއްތައްގަނޑަކަށް އަޅާފައިވާ ގޭތައް ފެނުމުންނެވެ. ވަލަށްވާ މަގުގެ ދެފަރާތުގައި ހުރި ބޮޑެތި ގަސްތަކުން އަތިރިމައްޗަށް ޖެހޭ ވައިގެ އަސަރުތައް ހިފާފައި ހުއްޓެވެ. މަގުމަތިވަނީ ހިޔާވެފައެވެ. ދޮންކެޔޮގަސްތައް ދިމަދިމާގައި ފެންނާން ހުއްޓެވެ.

   ހިނގަމުންގޮސް މަޑުކޮށްލީ ޕެނަމާ އަށެވެ. އެހެން ގޭތަކާ މާ ބޮޑު ތަފާތެއް ނެތަސް، މުސްކަރާއި އަޅައިލުމައި، އާތިފްގެ ކިބައިން ފެންނަމުން ދިޔަ ހިތްހެޔޮކަން، އެގޭގެ އެންމެންގެ ފަރާތުންވެސް ނިހާޔަތައް ލިބުނެވެ. ގެއަށް މަރުޙާބާ ކީ އެމީހުންގެ އަމިއްލަ ދަރިއަކު ފަދައިން ބަލައިގަނެގެންނެވެ. ވެފައި ހުރި ބީރައްޓެހިކަން ރައްޓެހިކަމަށް ބަދަލުވެގެން ދިޔައީ ހީވެސް ނުކުރާހާ ބާރަށެވެ. މީގެ ކުރިން ދުވަހަކު ހަޔާތެއް    ގައިވެސް ލޮލުން ދެކެފައިނުވާ ނޮޅިވަރަންފަރުގައި މަންމައަކާއި ބައްޕައެއްގެ އިތުރުން އެއްބަނޑު އެއްބަފާ ފިރިހެން ކޮއްކޮއެއް ލިބުނު ފަދައީ އެ އާއިލާގެ ރޭދަވަނުދައިގެ ސަބަބުންނެވެ. ހިތާހިތުން ﷲއަށް ޝުކުރު ކުރާ ހާލުގައި އާތިފްގެ އާއިލާއަށްވެސް ހިތުން ޝުކުރުގެ ބަސްތައް އަމުނަމުން، ތާޒާވެލައިގެން ކެއުމުން އަވަދިވީމެވެ. އަދި ގޭގެ ކައިރިގައި އޮތް، ބޮޑު ހުސްބިމެއްގައި އަޅާފައިވާ ވަގުތީ ކުޑަމިސްކިތުން ހަވީރުގެ ނަމާދު އަދާކުރީމެވެ.

   ރޭވިފައިވާގޮތުން ފުރަތަމަވެސް އޮތީ އެކުވެރިކަމުގެ ފުޓްބޯޅަ މެޗަކާއި، ނެޓްބޯޅަ މެޗެކެވެ. ހަވީރުގެ ވަގުތުތައް ހުސްވެގެން ދިޔައީ މުޅިންހެން އެކަމަށެވެ. ނެޓްބޯޅަ ކޯޓާއި ފުޓްބޯޅަ ދަނޑު އޮތީ އެއްތަނެއްގައެވެ. ރީތިކޮށް ރޮނގުތައް އަޅައި ކޯޓާއި ދަނޑު އޮތީ އާ ކޮށްފައެވެ. މުބާރާތްތައް ބޭއްވުމަށްޓަކައި ދަނޑު އެއްފަރާތުގައި ދިދަ ނަގައި ހަދަން، ދިދަ ދަނޑިތަކެއް ޖަހާފައި ހުއްޓެވެ. ބެންޗްވަނީ ވަޅުޖެހިފައިވާ މިސާލަކަށް ރީތިކޮށް ރާނާފައެވެ. ފުރިހަމަކޮށް ތަންތަން ހަދައި ރަނގަޅަށް ކަންތައް އިންތިޒާމްކޮށްފައިވެއެވެ. އަދި ޝޯތައް ދީ މުބާރާތްތައް ކުރިއަށް ގެންގޮސް ހަދަން ބޭނުންކުރާ ސްޓޭޖްވެސް ހުރީ ހަމަ ދަނޑުތަކާ އެއް އިއްވެގެންނެވެ. ބަލައި ބެލުމަށް އަހަރެމެންނާ ވާދަކުރަން ތިބީ އެއްނޭވާކުދިންނެވެ. ފުޅާ ބާސަނަޔަކާއި މީބައްކަތިރި ލިބިފައިވާ، ކުޅަދާނަ، ވަރުގަދަ އެއްކަށިވީއްރުންތަކެވެ.

