ފަތަން ދަސްކޮށްދޭ ޕްރޮގްރާމް ފަށައިފި

26 މާރިޗު 2014 7

ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމުގެ ތެރެއިން. ފޮޓޯ: ނަޝީދު

އިހަވަންދޫ މަދަރުސާއާއި އިހަވަންދޫ ޕޮލިސް ސްޓޭޝަން ގުޅިގެން މަދަރުސާގެ ދަރިވަރުންނަށް ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް ފަށައިގެން ކުރިއަށް އެބަގެންދެއެވެ.

މިހަފުތާގެ ހޯމަދުވަހު ފެށި މިޕްރޮގްރާމުގައި މިފަހަރު ފުރުސަތުދީފައިވަނީ އިހަވަންދޫ މަދަރުސާގެ ގްރޭޑް 3 ގެ ދަރިވަރުންނަށެވެ. ޖުމްލަ 50 އަށް ވުރެ ގިނަ ދަރިވަރުން ބައިވެރިވި މި ޕްރޮގްރާމް އަންނަ ހޮނިހިރު ދުވަހުގެ ނިލަޔަށް ކޮންމެ ދުވަހަކުވެސް ހެނދުނު 6:15 ން 8:30 ކުރިއަށްދާނެކަމަށާއި މިޑްޓާމް ބަންދުނިމި ކިޔެވުން ފެށުމަށްފަހު ހަފްތާ ބަންދުގައި މިޕްރޮގްރާމް ކުރިއަށް ގެންދާގޮތަށް ހަމަޖެހިފައިވާކަމަށް މިޕްރޮގްރާމުގައި މަދަރުސާގެ ފަރާތުން އިސްކޮށް ހަރަކާތްތެރިވާ މުދައްރިސަކު މައުލޫމާތު ދިނެވެ.

މިޕްރޮގްރާމުގައި ދަރިވަރުންނަށް އިރުޝާދުދެނީ އިހަވަންދޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުންނާއި މަދަރުސާގެ މުދައްރިސުންނެވެ.

އިހަވަންދޫ މަދަރުސާ, އިހަވަންދޫ ޕޮލިސް ސްޓޭޝަން

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ރަށްވެހި މަގު އުތުރު ފަރާތު މޫދުގަ މިކަން ހިނގަނި... ލިޔުންތެރިޔާ ހަނދާން ނެތުނީހެން ހީވާތީ ކިޔުންތެރިންގެ ސަމާލުކަމަށް ބުނެލި.

– 26 މާރިޗު 2014 0

އިހަވަންދޫ މަދަރުސާގެ ގިނަ އަންހެން މުދައްރިސުންނަށް މިކަހަލަ ޕްރޮގްރާމެއް ހިންގަން ފެނޭ... ސްކައުޓް ފަދަ މުހިއްމު ހަރަކާތުގައި މިހާރު ޢިސްކޮށް ހަރަކާތްތެރިވާ އެސްވެސް އަންހެން ފަރާތަކަށް ފަތަން އިނގޭނެ ކަމާމެދު ސުވާލު އުފެދޭ...

– 26 މާރިޗު 2014 0

ފުރަތަމަ ފުލުހުން ފަތަން ދަސްކުރޭ. އެއައްފަހު ރަށުގެމަގުތަކުގާ ކުރާނެ އެއްވެސް ކަމެއް ނެތިފާތިބޭ ޒުވާނުންނަށް ފަތަން ދަސްކޮއްދީ.ލޮލް

– 26 މާރިޗު 2014 1

އިހަވަންދޫ މަދަރުސާއަކީ ރައީސް މައުމޫނުގެ ސަރުކާރާސް ތާއިދު ކުރާ ކޮންމެ ކުއްޖަކީ ފަތަން ދަންނަ ކުއްޖަކަށް ވުމަށް ބޭނުންވާ މަދަުސާއެއް ދޯ؟

