ޓޫފޯޓޫ ބޯޓްގެ އިތުރު ފަޅުވެރިއަކު ކޮވިޑަށް ފައްސިވެއްޖެ

3 އޮގަސްޓު 2020 0

ހއ. އިހަވަންދޫގައި ދުއްވާ ޓޫފޯޓޫ ބޯޓްގެ އިތުރުފަޅުވެރިޔަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ. އެއީ އެބޯޓްގެ އެހެންފަޅުވެރިޔަކު ކޮވިޑަށް ޓެސްޓު ކުރުމަށް އިއްޔަ އިހަވަންދޫން ނެގި 12 ސާމްޕަލް ތެރެއިން ކޮވިޑަށް ފައްސި ވެފައިވާ 2 ވަނަ ސާޕަލެވެ.  

މައުލޫމާތު ލިބިފައިވާގޮތުގައި އަލަށް ފަށްސިވީ ދިވެއްސެކެވެ. މިއާއިއެކު އިހަވަންދޫއިން ކޮވިޑަށް ފައްސިވެފައިވާ މީހުންގެ އަދަދު މިހާރުވަނީ 3 އަށް އިތުރުވެފައެވެ. އޭގެތެރޭގައި ހިމެނެނީ ޓޫފޯޓޫ ބޯޓްގެ 2 ފަޅުވެރިންނާއި ތަހުތު ބޯޓްގެ އެއް ފަޅުވެރިއެކެވެ. މިއެންމެންނަކީވެސް ދިވެހިންނެވެ.

ޓޫފޯޓޫ ބޯޓް އަދި ތަހުތު ބޯޓްގެ އެއްވެސް ފަޅުވެރިޔަކާއި ކޮންޓެކްޓް ވެފައިވާނަމަ، ވީހާވެސް އަވަހަށް އާމިނާދިޔޯ ސިއްޙީމަރުކަޒުގެ ނަންބަރު 6500284 އަށް ގުޅައި އެކަން އެންގުމަށް އެމަރުކަޒުން އެދެއެވެ.

 

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