ވަޅެއްގެ ތެރޭގައި ނިޔާވެފައި އޮއްވާ ޢަބުދުﷲ އަބޫބަކުރު ފެނިއްޖެ.

އިއްޔެ ހަވީރުން ފެށިގެން ގެއްލިގެން ހޯދަމުންދާ އިހަވަންދޫ، ގުލްޒާރުގެ ޢަބުދުﷲ އަބޫބަކުރު ފެންވަޅެއްގެ ތެރޭގައި ނިޔާވެފައި އޮއްވާ ފެނިއްޖެ އެވެ. ޢަބުދުﷲ އަބޫބަކުރު ފެނުނީ މިއަދު ހެނދުނުއެވެ.

15:14
18 Sep 2014

ވަޅު ހުރި ގޭ

15:14
18 Sep 2014

ކުޅިމަގުން އަރައިގެން ރަށުތެރެއަށް ދިޔަކަމަށް ބެލެވެނީ މިފެންނަ ގޭގެ ކަނާްތްފަރާތުގަ އިން މަގުން

އަބުދުﷲގެ ހަށިގަނޑު ފެނިފައި ވަނީ މިމަގުގައި 3 ވަނައަށް ހުރިގޭގެ ތެރޭގަހުރި ވަޅަކުން، މިމަގުން ލަނބާލެވެން އޮންނަނީ މިގޭ ކައިރިން.

