15 މިނެޓުން ސްކޫލް ބަންދުކުރާނެ ގޮތް މި އޮތީ! — Ihavandhoo.com

15 މިނެޓުން ސްކޫލް ބަންދުކުރާނެ ގޮތް މި އޮތީ!

 

އިހަވަންދޫ ބަލި އެނދެއްގައި އޮތް ވާހަކަ އާއި މަރަށް ތެޅެމުންދާކަމަށް މި ނޫހުން ސިފަ ކުރުމުން އިހަވަންދޫގެ ބައެއް އިސްވެރިންނަށް އެ ވާހަކަ އެހައި ކަމަކު ނުދިޔައެވެ.

ކަމުނުދިޔަޔަސް ކަމުދިޔަޔަސް އިހަވަންދޫގައި ޑެންގީގެ ހާލަތު މިހާރު އޮތީ އަތް ފޯރާ ހިސާބަށްވުރެ މާ ސީރިއަސް ހާލަތެއްގައެވެ. އިއްޔެ އެކަނިވެސް 6 މީހަކު ޑެންގީއަށް ޕޮޒިޓިވްވި އިރު މިއީ އާދަޔާ ޚިލާފަށް މާ ބޮޑަށް ވެސް މަތީ މިންވަރެކެވެ.

ބަންނަމުންދާ އޮޑި ދޯނި ފަހަރުން ދިޔަ ވެސް ހިއްކައިފިއެވެ. ދުންވެސް ޖަހައިފިއެވެ. ތަކުބީރުވެސް ގޮވައިފިއެވެ. އެންމެފަހުން މިހާރު ހިޓު ސްޕްރޭ ވެސް ކޮށްފިއެވެ. ހިތުދަސްވާ ވަރަށް ޑެންގީ އަށް ރައްޔިތުން ހޭލުންތެރިވެސް ކޮށްފިއެވެ. ނަމަވެސް ޑެންގީ ފެތުރޭ ނިސްބަތަށް ކުޑަވެސް ބަލަދަލެއް ނާދެއެވެ.

އިހަވަންދޫގެ މުއްސަސާތައް ބޮޑުތަނުން ފޭލިވުމުގެ ނަތީޖާ ރައްޔިތުން މިއަދު ހިތިގޮތަކަށް ބަރުދާސްތުކުރަމުން ދަނިކޮށް، ރައްޔިތުންނަށް އަނެއްކާވެސް ސިހުން ލިބުނީ ޑެންގީއަށް ޓެސްޓް ކުރާ ކިޓް ހުސްވެ ތަހުލީލުތަކަށް ހުރަސް އެޅުނުކަމުގެ ޚަބަރާއެކުއެވެ. ބަލީގެ ހާލަތު ބޮޑުވެ ބޮއްސުންލާފައިވާ މި ދަނޑިވަޅު އެއްވެސް ކަމެއް ނުބެލެހެއްޓިގެން ކޮންމެހެން ފުރިހަމަވާން ޖެހޭ އެއްވެސް ކަމެއް އަތުން ދޫވެގެން ދިއުމަކީ ހަމަގައިމުވެސް މި ދަނޑިވަޅު ރައްޔިތުން ނަގަން ބޭނުންވާނެ ރިސްކެއް ނޫނެވެ.

