އިހަވަންދޫން މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ

1 އޮގަސްޓު 2020 0

ޓޫފޯޓޫ ބޯޓު މޮނިޓަރިންގ ހާލަތަށް ގެނެސްފައި. އިހަވަންދޫން ކޮވިޑަށް ފައްސިވެފައިވަނީ މިބޯޓުގެ ފަޅުވެރިއެއް. ފޮޓޯ:އިހަވަންދޫ.ކޮމް

ހއ. އިހަވަންދޫން ކޮވިޑަށް ޓެސްޓު ކުރުމަށް ނެގި ސާމްޕަލެއް ޕޮސިޓިވްވެ، ފުރަތަމަ ފަހަރަށް އިހަވަންދޫ އިން  މީހަކު ކޮވިޑަށް ފައްސިވެއްޖެއެވެ.

އިހަވަންދޫ ކައުންސިލުން ބުނެފައިވަނީ އިހަވަންދޫން ކޮވިޑުގެ އަލާމާތްތައް ފެނިގެން ޓެސްޓު ކުރި މީހެއް ކޮވިޑަށް ޕޮޒިޓިވް ވެފާވާކަމަށެވެ. ޕޮޒިޓިވް ވެފަ ވަނީ މިދިޔަ ހޯމަ ދުވަހުގެރޭ މާލެއިން އިހަވަންދޫއަށް އައި ޓޫފޯޓޫ ބޯޓުގެ ކޭޝިއަރު ކަމަށް މައުލުމާތު ލިބިފައި ވެއެވެ.

އިހަވަންދޫން މީހަކު ކޮވިޑަށް ފައްސިވުމާއެކު އެޗް.ޕީ.އޭ އިން ވަނީ އިހަވަންދޫ މޮނިޓަރިންގެ ހާލަތަށް ގެނެސް ރަށް އަރާ ފޭބުން މަނާކޮށްފައެވެ.

އިހަވަންދޫގެ އިތުރުން 242 ބޯޓު ދަތުރުކޮށްފައިވާ ރަށްތަކަކީ ހއ. މާރަންދޫ އާއި ހދ. ވައިކަރަދޫ އެވެ. މި ރަށަށް އެބޯޓުން އެއްވެސް މީހަކު ފައިބާފައި ނުވާކަމަށް މައުލޫމާތު ލިބިފައި ވެއެވެ. އެދެރަށަށް ބޯޓު ދަތުރުކޮށްފައިވަނީ މުދާހިފައިގެންނެވެ.

މީގެ 4 ދުވަސްކުރިން މާލެއިން ހއ. ކެލާއަށް ދަތުރުކުރި ސަވާރީ ބޯޓުގެ ކެޕްޓަން އާއި އެބޯޓުން ދަތުރުކުރި އިތުރު 9 މީހުންވެސް ވަނީ ޕޮޒިޓިވް ވެފައެވެ. މިމީހުން ޕޮޒިޓިވްވުމާއި ގުޅިގެން ހއ. ކެލާ، ހއ. ދިއްދޫ، ހއ. ވަށަފަރު އަދި ހދ. ނޮޅިވަރަންފަރުވަނީ މޮނީޓަރިންގެ ހާލަތަށް އެޗްޕީއޭ އިން ގެނެސްފައެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