ބޮޑަށް ބެލެވެނީ ޢަބުދުﷲ ގޮނޑުދޮށްދަށުން ހިނގަމުން އައިސް ރަށުތެރެއަށް އަރާފައި ވަނީ ކުޅިމަގުން ކަމަށް، ގިނަބަޔަކަށް ބޮޑަށް ބުރަވެވެނީ ކުޅިމަގުން އަރައިގެން ތައުބާ މިސްކިތަށް މަޤުރިބް ނަމާދަށް ދިޔަމަގުމަތީ މަގުއޮޅިގެން އެގެވަޅަށް ވަދެވުނީ ކަމަށް، ޢަބުދުﷲ ވެއްޓުނު ވަޅު ހުރީ ބިމާ ހަމަހަމަ އަށްކަމަށްވޭ، އަދިވެސް އެސަރަހައްދު ފުލުހުންވަނީ ބަންދުކޮށްފަ.
15:05
18 Sep 2014
ކަށުނަމާދަށްފަހު ސަންދޯއް އެމްބިއުލަންސަށް އެރުވުމަށް ގެންދަނީ
15:04
18 Sep 2014
މަރުހޫމު އަބުދުﷲ އަބޫބަކުރު ވަޅުލައިފި.
13:39
18 Sep 2014
މަރުހޫމުގެ ކަށުނަމާދު އޮންނާނީ މެންދުރުފަހު 2:00 ގައި މަސްޖިދުއްް ތަޢުބާގައި ކަމަށް ކައުންސިލުން އިޢުލާނުކޮށްފި.
13:12
18 Sep 2014
މަރުހޫމު އަބުދުﷲ އަބޫބަކުރުގެ މޫނު ދެއްކުން މިހާރު ގުލްޒާރުގޭގައި ކުރިއަށް އެބަދޭ. ވަޅުލަން ހަމަޖެހިފައިވާގަޑި އަދި ނޭނގޭ.
12:35
18 Sep 2014
އަބުދުﷲ އަބޫބަކުރު ވަޅުލުމަށްޓަކައި ސަހަރާގައި ވަޅު ކޮނުމުގެ މަސައްކަތް ކުރަމުން ދަނީ
12:26
18 Sep 2014
މަރުހޫމު އަބުދުﷲ އަބޫބަކުރު ގެ ހަށިގަނޑު ފެނުނު ސަރަހައްދު ރަތްކުލައިގެ ބޮޅަކުން ދައްކާފައި. މިއީ އަލަށް ހަދަމުންދާ ގެއެއް، ގޭގެ މަސައްކަތް ނުކުރާތާ ގިނަ ދުވަސްތަކެއް ވެފައިވާކަމަށް ބެލެވޭ.
12:18
18 Sep 2014
ޢަބްދުﷲ އަބޫބަކުރު ވަޅުލުމަށްޓަކައި ތައްޔާރުވަމުންދާއިރު އޭނާ ފެނުނު ވަޅު ހުރި އިމާރާތް އަދިވެސް ވަނީ ފުލުހުން ބަންދުކޮށްފަ. ފުލުހުންގެ ފޮރިންސިކު ޓީމުވެސް އެސަރަހައްދުބަލާ ފައިވޭ. މިހާތަނަށް ބެލި ބެލުމުން ޢަބްދުﷲ އަބޫބަކުރުގެ ހަށިގަނޑުގެ ބޭރުފުށުން އެއްވެސް އަނިޔާއެއް ވެފައިވާކަމަށް ފާހަގަ ކުރެވިފަ ނުވާ ކަމަށް ފުލުހުން ބުނެފި. އަދި މިމައްސަލަ އިހަވަންދޫ ޕޮލިސް ސްޓޭޝަނުން ގެންދަނީ އިތުރަށް ތަޙުޤީޤު ކުރަމުން ކަމަށްވެސް ފުލުުުހުން ބުނޭ.
12:16
18 Sep 2014
މަރުހޫމު އަބުދުﷲ އަބޫބަކުރު ގެ ހަށިގަނޑު 10:40 ހުގައި ވަނީ އާއިލާއާއި ހަވާލުކޮށްފައި ކަމަށް އިހަވަންދޫ ސިއްހީމަރުކަޒު ވަގުތީގޮތުން ހިންގުމާއި ހަވާލުވެހުންނެވި ކޭޝިއަރު އަހުމަދު އުބައިދުﷲ މައުލޫމާތު ދެއްވައިފި.
10:28
18 Sep 2014
މަރުހޫމު އަބުދުﷲ އަބޫބަކުރު ހޯދުމަށް ކައުންސިލުން ގޮވާލި ގޮވާލުމަށް ރައްޔިތުންގެ ފަރާތުން ލިބުނު ފުރިހަމަ އެއްބާރުލުން ފާހަގަ ކުރައްވައި ކައުންސިލްގެ ރައީސް މުޙައްމަދު އާސިފު ރައްޔިތުންނަށް ޝުކުރު ދަންނަވައިފި.
10:24
18 Sep 2014
ފޮރިންސިކް ޓީމުގެ މަސައްކަތް ނިންމާލައިފި. މައްޔިތާ ސިއްހީމަރުކަޒުން ނެރުމުގެ މަސައްކަތް ފަށައިފި
10:07
18 Sep 2014
10:05
18 Sep 2014
ފުލުހުންގެ ފޮރިންސިކް ޓީމުގެ ބޭފުޅުން މިހާރު ދަނީ މައްޔިތާގެ ހަށިގަނޑުކާރީ ހަރަކާތްތެރިވަމުން. ފޮރިންސިކު ޓީމަށް ރަށުން ބޭރުން ވަޑައިގަތީ 2 ބޭފުޅުން.
09:21
18 Sep 2014
ޢަބުދުﷲ އަބޫބަކުރުގެ ހަށިގަނޑު ފެނުނު ސަރަހައްދު، އަދި އޭނާގެ ހަށިގަނޑު ނެރެގެން ގެންދަނީ.
08:19
18 Sep 2014
ފުލުހުންގެ ފޮރިންސިކް ޓީމަށް އިހަވަންދޫއަށް އާދެވޭނީ 9 ޖަހާއިރުކަމަށް މައުލޫމާތުލިބޭ. މަރުޙޫމްގެ ހަށިގަނޑު އާއިލާއާ ހަވާލުކުރާނީ ފުލުހުންގެ ފޮރިންސިކު ޓީމުން ބެލުމަށްފަހު.
08:17
18 Sep 2014
ޢަބްދުﷲ އަބޫބަކުރުގެ ހަށިގަނޑު އަދިވެސް އޮތީ އިހަވަންދޫ ޞިއްޙީ މަރުކަޒުގަ. މައްޔިތާ ހިނެވުމުގެ މަސައްކަތް ނުފަށާ މަޑުކުރަނީ ފުލުހުންގެ ފޮރިންސިކް ޓީމް އަންނަންދެން.
07:15
18 Sep 2014
ރޭ ޢަބުދުﷲ އަބޫބަކުރު ހޯދުމުގެ މަސައްކަތުގައި ސުކޫލުގެ ގިނައަދަދެއްގެ މަތީ ކުލާސްތަކުގެ ދަރިވަރުންނާއި ސުކޫލުގެ މުވައްޒަފުން ނުނިދާ ހަރަކާތްތެރިވެފައިވާތީ މިއަދު އިހަވަންދޫ މަދަރުސާގައި ކިޔެވުން ކުރިއަށްގެންދާނީ އިންޓަރވަލް ގަޑިއަާ ހަމައަށް (ހެނދުނު 9:10 )ކަމަށް އިހަވަންދޫ މަދަރުސާގެ ޕުރިންސިޕަލް ދެންމެ ވިދާޅުވެއްޖެ.
07:03
18 Sep 2014

