އިހަވަންދޫ އައިސްޕުލާންޓުގައި މީހަކު މަރާލާފައި އޮއްވާ ފެނިއްޖެ

އިހަވަންދޫ އައިސްޕުލާންޓުގައި މީހަކު މަރާލާފައި އޮއްވާ ފެނިއްޖެ އެވެ. މަރާލާފައި އޮއްވާ ފެނިފައި ވަނީ ޅ. ހިންނަވަރު އިސްމާއިލް (54). އެއީ އައިސް ޕުލާންޓުގެ މެކޭނިކް.

12:55
17 Jun 2017
އިސްމާއިލް އުމަރުގެ މަރުގެ މައްސަލާގައި އިތުރު 4 ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ. އެހެންކަމުން މިމައްސަލާގައި ޖުމުލަ 5 ބިދޭސީން މިވަނީ ހައްޔަރު ކޮށްފަ.
12:52
17 Jun 2017
12:51
17 Jun 2017
12:50
17 Jun 2017
މަރުހޫމު އިސްމާއިލް އުމަރުގެ ކަށުނަމާދު މިއަދު މެންދުރުނަމާދަށްފަހު މަސްޖިދުއްތައުބާގައި ކޮށްފި. މަރުހޫމުގެ ހަށިގަނޑު މިހާރު ވަނީ ސަހަރާއަށް ގެންގޮސްފަ.
08:15
17 Jun 2017
08:01
17 Jun 2017
އިސްމާއިލްގެ ހަށިގަނޑު އިހަވަންދޫ ސިއްހީމަރުކަޒުން ހެނދުނު 7:47 ގައި ގެންގޮއްސި. މައުލޫމާތު ލިބޭ ގޮތުގައި މަރުހޫމުގެ ހަށިގަނޑު ގެންގޮސްފައި ވަނީ ހިނެވުމަށްޓަކައި.
20:24
16 Jun 2017
އިސްމާއިލްގެ ހަށިގަނޑު އިހަވަންދޫ ސިއްހީމަރުކަޒަށް ގެނެސްފި.
20:19
16 Jun 2017

އިސްމާއިލް ގެ ހަށިގަނޑު އެމްބިއުލަންސަށް އަރުވަނީ

20:16
16 Jun 2017
އިހަވަންދޫ ސިއްހީމަރުކަޒުގެ އެމްބިއުލަންސް، އައިސްޕުލާންޓު ކައިރީ އެބައޮތް.
19:15
16 Jun 2017
އިސްމާއިލް އުމަރުގެ މަރުގެ މައްސަލާގައި ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި ކަމަށް ފުލުހުންގެ މީޑިއާ އޮފިސަރު މިނޫހަށް ކަށަވަރު ކޮށްދީފި. އިތުރު މަޢުލޫމާތު ފުލުހުން ހާމަ ނުކުރޭ.
19:08
16 Jun 2017
މިމަސްލައާއި ގުޅިގެން ބިދޭސީއަކު ހައްޔަރު ކޮށްފި ކަމަށް ޚަބަރު ލިބިއްޖެ. ފުލުހުން އަދި މިކަން ކަށަވަރުކޮށެއް ނުދޭ.
18:20
16 Jun 2017
އިސްމާއިލް އެންމެ ފަހުން ފެނިފައި ވަނީ ރޭ 2:00 ގައި ހާރުކާން ދިޔަ ގެއިން ކަމަށް މައުލޫމާތު ލިބޭ. އިސްމާއިލް މަރާލާފައި އޮއްވާ ފެނުނީ އައިސްޕުލާންޓުގެ ތެރޭގައި ހުންނަ ރެސްޓުރޫމުން.
18:12
16 Jun 2017
އިސްމާއިލް އަށް ބަޔަކު ފާރަލަމުންދާކަމަށް ބުނެފަ ވާކަމަށް އިސްމާއިލްގެ ރައްޓެއްސަކު ބުނެފި.
18:04
16 Jun 2017
މަރާލާފައި އޮއްވާ ފެނިފައި ވަނީ ޅ. ހިންނަވަރު އިސްމާއިލް އުމަރު (54). އެއީ އައިސް ޕުލާންޓުގެ މެކޭނިކް.
18:03
16 Jun 2017
ކުށުގެ ވެށިން ގިނަ އަދަދެއްގެ ލެޔާއި، މަރުވެފައިވާ މީހާގެ ހަށިގަނޑުން ވަޅީގެ ޒަހަމުތައް ފެންނަން ހުރި ކަމަށް މައުލޫމާތު ލިބޭ. އެމީހާގެ ހަށިގަނޑު އަދި ކުނި ނުވާ ކަމަށްވޭ.
17:57
16 Jun 2017
މުއުތަބަރު ފަރާތަކުން މައުލޫމާތު ލިބުނު ގޮތުގައި އެމީހާ އޮތީ މަރާލާފަ، އައިސްޕުލާންޓުގައި ލޭހުރި ކަމަށާއި، އެމީހާ އޮތީ މަރާލުމަށްފަހު ދަމާފަ ގެންގޮސް ބަރަހަނާކޮށްފައި ކަމަށް މައުލޫމާތު ލިބޭ.
17:53
16 Jun 2017
17:51
16 Jun 2017
މަރުވެފައި ވަނީ އައިސްޕުލާންޓު ހިންގުމާ ހަވާލުވެ ހުރި މީހާ ކަމަށާއި އެއީ ޅ. ހިންނަވަރު މީހެއް ކަމަށް މަޢުލޫމާތު ލިބިއްޖެ.
17:50
16 Jun 2017
ފުލުހުންގެ މީޑިއާ އޮފިސަރު މިނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އިހަވަންދޫ އައިސްޕުލާންޓު ނުހުޅުވިގެން މިއަދު ހަވީރު 4:15 ގައި އައިސްޕުލާންޓުން ފުލުހުންނަށް ރިޕޯޓު ކުރުމާ ގުޅިގެން. ފުލުހުން ގޮސް އެތަން ހުޅުވާ ބެލިއިރު، ޒަހަމުތަކަކާއި އެކު މަރުވެފައިވާ މީހަކު ފެނިފައިވާ ކަމަށެވެ. މިމައްސަލަ މިހާރު ފުލުހުން ތަހުގީގު ކުރަމުންދާތީ އިތުރު ތަފްސީލު ދެވެން ނެތް ކަމަށް މީޑިއާ އޮފިސަރ ވިދާޅުވިއެވެ.
އިތުރަށް ލޯޑުކުރަށްވާ »

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

Innaalillah wa innaa ilaihi raajioon

– 16 ޖޫން 2017 0

ވަރަށް ބޮޑަށް ހިތާމަކުރުން․ <br>"ޝިފާޢު"

– 16 ޖޫން 2017 0