   އަންހެންކުދިންގެ ނެޓްބޯޅަ މެޗުން އިހަވަންދޫ ސުކޫލުގެ ކުދިން ނާކާމިޔާބު ވީނަމަވެސް ފިރިހެންކުދިންގެ ފުޓްބޯޅަ މެޗުން ކުރި ހޯދުނީ އެއްލަނޑު ސުންލަނޑުން އަހަރެމެންނަށެވެ. ލިބުނު ކާމިޔާބު ފާހަގަކޮށް އިނާމްތައް ނޮޅިވަރަންފަރު ސުކޫލުން ބެއްސެވެ. މަޣްރިބް ނަމާދުގެ ބަންގީގެ އަޑާއެކު އެއްބަޔަކު އަނެއްބަޔަކާ ސުކޫލުން ދިމާވާނެކަމަށް ބުނެ، އެއްކުއްޖަކު އަނެއްކުއްޖެއްގެ ގެއަށް ހިނގައިގަތެވެ. ފެންވަރައިލައިގެން ނަލަ ހެދިގެން، މަޣްރިބު ނާމާދުކޮށްލީ ދުރުގައި ހުރި އެދުރުކަލޭފާނު މިސްކިތުންނެވެ. އިޝާނަމާދުވާން މާ ގިނައިރުތަކެއް ނެތުމުން ގެއަށް އައީ އިޝާނަމާދުވެސް ފުރިހަމަކޮށްފައެވެ. ރަށުގެ ބޮޑުކަމުންނާއި ސުކޫލްގެ ދުރުކަމުން އެލިޔާ އަވަށުގައި އުޅޭ އިހަވަންދޫ ކުދިންތަކާއި ނޮޅިވަރަންފަރުގެ ކުދިންވެސް ސުކޫލަށް ދިއުމަށްޓަކައި ބައިސްކަލުގެ އެހީ ހޯދިއެވެ.

   8:30 އަށް ސުކޫލަށް ދިއުމަށްފަހު ވަގުތުކޮޅެއްވާދެއް އެއްކުއްޖަކު އަނެއްކުއްޖެއްގެ އިޙްސާސްތަކާއި ތަޖުރިބާތައް ހިއްސާކޮށް، ވާހަކަ ދައްކައިލަން ތިބީމެވެ. ނޮޅިވަރަންފަރުގެ ސުކޫލާ ބެހޭގޮތުން، ސުކޫލުގެ ޕުރިންސިޕަލް އަދުނާނު ޢަލީގެ ޕުރެޒެންޓޭޝަންގައި ބައިވެރިވީ ސުކޫލްތެރެއަށް ޖެހެމުން ދިޔަ ހިތްގައިމް ވަޔަށް ކުރުނީސްކޮށްފައެވެ. ނޮޅިވަރަންފަރުސުކޫލާ ބެހޭގޮތުން ނޭނގޭ ވަރަށް ގިނަ މައުލޫމާތުތައް ޕްރެސެންޓޭޝަނުން ލިބިގެން ދިޔައެވެ. ހަމަ އެހެންމެ އިހަވަންދޫ ސުކޫލުގެ ފަރާތުން ލަކުޑިން ހަދާފައިވާ ހަނދާނީހަދިޔާއަކާއި، 12 ގެ ދަރިވަރުންގެ ފަރާތުން "ދޮޅަސް 2013" ނޮޅިވަރަންފަރު ސުކޫލަށް ހަދިޔާ ކުރިއެވެ. މީގެ އިތުރުންވެސް އެ ބައްދަލުވުމުގައި އިހަވަންދޫ ސުކޫލުގެ ފަރާތުން، ދަތުރުގެކަންތައް އިންތިޒާމްކޮށް ދެއްވަމުންގެންދާތީވެ ނޮޅިވަރަންފަރު ސުކޫލުގެ މެނޭޖްމެންޓަށް ޝުކުރުގެ ބަސްތައް ބަރުތީލަކުރެއްވިއެވެ.

