އިހަވަންދޫގެ ފުރަބަންދަށް ލުއިތަކެއް ދީފި

20 އޭޕުރީލު 2020 1

މި ލައިވް ބުލޮގަކީ ހެލްތު ޕުރޮޓެކްޝަންސް އެޖެންސީން ހއ. އިހަވަންދޫ މޮނިޓަރިންގެ ހާލަތަށް ގެނައުމާ ގުޅިގެން ހިނގާ ކަންތައްތައް ކިޔުންތެރިންނަށް ފޯރުކޮށްދިނުމުގެ ބޭނުމުގައި ކުރިއަށް ގެންދާ ބުލޮގެކެވެ. އެޗް.ޕީ.އޭ.އިން އިހަވަންދޫ ކަރަންޓީނު ކޮށްފައި ވަނީ އިހަވަންދޫއަށް ދަތުރުކޮށްފައިވާ އުޅަނދެއްގައި ހުރި މީހެއްގެ ކިބައިން، ކޮވިޑު 19 އަށް ޝައްކުކުރެވެވިގެން ޢަލާމަތްތަކެއް ފެނުމާ ގުޅިގެން، ޞިއްޙީ ގޮތުން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށެވެ.

21:38
29 Apr 2020
21:21
29 Apr 2020
މާދަމާ އިން ފެށިގެން ހެލްޕު ޑެސްކުގެ ޚިދުމަތް މެދުކަނޑާލާ ބަނދަރުމަތީ ގާއިމުކުރާ މޮނިޓަރިންގ ޑެސްކުގެ ހިދުމަތް ފެށޭނެ: ޓާސްކްފޯސް ފޭސްބުކުލައިވް
21:20
29 Apr 2020
މާދަމާ އިހަވަންދޫއަށް އަންނަ ޓޫފޯޓޫ ބޯޓުން 700 ބަސްތާ ކާޑު އިހަވަންދޫއަށް ގެންނާނެ: ޓާސްކްފޯސް ފޭސްބުކުލައިވް
21:18
29 Apr 2020
އިހަވަންދޫގެ ޓާސްކްފޯސް އިން ނިންމާފައިވާ ކަންތައްތައް:
މާދަމާއިން ފެށިގެން:

• ފަރުމަހަށް ދާ ފަރާތްތަކުން ހުއްދަ ހޯދަން ޖެހޭނެ ( ފަޅުގަ އޮންނަ މަސްގަނޑަށް މަސްބާނަން ދިއުމަށް ހުއްދަ ހޯދާކަށް ނުޖެހޭނެ)
• ބޭރަށް ނުކުންނަ އިރު މާސްކު ބޭނުންކުރުމަށް އިލްތިމާސް ކުރަން
• ބޭރަށް ނުކުންނަ އިރު 3 މީހުންނަށްވުރެ ގިނައިން އެކުގަ އުޅުން މަނާ
• ބޭރުގައި އުޅުމުގައި އިޖުތިމާއީ ގާދުރުކަން އިސްކުރަންވާނެ

21:15
29 Apr 2020
އިހަވަންދޫގެ ޓާސްކްފޯސް އިން ނިންމާފައިވާ ކަންތައްތައް:
މާދަމާއިން ފެށިގެން:
• ޒަރޫރީ ބޭނުންތަކުގަ ނޫނީ ގެއިން ބޭރަށް ނުނުކުތުން.
• ފިހާރަތަށް ބޭނުންވަގުތަކު ހުޅުވޭނެ.
• ފިހާރައަށް 4 މީހުންނަށްވުރެ ގިނައިން ނުވަނުން.

