ދެވަނަ މެޗްވެސް ސީދާ ތިންސެޓުން ޕޯލްސްޓަރ ކާމިޔާބުކޮށްފި

14 އޭޕުރީލު 2016 0

މިއަދުގެ މެޗްގެ ތެރެއިން. ފޮޓޯ:ވީއޭއެމް

ކުޅުދުއްފުށީގައި ކުރިޔަށްދާ، ވީއޭއެމް ޕްރެޒިޑެންޓްސް ކަޕް ނޯތު މުބާރާތުގައި އިހަވަންދޫ ކްލަބު ޕޯލްސްޓަރ ކުޅުނު ދެވަނަ މެޗުވެސް ފަސޭހަކަމާއިއެކު ސީދާ ޓިންސެޓުން ކާމިޔާބުކޮށްފިއެވެ.

މިއަދު ހަވީރު ކުޅުނު މެޗް ޒިގްޒެގް އާއި ވާދަކޮށް ފުރަތަމަސެޓް ފަސޭހަކަމާއިއެކު 25-15 އިން ޕޯލްސްޓާރ ކާމިޔާބުކުރިއިރު ދެވަނަ ސެޓް އެޓީމް ކާމިޔާބުކުރީ 25-10 އިންނެވެ. އަދި ފަހުސެޓް ކާމިޔާބުކުރީ 25-3 އިންނެވެ.

މިމެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ޕޯލްސްޓާރގެ ފުރަތަމަ މެޗްގެވެސް މޮޅުކުޅުންތެރިޔަކަށް ހޮވުނު އެޓީމްގެ ޖާޒީ ނަންބަރު 12 ފާތިމަތު ތަހޫރާއެވެ.

މިމުބާރާތުގައި ޖުމްލަ 4 ރަށަކުން 5 ޓީމެއް ވާދަކުރެ ވެއެވެ. އެއީ ސޮސައިޓީ ފޯ ކުޅުދުއްފުށީ ޔޫތް (ސްކައި) އާއި ޒިގްޒެގް އާއި އިހަވަންދޫ، ކުލަބް ޕޯލް ސްޓަރ އާއި ނޮޅިވަރަމް ކުލަބް ހުވާސް އާއި ނާވައިދޫ ޒުވާނުންގެ ޖަމްއިއްޔާ އެވެ. ފާއިތުވި ދެއަހަރު މިމުބާރާތުގެ ޗެމްޕިއަން ޓީމަކީ އިހަވަންދޫ، ކުލަބް ޕޯލް ސްޓަރއެވެ.

ވީއޭއެމް ޕްރެޒިޑެންޓްސް ކަޕް 2016, ވީއޭއެމް ޕްރެސިޑެންޓް ކަޕް (ނޯތު)

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