ޢަބުދުﷲ އަބޫބަކުރުގެ ހަށިގަނޑު އެމްބިއުލަންސަށް އަރުވަން ގެންދަނީ. ފޮޓޯ: ވަގުތު

ޢަބުދުﷲ އަބޫބަކުރު ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވި އެންމެހާ ރައްޔިތު ބޭފުޅުންނަށް އިހަވަންދޫ ކައުންސިލުން ޝުކުރުއަދާކޮށްފި.
އިތުރަށް ލޯޑުކުރަށްވާ »

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

70 އަހަރަށްވުރެ ދޮށީ މީހެއް އެކަނި ދޫކޮށްލާފަ. ފަތިހުވެސް ގޮނޑުދަށުގަ ހިނގާ. އެހެންވީމާ މީ އިހުމާލެއް ނޫންތޯ؟

– 17 ސެޕްޓެމްބަރު 2014 5

އިރާދުކުރެއްވިއްޔާ އެބޭބެ ވަރަށް އަވަހަށް ސަލާމަތުން ފެންނާނެ.

– 17 ސެޕްޓެމްބަރު 2014 0

ޢިރާދަކުރެއްވިޔާ އަވަހަށް، ހެޔޮ ހާލުގައި އަބްދުﷲ ފެންނާނެ...

– 18 ސެޕްޓެމްބަރު 2014 0

އާމީން

– 18 ސެޕްޓެމްބަރު 2014 0

ވަރަށް ހިތާމަހުރި.. އާއިލާއަށް ކެތްތެރިކަން ދެއްވުން އެދެން.. އަބްދުﷲ ބޭގެ ފުރާނައަށް ހެޔޮ ރަހްމަތް ލައްވާ، ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރުކޮށްދެއްވުމަށް އެދެން.. އިހަވަންދޫގެ ލޮބުިވެތި ރައްޔިތުން ތިދައްކަވައިދެންވި އެއްބައިވަންތަކަމާއި އަހުވަންތަކަމަށް ޝުކުރުވެރިވަން.

– 18 ސެޕްޓެމްބަރު 2014 0

އަޅުގަނޑުމެން އަޅުގަނޑުމެންގެ ކާފައިން އަދި މާމައިން އެކަނި ދޫކޮށްނުލަމާ

– 18 ސެޕްޓެމްބަރު 2014 0

އިހަވަންދޫ ސިއްހީމަރުކަޒު ވަގުތީގޮތުން ހިންގުމާއި ހަވާލުވެހުންނެވި ކޭޝިއަރު އަހުމަދު އުބައިދުﷲ މައުލޫމާތު ދެއްވައިފި... މި ގޮތަށް މިޖުމްލަގެނައުމަކީ ނޫސްވެރިކަމުގެ ޒިންމާދާރުކަން ކުޑަގޮތަށް ގެނެސްފައިވާ ޖުމްލައެއް!!! އެއީ "ކޭޝިއަރު" މި ޢިބާރާތަކީ މީހެއްގެ ނަމުގެ ކުރިއަށް ގެނައުން އެންމެ އެކަށީގެންވާ ޢިބާރާތާކަށް ނުވާތީ؟؟؟؟

– 18 ސެޕްޓެމްބަރު 2014 1