ފުލްޓައިމް: ތުރާކުނު ޔަންގް ސްޓަރ 0 - 2 ހައިޑްސް ފުޓްބޯޅަ ޓީމް

ތުރާކުނު ޔަންގް ސްޓަރ އަދި ހޯރަފުށި ހައިޑްސް ބައްދަލުކުރި މެޗު 2 - 0 ން ކާމިޔާބުކުރީ ހައިޑްސް ފުޓްބޯޅަ ޓީމު. ހައިޑްސް ފުރަތަމަ ލަނޑުޖެހީ ފުރަތަމަ ހާފުގައި ލިބުނު ޕެނަލްޓީއަކުން. އެޓީމުގެ ދެވަނަ ލަނޑު ޖަހާފައިވަނީ މެޗުގެ ދެވަަނަ ހާފުގައި. މެޗުގެ މޮޅުކުޅުންތެރިއަކަށް ހޮވުނީ ހައިޑްސް ފުޓްބޯޅަ ޓީމުގެ ކެޕްޓަން، ޖާޒީ ނަމްބަރ 8 ޢަލީ އަބްރާރު.

23:15
15 Dec 2014
މުބާރާތުގެ ދެވަނަ މެޗުގައި މާދަމާ ހަވީރު ބައްދަލުކުރާނީ އަރާދުވާ އަދި ސެން ސިޓީ.
23:14
15 Dec 2014

މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދު ޢަލީ އަބްރާރު.

23:10
15 Dec 2014
މެޗުގެ މޮޅުކުޅުންތެރިއަކަށް ހޮވުނީ ހައިޑްސް ޓީމުގެ ކެޕްޓަން ޢަލީ އަބްރާރް.
23:09
15 Dec 2014
މެޗް ނިމިއްޖެ. 2 - 0 ން މެޗު ކާމިޔާބުކުރީ ހައިޑްސް ފުޓްބޯޅަ ޓީމް.
23:06
15 Dec 2014
2 - 0 ން ކުރީގަ އޮތީ ހައިޑްސް.
23:06
15 Dec 2014
މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން އިތުރު ވަގުތު 4 މިނެޓް ބަދަލް ރެފްރީ މިދެއްކި.
23:05
15 Dec 2014
ކުރިއަށް ފޮނުވާލި ބޯޅަ ހައިޑްސްގެ ކުޅުންތެރިއަކު ދިފާއުކޮށްފި.
23:04
15 Dec 2014
ހައިޑްސް ޕެނަލްޓީ އެރިއާ ކައިރިން ތުރާކުނަށް މިވަނީ ޖެހުމެއް ލިބިފަ.
23:03
15 Dec 2014
ތުރާކުނު ޓީމުން ބަދަލެއް މިގެނައީ.
23:01
15 Dec 2014
ހޯރަފުށި ޓީމުގެ ކުޅުންތެރިއަށް އަނެއްކާހެންވެސް މިއޮތީ ވެއްޓިފަ.
22:59
15 Dec 2014
65 މިނެޓް ކުޅެވިއްޖެ. ހައިޑްސް 2 - ތުރާކުނު 0.
22:57
15 Dec 2014
ބޮޑަށް ބެލެވެނީ އަކުނިވަޔަށް ދަމަނީ ކަމަށް.
22:56
15 Dec 2014
ހޯރަފުށި ކުޅުނެތެރިއަކު ފަރުވާއަށް މިއެދެނި.
22:56
15 Dec 2014
މެޗުގެ 60 މިނެޓް ކުޅެވިއްޖެ. ހައިޑްސް 2. ތުރާކުނަށް ލަނޑެއް ނުޖެހެ.
22:55
15 Dec 2014
ހޯރަފުށީ ތީމުގެ ދެވަނަ ބަދަލް.
22:52
15 Dec 2014
މިފަހަރުވެސް ހައިޑްސް ކީޕަރ ބޯޅަ ދިފާއުކޮށްފަ ކުޅުމުގެ ތެރެއަށް ފޮނުވާލީ.
22:51
15 Dec 2014
މެދުރޮނގާ ހަމައިން ހައިޑްސް ހާފުތެރެއިން ތުރާކުނަށް ޖެހުމެއް.
22:51
15 Dec 2014
2 - 0 ން ހައިޑްސް ކުރީގަ އޮތްއިރު މެޗް ޑޮމިނޭޓް ކުރަމުންދަނީވެސް ހައިޑްސް ފުޓްބޯޅަ ޓީމު.
22:50
15 Dec 2014
ހޯރަފުށިން ބަދަލެއް. 4 ނަމްބަރ ފައިބާފަ 21 ނަމްބަރ ކުޅެންއެރީ.
އިތުރަށް ލޯޑުކުރަށްވާ »
މައިކަޕް 2014

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