[HEADER BANNER]

މައިކަޕް 2014: މާރަންދޫ ޒުވާނުންގެ ޖަމްޢިއްޔާއިން ޗެމްޕިއަންކަން ހޯދައިފި

29 ޑިސެމްބަރު 2014 1

މައިކަޕް 8 ވަނަ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން މާރަންދޫ ޒުވާނުންގެ ޖަމްޢިއްޔާއިން ހޯދައިފިއެވެ. މުބާރާތުގެ ޗެމްޕިއަންކަން މާރަންދޫ ޒުވާނުންގެ ޖަމްޢިއްޔާ ހޯދީ މިރޭ ކުޅެވުނު ފައިނަލް މެޗުގައި 2-1 ން ސެންސިޓީ ބަލިކޮށްގެންނެވެ. މެޗުގެ ދެވަނަ ހާފުގެ 1 ވަނަ މިނެޓުގައި ފުރަތަމަ ލީޑުނެގީ ސެން ސިޓީންނެވެ. މިލަނޑު ސެންސިޓީއަށް ކާމިޔާބުކޮށްދިނީ ޢާދިލް އެވެ. ނަމަވެސް ދެވަނަ ހާފުގެ 18 ވަނަ މިނެޓުގައި މަރަންދޫގެ އާދަމް ރިޟްވާންވަނީ ލަނޑެއްޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. މެޗުން މާރަންދޫ މޮޅުކޮށްދިން ގޯލް ޖަހައިދިނީ ދެވަނަ ހާފުގެ 27 ވަނަ މިނެޓުގައި އެޓީމުގެ ޙުސައިން ސިޔާމް އެވެ.

23:40
29 Dec 2014

މާރަންދޫގެ ޓީމުގައި މުހިއްމު ދައުރެއް އަދާކުރި ހުސައިން ސިޔާމް. މުބާރާތުގެ އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިންގެތެރޭ ހިމެނޭ.

23:23
29 Dec 2014

ފެއާރޕްލޭ ޓީމް ސެން ސިޓީއަށް ޓްރޮފީ ހަވާލުކޮށްދެއްވަނީ.

23:21
29 Dec 2014

މުބާރާތުގެ އެންމެ މޮޅު ކީޕަރ މާރަންދޫު ޒުވާނުންގެ ޖަމްޢިއްޔާގެ ފާޔާޒް.

23:18
29 Dec 2014
އިނާމު ދިނުމުގެ ރަސްމިއްޔާތު ނމިއްޖެ.
23:18
29 Dec 2014

އެންމެ މޮޅު މިޑްފީލްޑަރ އެންވީކޭގެ އަޙްމަދު ޝަބީން.

23:16
29 Dec 2014

މުބާރާތުގެ އެންމެ މޮޅު ފޯވާޑް ސެން ސިޓީގެ އިޝާން އަށް ޓްރޮފީ ހަވާލުކުރަނީ.

23:10
29 Dec 2014
މުބާރާތުގެ ޗެމްޕިއަން ޓީމަށް ރަން މެޑެލްގެ އިތުރުން 35000 (ތިރީސް ފަސްހާސް) ރުފިޔާ ހުށައަލާފައިވޭ.
23:09
29 Dec 2014
މުބާރާތުގެ ޗެމްޕިއަން ޓީމް: މާރަންދޫ ޒުވާނުންގެ ޖަމްޢިއްޔާ
23:09
29 Dec 2014
މުބާރާތުގެ ރަނަރަޕް ޓީމަށް ރިހިމެޑަލް އަދި 15000 (ފަނަރަ ހާސް) ރުފިޔާ ހުށައަޅާފައިވޭ.
23:07
29 Dec 2014
ރަނަރަޕް ޓީމް: ސެން ސެޓީ.
23:06
29 Dec 2014
ފެއަރޕްލޭ ޓީމް: ސެން ސިޓީ
23:04
29 Dec 2014
މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ: މަޢުރޫފް ޙުސައިން (ސެން ސިޓީ)
23:04
29 Dec 2014
އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިޔާ: މަޢުރޫފް ޙުސައިން (ސެން ސިޓީ)، ޙުސައިން ސިޔާމް (މާރަންދޫ ޒުވާނުންގެ ޖަމްޢިއްޔާ) އަދި އާދަމް ރިޟްވާން (މާރަންދޫ ޒުވާނުންގެ ޖަމްޢިއްޔާ)
23:03
29 Dec 2014
އެންމެ މޮޅު ގޯލްކީޕަރ: ޙުސައިން ފަޔާޒު (މާރަންދޫ ޒުވާނުންގެ ޖަމްޢިއްޔާ)
23:02
29 Dec 2014
ޓީމަށް އެންމެ ފައިދާ ހޯދައިދިން ކޯޗް: ޙުސައިން ނާޞިރު (މާރަންދޫ ޒުވާނުންގެ ޖަމްޢިއްޔާ)
23:01
29 Dec 2014
އެންމެ މޮޅު ފޯވާޑް: މުޙައްމަދު އިޝާން (ސެން ސިޓީ)
23:00
29 Dec 2014
އެންމެ މޮޅު މިޑްފީލްޑަރ: އަޙްމަދު ޝަބީން (އެންވީކޭ)
22:59
29 Dec 2014
އެންމެ މޮޅު ޑިފެންސް: ހަސަން ސަމީރު (ސެން ސިޓީ)
22:59
29 Dec 2014
19 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔާ: އިބްރާހީމް މާޖިދު (ކުޅިމަގު ނިއު ޖެނެރޭޝަން)
އިތުރަށް ލޯޑުކުރަށްވާ »
މައިކަޕް 2014

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

މަރުހަބާ މާރަންދޫ ޒުވާނުންގެ ޖަމްޢިއްޔާ!

– 30 ޑިސެމްބަރު 2014 0