އެއްވެސް ޝައްކެއް ނެތް ގޮތުގައި، ޑެންގީ ބަލި ކޮންޓްރޯލުން ނައްޓައިފައިވާ މި ދަނޑިވަޅަކީ ބަލިން ރައްކާތެރިވެ ސަލާމާތުން ތިބުމަށްޓަކައި، އެެއްވެސް އިސްތިސްނާއެއް ނެތި އެޅެން އޮތް ހަމަ ކޮންމެ ފިޔަވަޅެއް ވިޔަސް އަޅަން ލާޒިމުވެފައިވާ ނާޒުކު ދަނޑިވަޅެކެވެ. މިހެންވެ ރަށުގެ މުއައްސަސާތަކާއި ކުދިބޮޑު އެންމެން ގުޅިގެން އެ ބައެއްގެ ފެންވަރުން އެ ބަޔަކަށް ކުރެވެން އޮތް ކަމެއްވިއްޔާ ކުރަމުންދާ މި ދަނޑިވަޅު، ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކަށް ވެފައި ވަނީ ސްކޫލުގައި ކިޔަވައިދިނުން ހުއްޓައިނުލާ ކުރިއަށް ގެންދާތީއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ސްކޫލުން ވަނީ މިނިސްޓްރީގައި އެކަމަށް އެދިފައެވެ. ނަމަވެސް މިނިސްޓްރީގެ ޖަވާބަކަށް ސްކޫލުން އަދިވެސް އިންތިޒާރު ކުރަނީއެވެ. މިނިސްޓްރީން ޖަވާބެއް ދެއްވަންދެން ރައްޔިތުންގެ ފުރާނަ އަތް މައްޗަށް ލައިގެން ބަލަހައްޓައިގެން ތިބުމަކީ ހަމަވިސްނޭ ބަޔަކު ކުރަން ހެޔޮވާވަރުގެ ކަމެއް ނޫނެވެ.

ޝައްކެއްވެސް ނެތް ގޮތުގައި ސްކޫލުގެ ކިޔެވުން ބަންދު ނުކޮށް މި ހާލަތުގައި ކުރިއަށް ގެންދިއުމަކީ ރައްޔިތުންގެ ފުރާނައަށް ގެއްލުމެއް ލިބިދާނެ ފަދަ ކަމެކެވެ. މި ފަދަ އެއްވެސް ކަމަކަށް ރައްޔިތުން ތިބީ ފުރުޞަތު ދޭގޮތަކަށްހެން އަޅުގަނޑަކަށް ހަމަ ގައިމު ވެސް ހީނުވެއެވެ.

15 މިނެޓުން ސްކޫލު ބަންދު ކުރެވޭނެ ގޮތެއް، އިހަވަންދޫ މަދަރުސާގެ ކުރީގެ ޕްރިންސިޕަލް މުޙައްމަދު ފިރާޒް މިއަދު މި ނޫހާ ޙިއްސާކޮށްދެއްވިއެވެ.

އަޑު އައްސަވާށެވެ.

އެ މަނިކުފާނު ވިދާޅުވަނީ ބެލެނިވެރިންނާއި މުދައްރިސުންގެ ޖަމިއްޔާގެ ބައްދަލުވުމެއް ބާއްވާށޭއެވެ. އެ ބައްދަލުވުމުގައި ބެލެނިވެރިންގެ އިއްތިފާގުން ނިންމުމެއް ނިންމުމަށެވެ. އެ ނިންމުމުގައި އޮންނަންވީ ޑެންގީ ރޯގާގެ ހާލަތު އިހަވަންދޫގައި މި ވަގުތު އޮތް ގޮތުން ދަރިން ސްކޫލަށް ފޮނުވުމަކީ އެ ކުދިންގެ ފުރާނައަށް ގެއްލުންވެދާނެ ކަމެއް ކަމަށް ވާތީ، އާއި ޑެންގީ ކޮންޓްރޯލް ނުވެ އިތުރަށް ފެތުރުމަށް މަގުފަހި ވާނެ ކަމެއް ކަމަށް ވާތީ، މި ހިނދު ބެލެނިވެރިން އެދެނީ ސްކޫލުގެ ކިޔެވުން މެދު ކަނޑައިލަން ކަމަށެވެ. ދެން އެ ނިންމުން ސްކޫލްގެ މެނޭޖްމެންޓާ ޙިއްސާ ކުރުމަށް އެ މަނިކުފާނު އިރުޝާދު ދެއްވިއެވެ.

