މައި ކަޕް 2014: ގުރުލުމުގެ ރަސްމިއްޔާތު ވަގުތުން

މިލައިވް ކަވަރޭޖަކީ 8 ވަނަ މައި ކަޕް ފުޓްބޯޅަ މުބާރާތުގެ ގުރުލުމުގެ ރަސްމިއްޔާތު ވަގުތުން ގެނެސްދިނުމަށްޓަކައި ކުރިއަށް ގެންދާ ހާއްސަ ކަވަރޭޖެކެވެ.

21:26
13 Dec 2014
ގުރުލުމުގެ ރަސްމިއްޔާތު ނިމިއްޖެ.
21:20
13 Dec 2014
މުބާރާތުގެ އޯޕަނިންގް ސަރްމަނީ އޮންނާނީ 15 ޑިސިމްބަރ ވަނަ ދުވަހުގެރޭ 8:30 ގައި.
21:19
13 Dec 2014
މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ތުރާކުނު ޔަންގް ސްޓަރ އަދި ހޯރަފުށި ހައިޑްސް ފުޓްބޯޅަ ޓީމު.
21:17
13 Dec 2014
ގުރުލުން ކުރިއަށް ދިޔަ ގޮތަށް ބަލާލާއިރު "މަރުގެ" ގްރޫޕް ގެ ގޮތުގައި ފާހަގަ ކުރެވެނީ ގްރޫޕް 3. އެ ގްރޫޕްގައި ހިމެނެނީ މާރަންދޫ ޒުވާނުންގެ ޖަމްޢިއްޔާ، އެންވީކޭ، ޖަންގަލް ޑާކް ޕޮއިންޓް އަދި މާރަންދޫ ޔޫތު ސޮސައިޓީ.
21:15
13 Dec 2014
މިހާރު ކުރިއަށްދަނީ މުބާރާތުގެ ޝެޑިއުލް ޓީމުތަކާ ހަވާލުކުރުން.
21:14
13 Dec 2014
ގުރުލާ ނިމިއްޖެ.
21:13
13 Dec 2014
ނިކަ ޗޭން ދިޔައީ ގްރޫޕް 4 އަށް. އަދި ހުވަރަފުށީ ހައިޑްސް ފުޓްބޯޅަ ޓީމު ދިޔައީ ގްރޫޕް 1 އަށް.
21:11
13 Dec 2014
ގްރޫޕް 2 ގައި ހިމެނޭ ޓީމުތައް: ސެން ސިޓީ، އަރާދުވާ، ކުޅިމަގު އަދި ސެން ސިޓީ ހޯގޮވާ
21:10
13 Dec 2014
އަރާދުވާ ޓީމު ދިޔައީ ގްރޫޕް 2 އަށް.
21:10
13 Dec 2014
ގްރޫޕް 3 ގައި ހިމެނޭ ޖަންގަލް ޑާކް ޕޮއިންޓް އަދި މާރަންޑު ޒުވާނުންގެ ޖަމްޢިއްޔާއަކީ މިދިޔަ އަހަރުގެ ފައިނަލްގައި ކުޅުނު ދެ ޓީމު.
21:09
13 Dec 2014
އެފްސީ ބޮޑުމަގު ލައްވާލީ ގްރޫޕް 1 ގައި.
21:08
13 Dec 2014
އެން ވީކޭ ދަ ކިންގް ދިޔައީ ގްރޫޕް 4 އަށް.
21:08
13 Dec 2014
ގްރޫޕް 3 ގައި ހިމެނެނީ: މާރަންދޫ ޒުވާނުންގެ ޖަމްޢިއްޔާ، އެންވީކޭ، ޖަންގަލް ޑާކް ޕޮއިންޓް އަދި މާރަންދޫ ޔޫތު ސޮސައިޓީ.
21:07
13 Dec 2014
އެންވީކޭ ދިޔައީ ގްރޫޕް 3 އަށް.
21:06
13 Dec 2014
ކޭ.އެމް.ޖީ ނިވް ޖެނެރޭޝަން ދިޔައީ 4 ވަނަ ގްރޫޕަށް. އެ ގްރޫޕްގައި ހިމެނޭނީ 3 ޓީމުން.
21:05
13 Dec 2014
ކުޅިމަގު ޓީމުދިޔައީވެސް ގްރޫޕް 2 އަށް.
21:04
13 Dec 2014
ސެން ސިޓީ ހޯގޮވާވެސް ލައްވާލީ ގްރޫޕް 2 ގައި.
21:04
13 Dec 2014
ސެން ސިޓީ ދިޔައީ ގްރޫޕް 2 އަށް. މިދިޔަ އަހަރު ސެންސިޓީ ވަނީ ސެމީއަށް ދަތުރުކޮށްފަ.
21:03
13 Dec 2014
ތުރާކުނު ޔަންގް ސްޓަރ ދިޔައީ ގްރޫޕް 1 އަށް. އެ ގްރޫޕުގައި ދެން ހިމެނެނީ ޔުނައިޓެޑް ޔޫތު.
އިތުރަށް ލޯޑުކުރަށްވާ »
މައިކަޕް 2014

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ވަރައް ފުރިހަމަ ލައިވް ކުރުން

– 13 ޑިސެމްބަރު 2014 0

އެފް އޭ އެމްގައި ރަޖިސްޓްރީކޮށްގެން ހިންގާ މުބާރާތް ތަކުގައިވެސް ދީނާ ފުށު އަރާ ނަންތައް ޓީމުތަކަށް ކިޔޭތަ؟ މިބުނާ "ނަފްސު ވަޔަށް ކެހޭ" ޓީމަކަށް ކިޔާ ވާހަކަ․

– 13 ޑިސެމްބަރު 2014 0

ކީރިތި ޤުރުއާނުގައި ނަފްސުގެ މާނަ <br> <br>1- ރޫޙު (ފުރާނަ) – يَا أَيَّتُهَا النَّفْسُ الْمُطْمَئِنَّةُ “އޭ ހިތްހަމަޖެހިގެންވާ ނަފްސާއެވެ” މިތަނުގައި ނަފްސުގެ މާނައަކީ ރޫޙެވެ. ނުވަތަ ފުރާނައެވެ.

– 13 ޑިސެމްބަރު 2014 0

ކޮބާ ޝެޑިއުލް؟ އަތްމަތި އަވަސްކޮށްލާ․ ނޫހުގެ ކުދިންކޮޅަށް ޝުކުރިއްޔާ․

– 14 ޑިސެމްބަރު 2014 0

"ނަފުސް ވަޔަށް ކެހޭ" ކިޔާ ޓީމެއް މުބާރާތުގަ ބައިވެރިއެއް ނުވޭ!

– 14 ޑިސެމްބަރު 2014 0

ދެން އެން․ވީ․ކޭ ގެ ދިގު ގޮތަކީ ކޮބާ؟ ކިޔާ އަޑު އިވެނީ ނަފުސު ވަޔަށް ކެހޭ ވާހަކަ․ މިފަހަރު އަނެއްކާ އެބައޮތް ނަފުސު ވަޔަށް ކެހުމުގެ ރަސްގެފާނުވެސް․

– 15 ޑިސެމްބަރު 2014 0