ދެވަނަބުރު މިމަހު 16ގައި ބާއްވަން އިލެކްޝަންސްއިން ނިންމާފި — Ihavandhoo.com

ދެވަނަބުރު މިމަހު 16ގައި ބާއްވަން އިލެކްޝަންސްއިން ނިންމާފި

10 ނޮވެމްބަރު 2013 0

އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަބުރުގައި މީހަކު ވޯޓްލަނީ

ރިޔާސީ އިންތިހާބުގެ ދެވަނަބުރު މިމަހުގެ ސޯޅަވަނަދުވަހު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމާފިއެވެ. މިއަދު ބާއްވަން ހަމަޖެހިފައިވާ ދެވަނަބުރު ހޮނިހިރުދުވަހަށް ލަސްކުރަންޖެހުނީ ރޭ ފަތިހު ސުޕްރީމްކޯޓުން ނެރުނު އަމުރަކާއި ގުޅިގެންނެވެ.

ސުޕްރީމް ކޯޓުގެ ހުކުމާއި ގުޅިގެން ދެވަނަ ބުރު ފަސްކޮށް އިލެކްޝަންސް ކޮމިޝަނުން ނެރުނު އިއުލާނުގައި ބުނެފައިވަނީ، 16ވަނަ ދުވަހު ވޯޓުލުން އޮންނާނީ، ހެނދުނު 7:30 އިން 4:00 އަށް ކަމަށެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ނުބޭއްވި ދިޔުމުން އަނެއްކާވެސް އަލުން އިންތިހާބު ބޭއްވުމަށް 25 މިލިޔަނާއި 30 މިލިޔަނާއި ދެމެދުގެ އަދަދަދެއްގެ ފައިސާ އަނެއްކާވެސް ޚަރަދުވާނެ ކަމަށެވެ.

ފުއާދު ވިދާޅުވީ ކޮންމެ އިންތިހާބެއްވެސް ކެންސަލްވުމާއި އެކު އެތައް ފައިސާއަކާއި އެތައް ވަގުތަކާއި މަސައްކަތެއް ބޭކާރުވެގެންދަނީ ކަމަށެވެ.

ފުއާދު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު މިއަދު ބޭއްވުމަށް މަސައްކަތްކުރީވެސް މިއަދު ދެވަނަ ބުރު ބާއްވައި ދިނުމަށް ސަރުކާރާއި ކެންޑިޑޭޓުންގެ ފަރާތުންވެސް ހުށައަޅައި އެގޮތަށް އެއްބަސްވެގެން ކަމަށެވެ. އަދި ކޮމިޝަނުން 16 ވަނަ ދުވަހު ދެވަނަ ބުރު ބާއްވާ ގޮތަށް ނިންމާފައި އޮއްވައި، މިއަދު ދެވަނަ ބުރު ބާއްވާގޮތަށް ހަމަޖެއްސީވެސް ކެންޑިޑޭޓުންގެ ފަރާތުން ދިން ޔަގީންކަމުގެ މައްޗަށް ކަމަށްވެސް ފުއާދު ވިދާޅުވި އެވެ.

ރިޔާސީ އިންތިޚާބު 2013

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