ހަމަ މި ބައްދަލުވުން ކުރިއަށްދާއިރު އިހަވަންދޫ ކައުންސިލްގެ ބައްދަލުވުމެއް ވެސް ކުރިއަށް ގެންދިއުމަށް އެ މަނިކުފާނު ލަފާދެއްވައެވެ. އެ ބައްދަލުވުމުގައި ވެސް ނިންމަންވީ ސްކޫލް ބަންދު ކުރުމަށް ކައުންސިލުން އެދޭ ކަމަށެވެ. އަދި މި ނިންމުން ވެސް ސްކޫލާ ހިއްސާ ކުރަންވީއެވެ.

އަދި ހަމައެހެންމެ އިހަވަންދޫ މަސްވެރިންގެ ގުޅުމާއި ޕޯލްސްޓަރގެ ހިންގާ ކޮމެޓީގެ ބައްދަލުވުމެއް ބާއްވައި ހަމަ މޭރުމުން ނިންމުމެއް ނިންމައި ސްކޫލަށް ފޮނުވަން ޖެހޭނެ ކަމަށް ފިރާޒް ވިދާޅުވިއެވެ.

މި އެންމެގައި ނިންމުންތައް ޕްރިންސިޕަލް އަށް ލިބުމާއެކު ނުހަނު ކަންބޮޑުވެވަޑައިގެން "ވ.ވ. އަވަސް އަވަސް" ޖަހާފައި ވަރަށް ގޯސްވެއްޖެ ކަމަށާއި، ސްކޫލު ބަންދު ކުރުން ނޫން އެހެން އެއްވެސް ގޮތެއް ނެތް ކަމަށާއި، ބަންދު ނުކޮށްފި ނަމަ ރައްޔިތުން ނިކުމެ ސްކޫލް ބަންދުކޮށްފާނެ ކަމަށް ވިދާޅުވެ، ސިޓީއެއްގައި ލިޔުއްވައި، އެއްކަލަ ކުރިން މި ދެންނެވި، ސްކޫލަށް ފޮނުވާފައިވާ އެންމެހައި ނިންމުންތަކުގެ ކޮޕީއާ އެކު އެޑިއުކޭޝަނަށް ފޮނުއްވުމަށާއި، ކަމާބެހޭ އިސް ބޭފުޅުންނަށް ގުޅުއްވައި މި ހާލަތު އޮޅުންފިލުވައިދެއްވުމަށް، ފިރާޒް ލަފާދެއްވައެވެ.

ފިރާޒް ވިދާޅުވަނީ ރަނގަޅު އާރުކާޓީއެއް ހުންނަވައިގެން ބަރާބަރަށް ރާވައިގެން މިކަން ކުރިއަށް ގެންދަވައިފި ނަމަ މަސައްކަތް ފަށާތާ ގިނަވެގެން 15 މިނެޓްތެރޭ މި ހުރިހައި ކަމެއް ނިމި ސްކޫލް ބަންދުކުރުމުގެ ހުއްދަ މިނިސްޓްރީން ދެއްވާނެކަން ކަށަވަރުކަމަށެވެ. އެ މަނިކުފާނު ވިދާޅުވީ އެހެން އެ ވިދާޅުވަނީ ތިން އަހަރުގެ ތަޖުރިބާގެ އަލީގައި ކަމަށެވެ.

މި ގޮތް ކާމިޔާބު ނުވެއްޖެ ނަމަ، އެ މަނިކުފާނުގެ ޕްލޭން ބީ އެއްވެސް އެބަ އޮތެވެ. އެ ގޮތް ހިއްސާކޮށްދެއްވުމަށް އެ މަނިކުފާނު ގަސްތުކުރައްވާނީ ފަހުންނެވެ. މި ގޮތް ކާމިޔާބު ނުވެއްޖެ ނަމައެވެ.

