[HEADER BANNER]
[AD]

19 ވޯޓުގެ ތަފާތާއި އެކު އަދިވެސް ކުރީގައި މަތީން

14 މާރިޗު 2014 4

އަންނަ މާރިޗު މަހުގެ 22 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި އިހަވަންދޫ ދާއިރާގެ ގޮނޑިއަށް، ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން އިހަވަންދޫޑޮޓްކޮމްގެ ކިޔުންތެރިންގެ ތާޢިދު އޮތް ކެނޑިޑޭޓެއް ބެލުމުގެ ބޭނުމުގައި އިހަވަންދޫޑޮޓްކޮމްގެ ފަރާތުން ހުޅުވާލާފައިވާ ޕޯލްގައި މިއަދުގެ 18:15 އާއި ހަމައަށް  ވޯޓްދީފައިވާ ގޮތަށް ބަލާއިރު 19 ވޯޓުގެ ތަފާތަކާއި އެކު ކުރީގައި އުޅެނީ މާތީންއެވެ. ފެބުރުވަރީ މަހުގެ 25 ވަނަދުވަހު ހުޅުވާލި މިޕޯލްގައި މިހާތަނަށް މަތީންވަނީ 195 ވޯޓް ހޯދާފައެވެ. މިޕޯލް ހުޅުވާލުމަށްފަހު ހަފުތާގެ ކޮންމެ ހުކުރަކު ޕޯލްގެ ނަތީޖާ އާމުކުރަމުންދާއިރު، މިދިޔަ ހަފުތާގެ ނަތީޖާގައިވެސް 2 ވޯޓުގެ ތަފާތާއި އެކު ކުރީގައިއޮތީ މަތީންއެވެ.

މިދިޔަ ހަފުތާގެ ދެވަނަ އާއި ތިންވަނަ މިހަފުތާގައި ވަނީ ދެވަނާގަ އެވެ. މުޙައްމަދު ޢަބްދުﷲ އާއި އަޙުމަދު ޢަބުދުﷲ އަށް ލިބިފައި ވަނީ 176 ވޯޓެވެ.  މިދިޔަ ހަފުތާގައި ހަތަރުވަނާގައި އޮތް އަޙްމަދު ޝާފިޢުއަށް މިހަފުތާގައި ލިބިފައި ވަނީ 3 ވޯޓުގެ ކުރިއެރުމެކެވެ. އެބޭފުޅާ އަށް ލިބިލައްވާފައި ވަނީ  33 ވޯޓެވެ.

މާޗް މަހުގެ 20 ވަނަދުވާހާ ހަމައަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މިޕޯލްއަށް މިހާތަނަށް 580 ފަރާތަކުން ވޯޓްދީފައިވެއެވެ.

ރިޔާސީ އިންތިހާބާ ދިމާކޮށް މިނޫހުން ކުރިޔަށްގެންދިޔަ ޕޯލްއާއި ހިލާފަށް މިފަހަރުގެ ޕޯލް ކުރިޔަށް ގެންދަނީ ފޭސްބުކް މެދުވެރިކޮށެވެ. އެގޮތުން މިފަހަރުގެ ޕޯލްއަށް، ކޮންމެ ފޭސްބުކް ޔޫސަރ އެކައުންޓަކުންވެސް ވޯޓްދެވޭނީ އެއްފަހަރުއެވެ. މިނޫހުގެ ފޭސްބުކް ޕޭޖަށް ލައިކް ކުރައްވާފައި ނުވާ ފަރާތްތަކުން ޕޯލްއަށް ވާސިލްވޭނީ، މިނޫހުގެ ފޭސްބުކް ޕޭޖަށް ލައިކް ކުރެއްވުމުންނެވެ.

މަޖިލިސް ޕޯލްގެ އެޑްރެހަކީ: www.ihavandhoo.com/poll އެވެ. ކޮންމެ ބޭފުޅަކަށްވެސް މިޕޯލްއަށް ސިއްރުވޯޓެއްލުމަށް ލިބިފައިވާ ފުރުސަތުގެ ބޭނުންހިފާނެކަމަށް އުއްމީދުކުރަމެވެ.

 

[BOTTOM CONTENT BANNER]
މަޖިލިސް އިންތިޚާބު 2014

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ވޯޓު 3

– 17 މާރިޗު 2014 0

ތައުލީމީ ގާބިލް ބޭފުޅެއް..3

– 18 މާރިޗު 2014 0

ކޮބާ ޕޯލް މުއްދަތު ހަމަ ވަނީ ކޮން ިރަކުން ތޯ؟

– 20 މާރިޗު 2014 0

ޕޯލް ނިމުނީދޯ؟ ކީއްވެ ކްލޯޒް ކޮށްފަ ރިޒަލްޓް ނުނެރުނީ؟ ަްައަދިވެސް ވޯޓް ދެވޭ..

– 21 މާރިޗު 2014 0