21:09
29 Apr 2020
20:33
29 Apr 2020
ޓާސްކްފޯސް އިން މިރޭ 8:30 ގައި ގެނެސްދިނުމަށް ހަމަޖެއްސި ފޭސްބުކު ލައިވް 9:00 އަށް ލަސްކޮށްފި.
19:38
29 Apr 2020
ކޮވިޑް-19 އިން ރައްޔިތުން ރައްކާތެރިކުރުމަށްޓަކައި އިހަވަންދޫ ފުރަބަންދުގައިވާ މި މުއްދަތުގައި ކޮވިޑް-19 އިހަވަންދޫ ޓާސްކް ފޯސްއިންދަނީ ރައްޔިތުންގެ އަސާސީ އަދި ޒަރޫރީ ބޭނުންތައް ފުއްދައިދިނުމަށްޓަކައި ހެލްޕް ޑެސްކެއް ޤާއިމުކޮށް ރައްޔިތުންނަށް ޚިދުމަތްދެމުން.
19:35
29 Apr 2020
މިރޭ ގެނެސްދިނުމަށް ހަމަޖެހިފައިވާ ފޭސްބުކް ލައިވްއަކީ ކަރަންޓީނުގެ 14 ދުވަހުގެ މުއްދަތު މިއަދަށް ހަމަވާތީ މާއްދަމާއިން ފެށިގެން ރައްޔިތުން ޢަމަލުކުރަންޖެހޭ ގޮތުގެ އިރުޝާދު ދިނުމަށް ގެނެސްދޭ ލައިވްއެއް ކަމަށްވުމާއެކު މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް ބަދަލުތަކެއް އަންނާނެކަމަށްވަނީ ބެލެވިފައި.
19:30
29 Apr 2020
ކާވިޔާ ބޯޓް އިހަވަންދޫއަށް އައިތާ މިއަދަށް 14 ދުވަސް ހަމަވާނެ. ބޯޓުން ދަތުރުކުރި އިހަވަންދޫގެ އެންމެހައި ފަރާތްތައް ކޮވިޑް-19 އަށްވަނީ ޓެސްޓް ކޮށްފައި. އަދި އެ ޓެސްޓްތައްވަނީ ކޮވިޑަށް ނައްސިވެފައި.
19:28
29 Apr 2020
ކާވިޔާ ބޯޓުން ދަތުރުކުރި އުލިގަމު މީހަކު ކޮވިޑް-19 އަށް ފައްސިވުމުން ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި ކޮވިޑް-19 އިހަވަންދޫ ޓާސްކު ފޯސްއިންވަނީ ގިނަ ފިޔަވަޅުތަކެއް އަޅައިފަ.
19:26
29 Apr 2020
މާދަމާއިން ފެށިގެން ރައްޔިތުން ޢަމަލުކުރަންވީ ގޮތް، ފޭސްބުކް ލައިވް މެދުވެރިކޮށް މިރޭ 8:30 ގައި ރައްޔިތުންނާ ހިއްސާކުރުން އޮންނާނެކަމަށް ކައުންސިލުން ހާމަކޮށްފި،
19:05
29 Apr 2020
ކޮވިޑަށް ފައްސިވެފައިވަނީ މާލޭގައި ދިރިއުޅޭ އިހަވަންދޫގެ މީހެއް.
19:01
29 Apr 2020
އިހަވަންދޫ މީހަކު ކޮވިޑަށް ފައްސި ވެއްޖެ
18:15
29 Apr 2020
އިހަވަންދޫގެ ކަރަންޓީނުގެ 14 ދުވަހުގެ މުއްދަތު މިރޭ 12:00 އަށް ހަމަވާނެ. މާދަމާއިން ފެށިގެން ރައްޔިތުން އަމަލުކުރަންވީ ގޮތުގެ އިރުޝާދު މިރޭ 8:30 ގައި ފޭސްބުކު ލައިވް މެދުވެރިކޮށް އިހަވަންދޫ ކައުންސިލުން ދެއްވާނެ ކަމަށް މައުލޫމާތު ލިބޭ.
00:37
29 Apr 2020

#Ihavandhoo in #COVID19 ah test kuri 38 meehungeves natheeja vanee NEGATIVE vefa. Rayyithunge ehbaarulumah Shukuriyya

