މައިކަޕް 2014: މާރަންދޫ ޒުވާނުންގެ ޖަމްޢިއްޔާއިން ޗެމްޕިއަންކަން ހޯދައިފި

29 ޑިސެމްބަރު 2014 1

މައިކަޕް 8 ވަނަ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން މާރަންދޫ ޒުވާނުންގެ ޖަމްޢިއްޔާއިން ހޯދައިފިއެވެ. މުބާރާތުގެ ޗެމްޕިއަންކަން މާރަންދޫ ޒުވާނުންގެ ޖަމްޢިއްޔާ ހޯދީ މިރޭ ކުޅެވުނު ފައިނަލް މެޗުގައި 2-1 ން ސެންސިޓީ ބަލިކޮށްގެންނެވެ. މެޗުގެ ދެވަނަ ހާފުގެ 1 ވަނަ މިނެޓުގައި ފުރަތަމަ ލީޑުނެގީ ސެން ސިޓީންނެވެ. މިލަނޑު ސެންސިޓީއަށް ކާމިޔާބުކޮށްދިނީ ޢާދިލް އެވެ. ނަމަވެސް ދެވަނަ ހާފުގެ 18 ވަނަ މިނެޓުގައި މަރަންދޫގެ އާދަމް ރިޟްވާންވަނީ ލަނޑެއްޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. މެޗުން މާރަންދޫ މޮޅުކޮށްދިން ގޯލް ޖަހައިދިނީ ދެވަނަ ހާފުގެ 27 ވަނަ މިނެޓުގައި އެޓީމުގެ ޙުސައިން ސިޔާމް އެވެ.

23:40
29 Dec 2014

މާރަންދޫގެ ޓީމުގައި މުހިއްމު ދައުރެއް އަދާކުރި ހުސައިން ސިޔާމް. މުބާރާތުގެ އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިންގެތެރޭ ހިމެނޭ.

23:23
29 Dec 2014

ފެއާރޕްލޭ ޓީމް ސެން ސިޓީއަށް ޓްރޮފީ ހަވާލުކޮށްދެއްވަނީ.

23:21
29 Dec 2014

މުބާރާތުގެ އެންމެ މޮޅު ކީޕަރ މާރަންދޫު ޒުވާނުންގެ ޖަމްޢިއްޔާގެ ފާޔާޒް.

23:18
29 Dec 2014
އިނާމު ދިނުމުގެ ރަސްމިއްޔާތު ނމިއްޖެ.
23:18
29 Dec 2014

އެންމެ މޮޅު މިޑްފީލްޑަރ އެންވީކޭގެ އަޙްމަދު ޝަބީން.

23:16
29 Dec 2014

މުބާރާތުގެ އެންމެ މޮޅު ފޯވާޑް ސެން ސިޓީގެ އިޝާން އަށް ޓްރޮފީ ހަވާލުކުރަނީ.