ވީމާ ތަޖުރިބާކާރުންގެ މިފަދަ ޚިޔާލުފުޅުތަކާ އެއްގޮތަށް ޢަމަލުކުރައްވައިގެން ކަމަށް ވިޔަސް، ރައްޔިތުން ނިކުމެ ސްކޫލުގައި ތަޅުއެޅުވުމުގެ ކުރިން ސްކޫލުން ހަރުދަނާ ފިޔަވަޅެއް އެޅުއްވުމަށް ގޮވާލަމެވެ.

މިއަދުވެސް ސްކޫލުގެ %26 ކުދިން ސްކޫލަށް ޙާޟިރުނުވާއިރު، ސްކޫލުގެ ވެރިން މިކަމާމެދު ފުންކޮށް ވިސްނާވަޑައިގެން އަވަސް ހައްލެއް ގެނެސްދެއްވަން އެބަޖެހެއެވެ.

އިހަވަންދޫ ރައްޔިތުންނަށްޓަކައެވެ.

އިހަވަންދޫ މަދަރުސާ

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

School lakun noolhe bandhukurakah veriyakah hurimeeha beynun nuvani

– 14 ޖުލައި 2016 1

Thi 15 minet hulivaaa hisaabakee v.v.v.v avas jahaifa siteee fonuvan jehey hisaaabu.... e hisaabun process thalhu elhuvuneee

– 14 ޖުލައި 2016 0

Thi 15 minet hulivaaa hisaabakee v.v.v.v avas jahaifa siteee fonuvan jehey hisaaabu.... e hisaabun process thalhu elhuvuneee

– 14 ޖުލައި 2016 0

Subaanahllah firaazoooo.... firaazmen ekan kuri iru thihaaa hiyyvaru huhtas, thikahala sitee eh fonuvaane hiyyvareh mihaaaru.neiyy... vazeefaa gehlidhaanethee v.v.v biruganey.... kurin dhuhu kulhudhufushy principleves kandailaifi

– 14 ޖުލައި 2016 0

ފަނަރަ މިނެޓުން ވެރިކަން ބަދަލުކުރަންވެސް އެބޭފުޅާއަށް އެގޭނެ․ <br>ކާކުތަ އުޅެނީ ސްކޫލް ބަންދުނުކުރެވިގެން!

– 13 ޖުލައި 2016 0

ކކ ދޮންބެއިސްތިއުފާ․․․․․․․މާލަސްވެއްޖެ ސުކޫލުގައި ތަލުއަލުވަން

– 14 ޖުލައި 2016 0

އިހަވަންދޫގެ މުއައްސާތަކުގެވާހަކަ ދެއްކުމަކުން ތިކަންހައްލެއް ނުވާނެ އިހަވަންދޫ ރައްޔިތުންވެސް އެބަޖެހޭ ކަންތައްތަކެއް ރަގަޅުކުރަން. މިސާލަކަށް ޖެހުނުހާތާކަށް ކުނިއުކުމާ ބޮބިފޯނިތަށް އެއްކޮއްފާ ނުބެހެއްޓުމާ ގޭތެރޭގައި ފެންއުފެދޭ ގޮތައްހުންނަ ތަންތަން ނައްތާލުން!

– 13 ޖުލައި 2016 0

Sckool ga thalhu alhuvaa aerun nimuny. Akahala kamen kn gah saeukaaruge samaalukamah genevaeeny. Aerun ahnaane kaakaagah guirey marunuvaa polihun.