Posted by Ihavandhoo Shifau on Tuesday, 28 April 2020
00:22
29 Apr 2020
އެހެންކަމުން ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް އިހަވަންދޫއިން ނެގި 38 ސާމްޕަލް ކޮވިޑަށްވަނީ ނައްސިވެފައި.
23:30
28 Apr 2020
ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް މިމަހުގެ 22 ވަނަ ދުވަހު ދެމީހެއްގެ ސާމްޕަލްވަނީ ނަގައިފައި. އަދި ޖެހިގެން އައި 23 ވަނަ ދުވަހު އިތުރު މީހެއްގެ ގައިން ވަނީ ސާމްޕަލް ނަގައިފައި.
މިމަހުގެ 26 ވަނަ ދުވަހު 35 ފަރާތެއްގެ ސާމްޕަލް ނަގައި ކޮވިޑް-19 އަށް ޓެސްޓް ކުރުމަށްވަނީ ފޮނުވިފައި.
މިހުރިހައި ސާމްޕަލްތަކެއްވެސް ވަނީ ނައްސިވެފަ.
23:21
28 Apr 2020
ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް އިހަވަންދޫއިން ނެގި 35 ސާމްޕަލް ކޮވިޑަށް ނައްސިކަމަށް އިހަވަންދޫ އިތުބާރުހުރި ގޮތަކަށް މިނޫހަށް މަޢުލޫމާތު ލިބިއްޖެ.
19:14
27 Apr 2020
ފުރަބަންދުގެ ސަބަބުން މާލެއިން އިހަވަންދޫއަށް ނުވަތަ އިހަވަންދޫން މާލެއަށް ނުދެވިފައި ތިބި ފަރާތެއްވާނަމަ މިރޭ 8:00 ގެ ކުރިން އެކަން އެންގުމަށް ކައުންސިލުން އެދިލައްވައިފި.
އެފަދަ ފަރާތެއް ވާނަމަ މިރޭ 8:00 ގެ ކުރިން 7750013 އަށް މެސެޖް ކުރެއްވުމަށް ކައުންސިލުން އެދިލައްވާ. މެސެޖު ކުރައްވާއިރު މި މަމަޢުލޫމަތު ތައް އެނގޭނެ ގޮތަށް މެސެޖު ކުރައްވާ.
• ފުރިހަމަ ނަމާއި އެޑްރެސް
• އައިޑީ ނަންބަރު
• ފޯނު ނަންބަރު
• ދަތުރު ކުރަން ބޭނުންވާ ރޫޓު
05:08
27 Apr 2020
ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި އިހަވަންދޫ ޓާސްކް ފޯސްގެ ފަރާތުން މުހިއްމު ގިނަފިޔަވަޅުތަކެއްވަނީ އަޅައިފައި. އެގޮތުން 21 ދުވަހުގެ މުއްދަތަށް އިހަވަންދޫ ފުރަބަންދުގައި ބޭއްވުމަށްވަނީ ނިންމައިފައި. ފުރަބަންދުގެ މުއްދަތުގެ ތެރޭގައި އިހަވަންދޫ ރައްޔިތުންގެ ޒަރޫރީ ބޭނުންތަކާއި އަސާސީ ޚިދުމަތްތައް ފުރިހަމަކޮށްދެއްވުމަށްޓަކައި ޓާސްކު ފޯސްގެ ފަރާތުންވަނީ ހެލްޕު ޑެސްކެއް ގާއިމުކޮށްފައި.