23:10
29 Dec 2014
މުބާރާތުގެ ޗެމްޕިއަން ޓީމަށް ރަން މެޑެލްގެ އިތުރުން 35000 (ތިރީސް ފަސްހާސް) ރުފިޔާ ހުށައަލާފައިވޭ.
23:09
29 Dec 2014
މުބާރާތުގެ ޗެމްޕިއަން ޓީމް: މާރަންދޫ ޒުވާނުންގެ ޖަމްޢިއްޔާ
23:09
29 Dec 2014
މުބާރާތުގެ ރަނަރަޕް ޓީމަށް ރިހިމެޑަލް އަދި 15000 (ފަނަރަ ހާސް) ރުފިޔާ ހުށައަޅާފައިވޭ.
23:07
29 Dec 2014
ރަނަރަޕް ޓީމް: ސެން ސެޓީ.
23:06
29 Dec 2014
ފެއަރޕްލޭ ޓީމް: ސެން ސިޓީ
23:04
29 Dec 2014
މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ: މަޢުރޫފް ޙުސައިން (ސެން ސިޓީ)
23:04
29 Dec 2014
އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިޔާ: މަޢުރޫފް ޙުސައިން (ސެން ސިޓީ)، ޙުސައިން ސިޔާމް (މާރަންދޫ ޒުވާނުންގެ ޖަމްޢިއްޔާ) އަދި އާދަމް ރިޟްވާން (މާރަންދޫ ޒުވާނުންގެ ޖަމްޢިއްޔާ)
23:03
29 Dec 2014
އެންމެ މޮޅު ގޯލްކީޕަރ: ޙުސައިން ފަޔާޒު (މާރަންދޫ ޒުވާނުންގެ ޖަމްޢިއްޔާ)
23:02
29 Dec 2014
ޓީމަށް އެންމެ ފައިދާ ހޯދައިދިން ކޯޗް: ޙުސައިން ނާޞިރު (މާރަންދޫ ޒުވާނުންގެ ޖަމްޢިއްޔާ)
23:01
29 Dec 2014
އެންމެ މޮޅު ފޯވާޑް: މުޙައްމަދު އިޝާން (ސެން ސިޓީ)
23:00
29 Dec 2014
އެންމެ މޮޅު މިޑްފީލްޑަރ: އަޙްމަދު ޝަބީން (އެންވީކޭ)
22:59
29 Dec 2014
އެންމެ މޮޅު ޑިފެންސް: ހަސަން ސަމީރު (ސެން ސިޓީ)
22:59
29 Dec 2014
19 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔާ: އިބްރާހީމް މާޖިދު (ކުޅިމަގު ނިއު ޖެނެރޭޝަން)
22:58
29 Dec 2014
އުއްމީދީ ކުޅުންތެރިޔާ: ނިކަ ޗެއިންގެ އަޙްމަދު ޝަހުދު
22:58
29 Dec 2014
ފެއާރޕްލޭ ކުޅުންތެރިޔާ: ސެން ސިޓީގެ ހުސައިން ޝަރީފް
22:57
29 Dec 2014
ފައިނަލް މެޗުގެ މޭން އޮފްދަ މެޗް: މާރަންދޫ ޒުވާނުންގެ ޖަމިއްޔާގެ ޙުސައިން ސިޔާމް
22:57
29 Dec 2014
މުބާރާތުގެ މަޤާމުތަކަށް ހޮވިފައިވާ ފަރާތްތަކަށް ޓްރޮފީ އަދި ހަނދާނީ ލިޔުން ދިނުން.
22:56
29 Dec 2014
މިހާރު ކުރިޔަށްދަނީ މުބާރާތުގެ ހާއްސަވަނަތަކަށް އިނާމުދިނުން.
22:56
29 Dec 2014
މެމްބަރު މުޙައްމަދު ޢަބްދުﷲ ގެ ވާހަކުފުޅުގެ ނިންމަވައިލައްވައިފި.
22:53
29 Dec 2014
2015 ވަނަ އަހަރު މައިކަޕް ޗެމްޕިއަން ޓީމަށް 50000 (ފަންސާސް ހާސް) ރުފިޔާ ދޭނަން: މެމްބަރ މުޙައްމަދު ޢަބްދުﷲ
22:52
29 Dec 2014
2015 ފަނަ އަހަރު ޓާފު ދަނޑެއްގައި މައިކަޕް ކުޅެވިގެންދާނެ ކަމަށް އުއްމީދުކުރަން: މުޙައްމަދު ޢަބްދުﷲ
22:50
29 Dec 2014
މިހާރު ކުރިޔަށްދަނީ މުބާރާތުގެ ބާނީ އިހަވަންދޫ ދާއިރާގެ ޢިއްޒަތްތެރި މެމްބަރ އަލްފާޟިލް މުޙައްމަދު ޢަބްދުﷲ ގެ ވާހަކަފުޅު ދެއްކެވުން.
22:49
29 Dec 2014
ޝަރަފުވެރި މެހެމާންގެ ވާހަކަފުޅު ނިމިއްޖެ.
22:45
29 Dec 2014
މިހާރު ކުރިޔަށްދަނީ ޝަރަފުވެރި މެހެމާންގެ ވާހަކަފުޅު ދައްކުން.
22:39
29 Dec 2014
މިހާރު ކުރިޔަށްދަނީ މުބާރާތުގައި ބައިވެރިވި ޓީމުތަކަށް ހަނދާނީލިޔުން ދިނުން.
22:37
29 Dec 2014
މިހާރު ކުރިޔަށްދަނީ ރެފްރީން އަދި ފަނޑިޔާރުންނަށް ހަނދާނީ ލިޔުން ދިނުން. ހަނދާނީ ލިޔުން ހަވާލުކޮށްދެއްވަނީ އިހަވަންދޫ ކައުންސިލްގެ ރައީސް އަލްފާޟިލް މުޙައްމަދު އާސިފް.
22:34
29 Dec 2014

މެޗު ނިމުމުން މާރަންދޫ ކުޅުންތެރިންނާއި ސަޕޯޓަރުން އުފާފާޅުކުރަނީ.

މެޗު ނިމުމުން މާރަންދޫ ކުޅުންތެރިންނާއި ސަޕޯޓަރުން އުފާފާޅުކުރަނީ.

22:33
29 Dec 2014
ހަނދާނީ ލިޔުން ހާވާލުކޮށްދެއްވަނީ މުބާރާތުގެ ބާނީ އިހަވަންދޫ ދާއިރާގެ ޢިއްޒަތްތެރި މެމްބަރ އަލްފާޟިލް މުޙައްމަދު ޢަބްދުﷲ.
22:32
29 Dec 2014
މިހާރު ކުރިޔަށްދަނީ މުބާރާތް ކުރިޔަށް ގެންދިޔުމުގައި އެހީތެރިވެދިން ފަރާތްތަކަށް ހަނދާނީ ލިޔުން ދިނުން.
22:30
29 Dec 2014
މުބާރާތުގެ އިނާމު ދިނުމުގެ ރަސަމިއްޔާތު ފެށިއްޖެ.
22:29
29 Dec 2014
ވާދަވެރި ކުޅުމަކަށްފަހު މުބާރާތުގެ ޗެމްޕިއަންކަން ހޯދީ މާރަންދޫ ޒުވާނުންގެ ޖަމްޢިއްޔާ.
މައިކަޕް 2014

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

މަރުހަބާ މާރަންދޫ ޒުވާނުންގެ ޖަމްޢިއްޔާ!

– 30 ޑިސެމްބަރު 2014 0