– 14 ޖުލައި 2016 0

ކަމެއްވާ އިރަށް ދޮންބެ އަށް އިސްތިއުފާ އަށް ތި ގޮވަނީ ތިމާ ތި މާމޮޅު މީހެއަް ކަމަށް ހީކޮށްތަ؟ ވަކި ނުޖެހެ ސުކޫލު ބަންދު ކުރާކަށް․․․ އޯ'ލެވެލް އިމްތިހާނު ފެށެން 2 މަސް ދުވަސް ދެން ބާކީ އޮތީ ދެން ސުކޫލަށް ނުގޮސް ވޭތަ؟ ނަތީޖާ ދަށް ވީމަވެސް ހަމަ ދޮންބެ އިސްތިއުފާ އަށް ގޮވާނީ ހަމަ ތި އިހަވަންދޫ މީހުން․․․ ތިޔޭ އިހަވަންދޫ މީހުންގެ ހެއްވާ ކަމަކީ․․ ކަމެއްވާއިރަށް ވަރަށް އަވަހަށް އިސްތިއުފާ އަށް ގޮވާނެ․․․․․․

– 13 ޖުލައި 2016 0

ބައްލަވާ އުސްތާޛް ޢަބްދުލް މާނިއު ހުސައިން ތިޔަދެއްވާ ހިޔާލު ތަކަށް މަސައްކަތް ކުރާނޭ ބަޔަކު މިހާރު މި އިހަވަންދޫއަކު ނޫޅޭ․․․ އަދި އެހެން ނޫނަސް ސްކޫލު ބަންދު ކުރުމަކާއި މިކަމަކާ ކޮންބެހޭ ކަމެއް․․ ސްކޫލޫގައި އުޅުއްވާ ބޭފުޅުން މިފަހަރު ރޯދަމަހު ފަހުދެހަފުތާގައި ސްކޫލް ހުޅުވަން ޖެހުނީމަވެސް ހީލާފައި ބުނި ޑެންގޫ އައިސްގެން ކުރީއަހަރުހެން ބަންދު ކުރަން ޖެހޭނޭ! މީ ފެންވަރަކީ ․․ މިހާރު އެނގޭނެ ކަންނޭގެ މީ ކިހާވަރެއްގެ ކަމެއްކަން․․

– 13 ޖުލައި 2016 0

2 މީހުން ނިކުމެ ތަންތަން ބަންދުކުރި ދުވަސްތަށް މާޒީވެ ހިނގައްޖެ․․․․ ދެން އެކަމެއް ނުކުރެވޭނެ․․․ ސްކޫލު ބަންދެއް ނުކުރެވޭނެ․․․․ ދަރިން ސްކޫލަށް ފޮނުވަން ބޭނުންނުވާ ބަޔަކު ނުފޮނުވީމަ ނިމުނީ․․ މާނިއުތީ ޓީޗަރުންގެ ޕަޕެޓެއްތަ؟

– 13 ޖުލައި 2016 0

․ކޮމް ވަރަށް މަސައްކަތް ކުރާނެ ސްކޫލް ބަންދުކުރަން އެހެންނު ވާނީ ހުސް ޓީޗަރުން ވިއްޔަ! އޭރުން ގޭގަ ރެސްޓްގަ ތިބެވޭވެނެއްނު․ ތި ސްކޫލުގަ ނޫޅޭ ރަށްދެކެ ލޯބިވާ އެއްވެސް ޓީޗަރެއް މުޅިން މުސާރައަށް މަސައްކަތް ކުރާ މިހުން އިހުލާސް ތެރި ކަމެއް ނެތް․ ރަށުތެރެ ސާފުކުރަން ގޮވާލުމުން ވެސް ނިކުތީ އަންނާރުމާގެ ދެކުދިން ދެން ކުލަބުން ސުޖާ އިމަގުން މޫސަބޭ․․․ ކޮބާ 150 ޓިޗަރުން

– 13 ޖުލައި 2016 0

މި ހީވަނީ މާނިއު އެކަނި ބޭނުވާގޮހެ. މަދަރުސާވިޔާ ޑެންގީ ޖެހެނީ. މި ދަޑިވަޅު ގަވެސް މި ސައިޓް މި އުޅެނީ ފަސާދަގަ

– 13 ޖުލައި 2016 0

Maaniu thi kaatha? school bandhu kuraagoyy kiyaadhen furatha thimaa meehaa work kuraa lawfirm 5mnt bandhukuragoyy kaleyge bafaa ah kiyaadheeba

– 14 ޖުލައި 2016 0

Kalaymen akakuves vaahaka nudhanka Schkool bahdhu kuraa vaahaka dhankaathy haadha dheravaeba. Thanthaaga isverin nah thibay iru agahjehayne isthiufaa ah govaanekah ahchehives kiyaanekah aee mahsala ah noon.