– 26 މާރިޗު 2014 0

ޢިލްމު އުންގަންނާދެނީ މުދައްރިސުން. ކުދިންގެ ތަރުބިއްޔަތުގެ ބޮޑު ބައެއް ހިއްސާކުރަނީ މުދައްރިސުން. ކުދިންނަށް އިތުރު ހަރަކާތްތައް ހިންގާދެނީވެސް މުދައްރިސުން. ފަތަން ދަސްކޮށްދެނީވެސް މުދައްރިސުން. މީހުން މީހުންނަށް ހަދަނީވެސް މުދައްރިސުން. އެކަމަކު، މަށަށް މިކަން އެނގުނަސް ސަރުކާރުގަ މިތިބަ އިސްމީހުންނަށް މިކަން ނޭނގޭތީ މަ އަޖާބުވަނީ.

– 26 މާރިޗު 2014 0

އަޅެފަހެ ޖީއެސްޓީ ނަގާތަ ފަތަން ދަސްކޮށްދެތީ.ދެންހަމަ ނޭގޭނެތާ ވޯޓްދޭށޭ ކިޔާ ހާދަލާރިއެއް ބަހާލިއޭ ސަރުކާރުގެ ބަޖެޓްގާ ނޯނާނެ މިހާރު ކާށިމެޓައެއް ގަނެލެވޭނޭ ވަރުވެސް އެހެންވީމާ ސަރުކާރުން ފުލުހުންނަށް އަންގާވެސްފާނެންނު ލާރިއަށް ފަތަންދަސްކޮދޭށޭ ؛؛؛؛

– 26 މާރިޗު 2014 0

ދިވެހިރާއްްޖޭގެ ފުލުހުންގެ ވާހަަކަ ދެކެވޭއިރު، އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވޭ ދިވެހިރާއްޖޭގައި ފުލުހުން އުފެދުނީންސުރެ މިއަދާ ހަމައަށް މި ބޭނުންކުރެވެމުންދާ ނިޒާމަކީ ރަގަނޅު ނިޒާމެއް ނޫންކަން. އަދި މި ނިޒާމު މިއަދުގެ މުޖުތަމައަކަށް ނުފެތޭކަންވެސް ފާހަގަކޮށްލެވޭ.. ކުށެއްގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށް ޓެސްޓައް ހަދައި އޭގެ ނަތީޖާ ލިބޭއިރު ކިތައް ބޭފުޅުންނަށްތޯ ޤަބޫލުކުރެވެނީ އެއީ ފުރިހަމަ އިންސައްތަ ރަގަނޅު ނަތީޖާއެއްކަން. ފުލުހުން މިތެބެނީ ސަރުކާރުގެ ނުފޫޒާއި ބާރުވެތިކަމުގެ ދަށުގައި. ކަން މިހެން ހުރުމާއެކު ސަރުކާރުގެ ނުފޫޒާއި ބާރުވެތިކަމުގެ ބޭނުންހިފައި ކުށް ނުކުރާ މީހެއްގެ މައްޗަށް ކުށުގެ އަދަބު ދެވިދާނެ. މިއީ މިއަދު އަޅުގަނޑުމެން ވިސްނާލަން ވެއްޖެ ބޮޑު ކަމެެއް. ރާއްޖެ އަށް މިއަދު ބޭނުންވޭ ޕްރައިވެޓް އިންވެސްޓިގޭޓަރުން އަދި މުސްތަގިއްލު ފޮރެންސިކް ލެބެއް. އަދި އެތަނަކީ ރާއްޖޭގެ ޖަސްޓިސް ސިސްޓަމްގެ އެކުރި ފަރާތަކަށްވެހުރެ މިފަދަ ޓެސްޓްތައް އެންމެ ފުރިހަމަ އިތުބާރާއެކު ކުރެވޭނެ ތަނަކަށް ވާންޖެހޭ... މިފަދަ ކަންތައްތަކަށް ޤާނޫނެއް ހެދި އަމަލުކުރެވެން ފެށޭނެ ދުވަހަކަށް އިންތިޒާރުކުރެވޭ އަދި އުންމީދުވެސް ކުރެވޭ... ޝުކުރިޔާ..

– 26 މާރިޗު 2014 1