66 މީހުންނާއި އެކު މިސްރަށް ދަތުރުކުރި ފުލައިޓެއް ރާޑަރުން ގެއްލިއްޖެ — Ihavandhoo.com

66 މީހުންނާއި އެކު މިސްރަށް ދަތުރުކުރި ފުލައިޓެއް ރާޑަރުން ގެއްލިއްޖެ

19 މެއި 2016 0

އެމް.އެސް 804

މިސްރަށް ދަތުރުކުރަމުން ދިޔަ މަތިންދާބޯޓެއް ރާޑަރުން  ގެއްލިއްޖެ އެވެ.

 އިޖިޕްޓު އެއާއާ ހަވާލާދީ އަލްޖަޒީރާއިން ބުނެފައި ވަނީ ފުލައިޓު އެމް.އެސް 804 ގެއްލިފައި ވަނީ ފްރާންސުގެ ޕެރިހުން މިސްރުގެ ކައިރޯއަށް ދަތުރު ކުރަމުން ދަނިކޮށް ކަމަށެވެ. އެބޯޓުގައި 56 ފަސެންޖަރުންނާއި 10 ކުރޫ މެމްބަރުން ތިބިކަމަށް ރިޕޯރޓުތައް ބުނެއެވެ.

 އެއަރބަސް އޭ 320 މަރުކާގެ މިބޯޓު ރާޑަރުން ގެއްލުނު އިރު، ބޯޓު ދަތުރު ކުރަމުން ދިޔައީ އިރުމަތީ މެޑިޓެރޭނިއަންގެ 11،300 މީޓަރު މަތިން ކަމަށާއި ބޯޓާ ގުޅުން ކެނޑުނީ މިސްރުގެ ވައިގެ ސަރަހައްދުގެ 16 ކިލޯމީޓަރު އެތެރެއަށް ވަތް ފަހުން ކަމަށް އޮފިޝަލުން ވިދާޅުވި އެވެ. (އަލްޖަޒީރާ)

މަތިންދާބޯޓު ގެއްލުން

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