[HEADER BANNER]

ފުލްޓައިމް: މާރަންދޫ ޒުވާނުންގެ ޖަމްޢިއްޔާ 2 - 1 ސެން ސިޓީ

29 ޑިސެމްބަރު 2014 0

މިއީ 8 ވަނަ މައިކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗުގައި މާރަންދޫ ޒުވާނުންގެ ޖަމްޢިއްޔާ އަދި އިހަވަންދޫ ސެންސިޓީ ބައްދަލްކުރާ މެޗުގެ ލައިވް ކަވަރޭޖް ގެނެސްދިނުމަށް ހާއްސަ ކުރިވެފައިވާ ޞަފުހާއެކެވެ.

22:24
29 Dec 2014
މައިކަޕް 8 ވަނަ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދިި މާރަންދޫ ޒުވާނުންގެ ޖަމްީއްޔާއަށް އިހަވަންދޫ.ކޮމްގެ ފަރާތުން ވަރަށް ހޫނު މަރުޙަބާއެއް ކިޔަން.
22:23
29 Dec 2014
ކުޑަ ވަގުތުކޮޅެއްގެ ތެރޭ މުބާރާތުގެ އިނާމު ދިނުމުގެ ރަސްމިއްޔާތު އޮންނާނެ.
22:18
29 Dec 2014
މާރަންދޫ ކުޅުންތެރިންނާއި ސަޕޯޓަރުން އުފާފާޅުކުރަނީ.
22:16
29 Dec 2014
މެޗު ނިމިއްޖެ. މާރަންދޫ ޒުވާނުންގެ ޖަމްޢިއްޔާ 2. ސެން ސިޓީ 1.
22:16
29 Dec 2014
މާރަންދޫގެ ހުސައިން އާދަމަށް ރީނދޫ ކާޑެއް ދައްކައިފި.
22:15
29 Dec 2014
ރަނގަޅު ފުރުސަތެއް ސެން ސިޓީއަށް ލިބިފަ ބޭކާރުވެއްޖެ.
22:15
29 Dec 2014
ސެން ސިޓީގެ އާދިލް އަށް ރީނދޫ ކާޑެއް ދައްކައިފި. ރެފްރީއާ ދިމާއަށް އެއްޗެކޭ ބުނެގެން.
22:13
29 Dec 2014
ކުޅުން ފަށައިިފި.
22:11
29 Dec 2014
މާރަންދޫ ކީޕަރަށް އަނިޔާވެގެން ކުޅުން މެދުކެނޑިފަ.
22:10
29 Dec 2014
އިތުރުވަގުތު 4 މިނެޓް ދައްކައިފި.
22:10
29 Dec 2014
ޖެހުން ފޮނުވާލި ބޯޅަ ދިފާއުކޮށްފި.
22:10
29 Dec 2014
ސެން ސިޓީއަށް ޖެހުމެއް. މާރާންދޫ ޕެނަލްޓީ އޭރިޔާ ބޭރުން.
22:09
29 Dec 2014
މާރަންދޫ އަދި ސެން ސިޓީ ކުޅުންތެރިޔަކަށް އަަނިޔާވެގެން ކުޅުން މެދުކެނޑިފަ.
22:07
29 Dec 2014
މެޗު ނިމެން 3 މިނެޓަށް ވެފައިވާއިރު ސެން ސިޓީންދަނީ މާރަންދޫ ގޯލަށް ނުރައްކާކުރަމުން.
22:07
29 Dec 2014
ސެން ސިޓީއަށް ވަރަށް ހުސް ފުރުސަތެއް ލިބިއްޖެ. މާރަންދޫ ކުޅުންތެރިން ކޯނަރަކަށް ބޭރުކޮށްލި.
22:03
29 Dec 2014
ދެވަނަ ހާފުގެ 34 މިނެޓު ކުޅެވިފަ. މާރަންދޫ ޒުވާނުންގެ ޖަމްޢިއްޔާ 2. ސެން ސިޓީ 1.
22:02
29 Dec 2014
މާރަންދޫން ބަދަލެއް. ގޯލްޖެހި ކުޅުންތެރިޔާ އާދަމް ރިޟްވާންގެ ބަދަލުގައި ހުސައިން އާދަމް ކުޅެންއެރުވީ.
22:01
29 Dec 2014
ޖެހުން ފޮނުވާލި ބޯޅަ ކުޅުންތެރިޔަކު ގޯލާ ދިމާޅަށް ޖެހިނަމަވެސް ބޭރު.
22:00
29 Dec 2014
