ފުލްޓައިމް: މާރަންދޫ ޒުވާނުންގެ ޖަމްޢިއްޔާ 2 - 1 ސެން ސިޓީ

29 ޑިސެމްބަރު 2014 0

މިއީ 8 ވަނަ މައިކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗުގައި މާރަންދޫ ޒުވާނުންގެ ޖަމްޢިއްޔާ އަދި އިހަވަންދޫ ސެންސިޓީ ބައްދަލްކުރާ މެޗުގެ ލައިވް ކަވަރޭޖް ގެނެސްދިނުމަށް ހާއްސަ ކުރިވެފައިވާ ޞަފުހާއެކެވެ.

22:24
29 Dec 2014
މައިކަޕް 8 ވަނަ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދިި މާރަންދޫ ޒުވާނުންގެ ޖަމްީއްޔާއަށް އިހަވަންދޫ.ކޮމްގެ ފަރާތުން ވަރަށް ހޫނު މަރުޙަބާއެއް ކިޔަން.
22:23
29 Dec 2014
ކުޑަ ވަގުތުކޮޅެއްގެ ތެރޭ މުބާރާތުގެ އިނާމު ދިނުމުގެ ރަސްމިއްޔާތު އޮންނާނެ.
22:18
29 Dec 2014
މާރަންދޫ ކުޅުންތެރިންނާއި ސަޕޯޓަރުން އުފާފާޅުކުރަނީ.
22:16
29 Dec 2014
މެޗު ނިމިއްޖެ. މާރަންދޫ ޒުވާނުންގެ ޖަމްޢިއްޔާ 2. ސެން ސިޓީ 1.
22:16
29 Dec 2014
މާރަންދޫގެ ހުސައިން އާދަމަށް ރީނދޫ ކާޑެއް ދައްކައިފި.
22:15
29 Dec 2014
ރަނގަޅު ފުރުސަތެއް ސެން ސިޓީއަށް ލިބިފަ ބޭކާރުވެއްޖެ.
22:15
29 Dec 2014
ސެން ސިޓީގެ އާދިލް އަށް ރީނދޫ ކާޑެއް ދައްކައިފި. ރެފްރީއާ ދިމާއަށް އެއްޗެކޭ ބުނެގެން.
22:13
29 Dec 2014
ކުޅުން ފަށައިިފި.
22:11
29 Dec 2014
މާރަންދޫ ކީޕަރަށް އަނިޔާވެގެން ކުޅުން މެދުކެނޑިފަ.
22:10
29 Dec 2014
އިތުރުވަގުތު 4 މިނެޓް ދައްކައިފި.
22:10
29 Dec 2014
ޖެހުން ފޮނުވާލި ބޯޅަ ދިފާއުކޮށްފި.
22:10
29 Dec 2014
ސެން ސިޓީއަށް ޖެހުމެއް. މާރާންދޫ ޕެނަލްޓީ އޭރިޔާ ބޭރުން.
22:09
29 Dec 2014
މާރަންދޫ އަދި ސެން ސިޓީ ކުޅުންތެރިޔަކަށް އަަނިޔާވެގެން ކުޅުން މެދުކެނޑިފަ.
22:07
29 Dec 2014
މެޗު ނިމެން 3 މިނެޓަށް ވެފައިވާއިރު ސެން ސިޓީންދަނީ މާރަންދޫ ގޯލަށް ނުރައްކާކުރަމުން.
22:07
29 Dec 2014
ސެން ސިޓީއަށް ވަރަށް ހުސް ފުރުސަތެއް ލިބިއްޖެ. މާރަންދޫ ކުޅުންތެރިން ކޯނަރަކަށް ބޭރުކޮށްލި.
22:03
29 Dec 2014
ދެވަނަ ހާފުގެ 34 މިނެޓު ކުޅެވިފަ. މާރަންދޫ ޒުވާނުންގެ ޖަމްޢިއްޔާ 2. ސެން ސިޓީ 1.
22:02
29 Dec 2014
މާރަންދޫން ބަދަލެއް. ގޯލްޖެހި ކުޅުންތެރިޔާ އާދަމް ރިޟްވާންގެ ބަދަލުގައި ހުސައިން އާދަމް ކުޅެންއެރުވީ.
22:01
29 Dec 2014
ޖެހުން ފޮނުވާލި ބޯޅަ ކުޅުންތެރިޔަކު ގޯލާ ދިމާޅަށް ޖެހިނަމަވެސް ބޭރު.
އިތުރަށް ލޯޑުކުރަށްވާ »
މައިކަޕް 2014

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