[BOTTOM CONTENT BANNER]
ދަތުރުނާމާ

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ނިމުނިީ؟

– 7 މާރިޗު 2014 1

އިސްލާހުކޮށްލަންވީ ބައެއް ނުގުތާތައް "ހިނގާފި" - ރަނގަޅު ގޮތަކީ "ހިނގައިފި" އެވެ. "ފައިބަންނަން " - ރަނގަޅު ގޮތަކީ "ފައިބަން" އެވެ. "އަތިރިމަތި ސުކޫލާ ގާތްވުމުންނެވެ" - ރަނގަޅު ގޮތަކީ "އަތިރިމަތި ސުކޫލާ ކައިރިވުމެވެ" އެވެ. "ވައްބުރެއްހެން" - ރަނގަޅު ގޮތަކީ "ވަށް ބުރެއްހެން" އެވެ. "ރަޙްމަތްތެރިޔާއެކު" - ރަނގަޅު ގޮތަކީ "ރަޙްމަތްތެރިޔާއާއެކު" އެވެ. "ދިމާލެއްގައި " - ރަނގަޅު ގޮތަކީ "ދިމާއެއްގައި" އެވެ. "އާތިފްގެ ކައިރިން އެކަން ޔަޤީން " - ރަނގަޅު ގޮތަކީ "އާތިފް ގާތުން އެކަން ޔަޤީން" އެވެ. "ވަދެވުނިކަން" - ރަނގަޅު ގޮތަކީ "ވަދެވުނުކަން" ނުވަތަ "ވަނެވުނުކަން" އެވެ. "ބީރައްޓެހިކަން ރައްޓެހިކަމަށް ބަދަލުވެގެން ދިޔައީ ހީވެސް ނުކުރާހާ ބާރަށެވެ" - ރަނގަޅު ގޮތަކީ "ބީރައްޓެހިކަން ރައްޓެހިކަމަށް ބަދަލުވެގެން ދިޔައީ ހީވެސް ނުކުރާހާ އަވަހަށެވެ. އެވެ. "މުސްކަރާ" - މާނަ އަކީ "ކުޅުން"، ވީމާ ހާލަތާ ނުގުޅޭ ގޮތަށް ބަސް ބޭނުންކޮށްފައި "އެ އާއިލާގެ ރޭދަވަނުދައިގެ ސަބަބުންނެވެ" – "ރޭދަވަނުދައި" އަކީ ދިވެހި ބަހެއްތޯ؟ "ކަންތައް އިންތިޒާމްކޮށްފައިވެއެވެ" - ރަނގަޅު ގޮތަކީ "ކަންކަން އިންތިޒާމްކޮށްފައިވެއެވެ" އެވެ. "ދަނޑުތަކާ އެއް އިއްވެގެންނެވެ" - ރަނގަޅު ގޮތަކީ "ދަނޑުތަކާ އިންވެގެންނެވެ" އެވެ. "މީބައްކަތިރި" - އޮންނަ ބަހެއްބާ؟ "އެއްނޭވާކުދިންނެވެ" - މި ބަސް ބޭނުންކޮށްފައިވާ ހާލަތަށް ބަލާއިރު އޮންނަންވީ "އެއްނޭވާފަދަކުދިންނެވެ" މިހެންވެ. "އެއްކަށިވީއްރުންތަކެވެ" - ރަނގަޅު ގޮތަކީ އެއްކަށިވީރުންތަކެކެވެ" އެވެ. "އެއްކުއްޖަކު އަނެއްކުއްޖެއްގެ ގެއަށް ހިނގައިގަތެވެ" - މިއޮތީ މުޅި ޖުމްލައިގެ މާނަ ބަދަލުވެފައި، ރަނގަޅު ގޮތަކީ "އެ ކުއްޖަކު އެ ކުއްޖެއްގެ ގެ އަށް ހިނގައިގަތެވެ." މިހެންނެވެ. "ވަގުތުކޮޅެއްވާދެއް" - ރަނގަޅު ގޮތަކީ "ވަގުތުކޮޅެއް ވާނދެން" އެވެ. މި ނޫނަސް މިފަދަ ކަންކަން އެބަހުރި. ރަނގަޅު ކޮށްލާނެ ކަމަށް އުންމީދު ކުރަން. އުންމީދީ ލިޔުންތެރިއެއް ކަމަށް ވަރަށް ބޮޑަށް ބެލެވޭ. ރަނގަޅު ކަންކަން އެހެން ފަހަރަކުން ފާހަގަކޮށްލާނަން

– 7 މާރިޗު 2014 1

ހ.އ ދިއްދޫ މަދުރުސަތުލް ޣާޒީ މުހައްމަދު، ވަރައްދުވަސްވެފައި ވާ މަދުރަސާ އެއް.

– 8 މާރިޗު 2014 1

އަދި ނުނިމޭ... ޝުކުރިއްޔާ! (: އިންޝާ ﷲ، ރަނގަޅުކޮށްލާނަން އަސަދު

– 9 މާރިޗު 2014 1

އާތިފް އަކީ ހ․ދ މައިވާދޫއަށް ނިސްބަތްވާ ކުއްޖެއްނޫން․․․․އެއީ ހ․ދ ކުނބުރުދޫއަށް ނިސްބަތްވާ ކުއްޖެއް․․․․․ބުނެލީހަމަ

– 31 އޮކްޓޫބަރު 2016 0