ފުލްޓައިމް: މާރަންދޫ ޒުވާނުންގެ ޖަމްޢިއްޔާ 2 - 1 އެންވީކޭ ދަ ކިންގް

25 ޑިސެމްބަރު 2014 0

މިއީ ކުއާޓަރ ފައިނަލްގެ 3 ވަނަ މެޗުގައި މާރަންދޫ ޒުވާނުންގެ ޖަމްއިއްޔާ އަދި އެންވީކޭ ދަ ކިންގް ބައްދަލްކުރާ މެޗުގެ ލައިވް ކަވަރޭޖް ގެނެސްދިނުމަށް ހާއްސަކުރެވިފައިވާ ސަފުހާއެއް.

17:54
25 Dec 2014
މުބާރާތުގެ 4 ވަނަ ކުއާޓަރ ފައިނަލްގައި މިރޭ ބައްދަލްކުރާނީ އެންވީކޭ އަދި ނިކަ ޗެއިން. މެޗު ފަށާނީ މިރޭ 8:00 ގައި.
17:53
25 Dec 2014
މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ މާރަންދޫ ޒުވާނުންގެ ޖަމްޢިއްޔާގެ ޖާޒީ ނަމްބަރ 88، ސިޔާމް.
17:52
25 Dec 2014
27 ވަނަ ދުވަހު ހަވީރު ކުޅޭ ސެމީ ފައިނަލް މެޗުގައި ބައްދަލްކުރާނީ މާރަންދޫ ޒުވާނުންގެ ޖަމްޢިއްޔާ އަދި ހޯރަފުށި ހައިޑްސް ފުޓްބޯޅަ ޓީމް.
17:50
25 Dec 2014
މެޗު ނިމިއްޖެ.
17:48
25 Dec 2014
މާރަންދޫ ކީޕަރަށް އަނިޔާވެގެން ކުޅުން މެދު ކެނޑިފަ.
17:46
25 Dec 2014
އެންވީކޭ ދަ ކިންގް ގެ ކެޕްޓަން ނިޒާމް ގަސްތުގަ ބޯޅައިގަ އަތްލައިގެން ރީނދޫ ކާޑެއް ދައްކައިފި.
17:45
25 Dec 2014
ދެވަނަ ހާފުގެ ވަގުތު ހަމަވެގެން އިތުރު ވަގުތު 3 މިނެޓް ދައްކައިފި.
17:44
25 Dec 2014
މާރަންދޫގެ 17 ނަމްބަރ ބާލައިފަ 11 ނަމްބަރ އަރުވައިފި.
17:44
25 Dec 2014
16 ނަމްބަރ އަޙްމަދު ރަމީޒް ފޮނުވާލި ހިލޭ ޖެހުން ކިޕަރު އަތްމަތިން ގޮސް ގޯލްކަނަށް ވަނީ.
17:43
25 Dec 2014
މާރަންދޫ ގޯލް ޖަހައިފި.
17:41
25 Dec 2014
މެޗު އެއްވަރުވެއްޖެނަމަ ނަތީޖާ ނެރުމަށް 15 މިނެޓްގެ އިތުރު ދެހާފު ކުޅޭނެ.
17:39
25 Dec 2014
ދެވަނަ ހާފުގެ 33 މިނެޓް ކުޅެވިފަ. މާރަންދޫ ޒުވާނުންގެ ޖަމްޢިއްޔާ 1. އެންވީކޭ ދަ ކިންގް 1.
17:38
25 Dec 2014
އެންވީކޭ ދަ ކިންގް ކުޅުންތެރިންގެ ފަރާތުން ވަރަށް ބޮޑަށް ވަރުބަލިކަން ފެނޭބަ.
17:34
25 Dec 2014
މާރަންދޫން ބަދަލެއް. 14 ނަމްބަރ އާދަމް ރިޟްވާންގެ ބަދަލުގަ 22 ނަމްބަރ އަޙްމަދު މުޙައްމަދު ކުޅެން އެރީ.
17:31
25 Dec 2014
މިމެޗގެ 2 ވަނަ ހާފުގައި މާރަންދޫއަށް ލަނޑުޖަހާނެ ގިނަ ފުރުސުތުތަކެއް ލިބުނު.
17:30
25 Dec 2014
ޝާން ކުޅެއް އަރައިފި.
17:29
25 Dec 2014
އެންވީކޭ ދަ ކިންގް މިހާރު ކުޅެމުންދަނީ 2 ކުޅުންތެރިން މަދުކޮށް.
17:28
25 Dec 2014
ޝާން އަށް އަނިޔާވެގެން ދަނޑުން ބާލައިފި.
17:27
25 Dec 2014
ދެވަނަ ހާފުގެ 21 މިނެޓް ކުޅެވިފަ. މާރަންދޫ ޒުވާނުންގެ ޖަމްޢިއްޔާ 1. އެންވީކޭ ދަ ކިންގް 1.
އިތުރަށް ލޯޑުކުރަށްވާ »
މައިކަޕް 2014

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