[HEADER BANNER]
[AD]

ސިއްހީ ދާއިރާއަށް ކެންޑިޑޭޓުން ވެލައްވާފައިވާ ވަޢުދުތައް

10 މާރިޗު 2014 3

ތިރީގައި މިހިމަނާލަނީ އިމަގު މަޖިލިސް ބަހުސްގައި މަޖިލިސް އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނާއި ކުރެވުނު ސުވާލުތަކުގެ ތެރެއިން، މެންބަރުކަން ލިބިއްޖެ ނަމަ، ސިއްހީ ދާއިރާގައި ރައްޔިތުންނަށް ހުރި ދަތިތައް ހައްލު ކުރެއްވުމަށް ކުރައްވާނެ ކަންތައްތައްތަކާއި ގުޅޭގޮތުން ކުރެވުނު ސުވާލުގައި ކެންޑިޑޭޓުން ދެއްވާފައިވާ ޖަވާބުތަކުގެ ތެރެއިން ރައްޔިތުންނަށް ވެލައްވާފައިވާ ވަޢުދު ތަކެވެ.

ކެންޑިޑޭޓް ނަންބަރު 1- މުޙައްމަދު ޢަބުދުﷲ (ޕުރޮގުރެސިވް ކޯލިޝަން / ޖުމުހޫރީޕާޓީ)

- އެއް އަހަރު ތެރޭގައި ސިއްހީ މަރުކަޒަށް އަންހެނުންގެ ޑަކުޓަރެއް ގެންނާނަން.

- ސުކޭނު މެށިނެއް އަދި އެކުސްރޭ މެށިނެއް 1 އަހަރުގެ ތެރޭގައި ގެންނާނަން.

- މާލެއަށް ބޭސްފަރުވާއަށްދާ ބޭފުޅުންނަށް އެބޭފުޅުން، މާލޭގަ ތިބެވޭނެ ނިޒާމެއް އަޅުގަނޑުގެ އަމިއްލަ ހަރަދުގަ ތިބޭވެ ނިޒާމެއް ގާއިމުކޮށްދޭނަން.

ކެންޑިޑޭޓު ނަންބަރު 2- އަޙުމަދު ޢަބުދުﷲ (އެމްޑީޕީ)

- އެބޭފުޅާ ކުރިއަށް ދަނީ ސިއްހީދާއިރާގެ ހިދުމަތުގެ ޔަޤީންކަމުގެ ތަސައްވަރަކާއި އެކު ކަމަށް ވިދާޅުވި.

ކެންޑިޑޭޓު ނަންބަރު 3- މުޙައްމަދު މަތީން (އަމިއްލަ)

- ފަރުދީގޮތުން ވެލައްވާފައިވާ ވަޢުދުތައް ތަކުރާރު ކުރަން ނެތިން ކަމަށް ވިދާޅުވި. (ކެންޑިޑޭޓުގެ ފަރުދީ ވަޢުދުތައް ބައްލަވާލައްވާ)

- މަސްވެރިކަމާއި ފަތުރުވެރި ކަމުގެ ސިނާއަތަށް ފިޔަވައި ބޭންކުން ލޯނު ނުދޭ ކަމަށް ފާހަގަ ކުރައްވައި، ބޭންކުތަކުން ދޫކުރާ ލޯނުުގެ ތެރެއިން 15 ނޫނީ 20 އިންސައްތަ ސިއްހީ ދާއިރާއަށް ދިނުމަށް ރާއްޖޭގެ މާލީ އިދާރާތަކަށް ލާޒިމު ކުރާނެ ކަމަށް ވިދާޅުވި. އޭރުން ރައްޔިތުންނަށް ސިއްހީ ދާއިރާ ކުރިއެރުވޭނެ ކަމަށް ދެކިލައްވާ ކަމަށް ފާހަގަ ކުރެއްވި.

ކެންޑިޑޭޓު ނަންބަރު 4- އަޙުމަދުޝާފިޢު (އަމިއްލަ)

- މަޖިލީހަށް ހޮވޭ ފުރަތަމަ އަހަރުގެ ތެރޭގައި އަމިއްލަ ޖީބުން ހަރަދުކޮށްގެން ނަމަވެސް މިދާއިރާއަށް އަންހެނުންގެ ޑަކުޓަރެއް ގެނެސްދޭނެކަމުގެ ޔަޤީން ކަން ދެއްވި.

- ސުކޭނު މެށިނެއްގެ ހިދުމަތް ހަމަޖެހޭނެ ކަމަށާއި މިދެންނެވި ސުކޭނު މެށިނުގެ ފައިސާގެ 50 އިންސައްތަ އަމިއްލަ ފަރުދަކު ދިނުމަށް ތައްޔާރަށް ހުރިކަމުގެ ޔަޤީންކަން ލިބިފައިވާ ކަމަށް ވިދާޅުވި.

- ދާއިރާގެ ކޮންމެވެސް އެއްކުއްޖަކަށް ހިލޭ ޑަކުޓަރުކަން ކިޔެވުމުގެ ފުރުޞަތު ހޯދަދޭނަން.

- ސިއްހީ ދާއިރާގެ އެހެނިހެން ކަންކަމުގަ ކިޔެވުމުގެ ކޮންމެ ރަށަކުން މަދުވެގެން ކުއްޖަކަށް ކިޔެވުމުގެ ފުރުޞަތު ހޯދަ ދޭނަން.

- ލެބޯޓަރީ އަކީ އިތުބާރުކުރެވޭ ލެބޯޓަރީ އަކަށް ހެދުމަށް މަސައްކަތް ކުރާނަން.

[BOTTOM CONTENT BANNER]
އިމަގު މަޖިލީސް ބަހުސް 2014, މަޖިލިސް އިންތިޚާބު 2014

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ވައުދުތައް އޮއްސާނެ މިހާރު، ފަހުން ހަނދާނެއް ނުހުންނާނެ. މަޖިލިހަަށް ހޮވޭ މީހެއްގެ ވައުދުތައް ވާނެ މިފަހަރު ރަށުގެ ބަނދަރު މަތީގަ ނޯޓިސް ބޯޑެއް ހަދާފަ ލިޔެފަ ބަހައްޓަން. ކައުންޓުޑައުން އަކާ އެކީގަ. ވައުދާ ހުވާ ކުރާނެޔޭ - އެހަނދާން ނެތޭނެޔޭ

– 10 މާރިޗު 2014 0

މިސައިޓުން ކެންޑިޑޭޓުންގެ ހަބަރުތައް ގާތުން ގެނެސްދިނުމަށް ކުރާ މަސައްކަތަށް ޝުކުރިއްޔާ

– 11 މާރިޗު 2014 0

ތިތަނުން ދެކޮޅު ޖެހޭ ވާހަކައެއް ދައްކަނީ މަތީން. މުހައްމާ ގެ ވައުދުތަކީ ބޮޑު ޖޯކެށް.

– 13 މާރިޗު 2014 0