05:01
27 Apr 2020
މީގެކުރިންވަނީ އިހަވަންދޫން 3 ފަރާތެއްގެ ސާމްޕަލް ނަގައި ކޮވިޑް-19 އަށްވަނީ ޓެސްޓް ކޮށްފައި. އަދި އެޓެސްޓްތަކުގެ ނަތީޖާ ވަނީ ނައްސިވެފައި.
އެއާއެކު ކޮވިޑް-19 އިހަވަންދޫ ޓާސްކު ފޯސްގެ ޗެއަރ މުޙައްމަދު އަކުރަމްވަނީ ޓެސްޓްގެ ނަތީޖާ ނައްސި ވުމަކީ ރައްކާތެރިކަން މުޅިން ކަށަވަރުކޮށްދޭ ކަމެއްނޫންމަށް ވިދާޅެވެ، އިހަވަންދޫގައި އަޅާފައިވާ ފިޔަވަޅުތައް އެގޮތުގައި ދަމަހައްޓާނެކަމަށް ވިދާޅުވެފައި.
04:57
27 Apr 2020
11 ގަޑިއިރަށް ދެމިގެންދިޔަ، ސާމްޕަލް ނެގުމުގެ މަސައްކަތުގައި އާމިނާ ދިޔޯ ޞިއްޙީމަރުކަޒުގެ މުވައްޒަފުންގެ ފަރާތުން ފެނިގެންދިޔަ އާދަޔާ ޙިލާފު ޖޯޝާއި ހިއްވަރު އިހަވަންދޫ ކައުންސިލުންވަނީ ފާހަގަކުރައްވައިފަ.
04:53
27 Apr 2020
އިހަވަންދޫ ކައުންސިލުން ހާމަކޮށްފައިވާގޮތުގައި، ސާމްޕަލް ނެގުމުގެ މަސައްކަތްކޮށް ނިންމާލެވުނުއިރު ކާވިޔާ ބޯޓުން ދަތުރުކުރި ހުރިހައި ފަރާތެއްގެ ސާމްޕަލް މިހާރުވާނީ ނެގިފައި.
04:51
27 Apr 2020
އިއްޔެ ހަވީރުން ފެށިގެން ރޭގެ ފަތިހު 3:14 އާ ހަމައަށް އިހަވަންދޫގެ 35 ފަރާތެއް ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް ސާމްޕަލް ނަގައިފި.
17:52
26 Apr 2020
ކޮވިޑް-19 އާ ގުޅިގެން ކަރަންޓީނު ކުރެވިފައިވާ 22 ފަރާތެއް ޓެސްޓް ކުރުމަށް ސާމްޕަލް ނެގުމުގެ މަސައްކަތް ކުރަމުން އެބަދޭ.
17:01
26 Apr 2020
އިހަވަންދޫގެ ރައްޔިތުންނަށް ތާޒާ ކަނޑުމަސް ފޯރުކޮށްދިނުމަށް ކުރެވެމުންދާ މަސައްކަތުގެ ތެރެއިން މިއަދުގެ ވަގުތެއްގައި 3 ދޯންޏެއް މަހަށް ފުރުވައިލެވިފައިވާ ކަމަށް އިހަވަންދޫ ކައުންސިލުން މަޢުލޫމާތުދެއްވާ. މި 3 ދޯންޏަކީ އަސްދާން، އަރާތަރި އަދި ގަހާތަރި.
މި ދޯނިތަކަށް މަހަށް ފުރުމުގެ ހުއްދަދިނުމުގެ ކުރިން މަހަށް ފުރާ ފަރާތްތައް ވަނީ ސްކްރީންކޮށްފައި.
16:57
26 Apr 2020