މާރަންދޫއަށް ޖެހުމެއް. ސެންސިޓީ ޕެނަލްޓީ އޭރިޔާ ބޭރުން.
22:00
29 Dec 2014
ސެން ސިޓީގެ 4 ނަމްބަރ އަބްދުއްސަމީޢުއަށް ރީނދޫ ކާޑެއް ދައްކައިފި. ކުރި ފައުލަކާ ގުޅިގެން.
21:59
29 Dec 2014
ސިޔާމް ވަނީ ކުއާޓަރ ފައިނަލްގައި އަދި ސެމީ ފައިނަލް މެޗުގައިވެސް މާރަންދޫއަށް މުހިންމު ލަނޑެއް ޖަހައިދީފަ.
21:58
29 Dec 2014
މާރަންދޫއަށް ލީޑު ނަގައިދިނީ 88 ނަމްބަރ ސިޔާމް.
21:57
29 Dec 2014
މާރަންދޫގެ 2 ވަނަ ގޯލް ޖަހައިފި. ދެވަނަ ހާފުގެ 27 ވަނަ މިނެޓުގަ.
21:56
29 Dec 2014
ދެޓީމުންވެސް ލަނޑުޖަހާނެ ނުރައްކާތެރި ހަމަލާތައްދަނީ އުފައްދަމުން.
21:55
29 Dec 2014
މާރަންދޫ ޓީމުންގެ މެޗުގެ ނަތީޖާ އެއްވަރުކޮށްދިން ގޯލް ކާމިޔާބުކޮށްދީފައިވަނީ އެޓީމުގެ 14 ނަމްބަރ އާދަމް ރިޟްވާން.
21:53
29 Dec 2014
ސެން ސިޓީން ނެގި ކޯނަރެއް ގޯލް މަތީ ދަނޑީގަ ޖެހިފަ ބޭރު.
21:52
29 Dec 2014
ފަރުވާއަށްފަހު ކުޅުން ފަށައިފި.
21:51
29 Dec 2014
ސެން ސިޓީ ކީޕަރަށް އަނިޔާވެގެން ކުޑަވަގުތުކޮޅަކަށް ކުޅުން މެދުކެނޑިފަ.
21:50
29 Dec 2014
މާރަންދޫ ޓީމުން ގޯލް ޖެހީ ދެވަނަ ހާފުގެ 18 ވަނަ މިނެޓުގަ.
21:48
29 Dec 2014
މާރަންދޫން ލަނޑު ޖަހައިފި.
21:47
29 Dec 2014
ދެންމެ އުފެއްދި ހަމަލާގައި ބޯޅަ ދިފާޢުކުރަން އުޅުމުގެ ތެރޭގައި މާރަންދޫ ކީޕަރަށް އަނިޔާވެގެން ފަރުވާދެނީ.
21:46
29 Dec 2014
ސެންސިޓީއަށް ވަރަށް ހުސްފުރުސަތެއް ލިބިއްޖެ. ކީޕަރ ބީތް ކޮށްފަ ފޮނުވާލި ބޯޅަ އަރިމަތިން ބޭރު.
21:45
29 Dec 2014
ދެވަނަ ހާފުގެ 15 މިނެޓު ކުޅެވިފަ. މާރަންދޫ ޒުވާނުންގެ ޖަމްޢިއްޔާ 0. ސެން ސިޓީ 1.
21:41
29 Dec 2014
ސެން ސިޓީން ވަރަށް ރަނގަޅު ހަމަލާއެއް އުފައްދައިފި. އިޝާން ފޮނުވާލި ބޯޅަ ކީޕަރ ދިފާއުކުރީ.
21:41
29 Dec 2014
މާރަންދޫ ޒުވާނުންގެ ޖަމިއްޔާވަނީ މިދިޔަ އަހަރުގެ ފައިނަލްގައި ކުޅެ ޖަންގަލް ޑާކު ޕޮއިންޓް އަތުން ބަލިވެފަ. މިމެޗުގަ މާރަންދޫ އަދި މިއޮތީ ބަލިކޮށް.
21:40
29 Dec 2014
މާރަންދޫގެ ސިޔާމް ފޮނުވާލި ބޯޅަ ވޯލްގަ ޖެހިފަ ކުޅުމުގެ ތެރެއަށް.
21:39
29 Dec 2014
ސެން ސިޓީ ކުޅުންތެރިޔަކަށް ރީނދޫ ކާޑެއް ދައްކައިފި.
21:38
29 Dec 2014
ސެން ސިޓީ ޕެނަލްޓީ އޭރިޔާ ބޭރުން މާރަންދޫއަށް ޖެހުމެެއް.
އިތުރަށް ލޯޑުކުރަށްވާ »
މައިކަޕް 2014

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