– 14 ޖުލައި 2016 0

ބަނޑޭ އެއުޅުނީ އޭނާ ނިމިދިޔަހެން ދޮންބެ ލަށްވާ ގޯހެއް ހައްދުވާގެން ވ․ވ․ވ އަވަސް އަވަސް ކޮށް މުޅި އިހަވަންދޫ ބޭޒާރު ކުރަން․․․

– 13 ޖުލައި 2016 0

Konme kulaahakah madhi controll kuraane ragalhu fulhi eh dhinumun hurihaa massala eh halluvee.. eytun kiyevunves kuriyah madhirinves salaamai v...

– 14 ޖުލައި 2016 0

ސްކޫލް ބަންދުކުރާނެ ކަމެއްނެތް․ ރަށުތެރެ ސާފުކުރާނެ ކަމެއްވެސް․ މަދިރި ނައްތާލުމަށް އެއްކަމެއްވެސް ކުރާނެކަމެއްނެތް․ ބަލިވާނެ ބަޔަކުބަލިވާނެ․․ ބަލިފިލަންވީމަ ބަލިފިލާނެ․․ މިދެއްކި ވާހަކަތަކަކީ ފާސިދު ޢަޤީދާއެއްގެ މީހަކުނޫނީ ދައްކާނެ ވާހަކަތަކެއްނޫން․․ ވީމާ އަޅުންނަށް އޮތީ ސަބަބުގައި ހިފައިގެން ރައްކާތެރި ކޮށްދެއްވުން އަދި ދެންނެވުން․․ އެހެންކަމުން ސްކޫލުވެސް ބަންދު ކުރަންޖެހޭ․ ރަށުތެރެ ސާފުކުރަންވެސްޖެހޭ․ މަދަރި ނައްތާލުމަށް މަސައްކަތް ކުރަންވެސް ޖެހޭ․

– 14 ޖުލައި 2016 0

އިހަވަންދޫ މިއޮއްމަރަނީ ․․․․․އެޑިއުކޭސަން މިނިސްޓްރު․․․․އަދި އިހަށް މަޑުކޮށްލާ․․․․ދޮންބެ․․․އެޔޯ

– 14 ޖުލައި 2016 0

ފިރާޒް ދިޔަގޮތަށް ކކ․ ދޮންބެވެސް ވަޒީފާއިން ވަކިވާން ޖެހޭނެ، ބ ހިތައްއެރި މީހަކަށް ވަޒީފާތައް ބަހަމުންދާއިރު މި ކުރެވެނީ ހިކާވަރެއްގެ ކަމެއްކަމެއް ނޭގެ․ ހީނުކުރާތި މެމްބަރާއި މާ ގަާތްވެގެން އުޅުނަސް ވަޒީފާގަ އަބަދު ހުރެވޭނެކަމަށް․ ފުރަތަމަ މިވަންޒަފުން ގެންގުޅެން ދަސްކޮށްބަލަ، ވެރިއެއްގެ އެއްވެސް ސިފައެއްނެތް، މުވައްޒަފުންނަށް އިހްތިރާމް ކުރުމެއްނެތް <br>އބދ ސަމީޢު ހުއްޓަސް ސޫކުލު ތިޔަށްވުރެއް މާ މޮޅަށް ހިގާނެ

– 15 ޖުލައި 2016 1

ހަމަ ތެދެއް، އަމިއްލަ އެދުން ގޯތި މީހުންނަށް ވަޒީފާ ބަހަނީ

– 15 ޖުލައި 2016 0