ކުނި ނެގުމުގެ މަސައްކަތުގައި ބަގީއެއްގައި ދެ މީހަކު ހަރަކާތްތެރިވަނީ.

ގޭގެއިން ކުނި އުކުމުގައި މިވަގުތު 5 ބަގީގެ އިތުރުން 4 ޕިކަޕުދަނީ ހަރަކާތްތެރިވަމުން. މިމަސައްކަތުގައި ދަރުމައަށް މަސައްކަތްކުރާ 25 ފަރާތުން ދަނީ މަސައްކަތް ކުރަމުން.
16:24
26 Apr 2020
މީގެ ކުރިން އިހަވަންދޫން ކޮވިޑަށް ޓެސްޓު ކުރުމަށް 3 މީހެއްގެ ސާމްޕަލް ނަގާފައި ވެއެވެ. އެ 3 މީހުންވެސް ވަނީ ކޮވިޑަށް ނައްސި ވެފައެވެ. މިފަހަރު އިހަވަންދޫގެ 22 މީހެއްގެ ސާމްޕަލް ނަގާނެ ކަމަށް މަޢުލޫމާތު ލިބެއެވެ. މިއަދާހަމައަށް އެޗްޕީއޭއިން އިހަވަންދޫގައި މޮނިޓަރިންގެ ހާލަތަށް ގެނެސްފައި ވަނީ ކާވިޔާ ބޯޓު އަދި އޮއިދުނި ގެއެވެ. އަދި އިހަވަންދޫގެ 42 ގެއެއް ވަނީ ކަރަންޓީނު ކުރެވިފައެވެ.
16:12
26 Apr 2020
އިހަވަންދޫން ގިނަ ބައެއްގެ ސާމްޕަލް ކޮވިޑަށް ޓެސްޓުކުރުމަށް ނެގުމުގެ މަސައްކަތް ކުރަމުންދާކަމުގެ މައުލޫމާތު ލިބިއްޖެ.
11:25
26 Apr 2020
11:24
26 Apr 2020
21:59
25 Apr 2020
ގޭބިސީތަކުގައި އުފެދިފައހުރި ކުނި އުކާދިނުމުހެ ޚިދުމަތް މާދަމާ(އާދިއްތަ ދުވަހު) ހަވީރު 4:00 ގައި އޮންނާނެކަމަށާ ކޮންމެ ގޭބިސީއެއްގައި އުފެދިފައިހުރި ކުނި 3 ބަސްތާ އަށްވުރެ ގިނަނުވާ ގޮތަށްއެގެއެއްގެ މަގުފާރު ބޭރަށް 4:00 ގެ ކުރިން ނެރެފައި ބެހެއްޓުމަށް ކައުންސިލުން އެދިލައްވާ.
19:03
25 Apr 2020
16:57
25 Apr 2020
16:54
25 Apr 2020
15:51
25 Apr 2020
އަދި މިފަހަރު ޓެސްޓު ކުރެވުނު މީހުން އިތުރަށް ޓެސްޓުކުރަންޖެހޭ ޙާލަތެއް އަތުވެއްޖެނަމަ އެކަން ކުރައްވާނެކަމަށް އަކުރަމް ވިދާޅުވި.
15:49
25 Apr 2020
އިތުރަށް އަކުރަމް ވިދާޅުވީ އިހަވަންދޫން ކޮވިޑް-19 އަށް ޓެސްޓްކުރި 3 މީހުން ނައްސިވިނަމަވެސް އެއީ ރައްކާތެރިކަން މުޅިން ކަށަވަރުކުރެވޭ ކަމެއް ނޫންކަމަށާއި ކަރަންޓީނުގެ މުއްދަތު ދެމިގެންދާނެ ކަމަށް. އަދި ރައްކާތެރިކަމުގެ ގޮތުން މިވަގުތު އަޅާފައވާ ފިޔަވަޅުތައްވެސް އެގޮތުގައި އޮންނާނެކަމަށް އަކުރަމް ވިދާޅުވި،
15:39
25 Apr 2020
ހއ. އިހަވަންދޫން ކޮވިޑަށް ޓެސްޓު ކުރުމަށް ނެގި 3 ސާމްޕަލް ވެސް ކޮވިޑަށް ނައްސި ވެފައިވާ ކަމަށް ކޮވިޑް-19 އިހަވަންދޫ ޓާސްކު ފޯސްގެ ޗެއަރ މުޙައްމަދު އަކްރަމް މިނޫހަށް މައުލޫމާތު ދެއްވައިފިއެވެ.
އިތުރަށް ލޯޑުކުރަށްވާ »

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

Very few updates on live briefing

– 21 އޭޕުރީލު 2020 0