7 މަސް ދުވަހުގެ މެދުކެނޑުމަކަށްފަހު ކުޅުދުއްފުށީ ހޮސްޕިޓަލުގައި ލޮލުގެ ޑޮކްޓުރައްގެ ޚިދުމަތް ދޭން ފަށައިފި — Ihavandhoo.com

7 މަސް ދުވަހުގެ މެދުކެނޑުމަކަށްފަހު ކުޅުދުއްފުށީ ހޮސްޕިޓަލުގައި ލޮލުގެ ޑޮކްޓުރައްގެ ޚިދުމަތް ދޭން ފަށައިފި

19 މެއި 2016 0

ހަތް މަސް ދުވަހުގެ މެދުކެނޑުމަކަށްފަހު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ލޮލުގެ ޑޮކްޓަރެއްގެ ޚިދުމަތްދޭން ފަށައިފިއެވެ.

ހަތް މަސް ދުވަހުގެ މުއްދަތަކަށް ލޮލޮގެ ޑޮކްޓަރެއްގެ ޚިދުމަތް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި މެދުކެނޑިފައިވަނީ 2015 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށީގެން އެ ހޮސްޕިޓަލުގައި ލޮލުގެ ޑޮކްޓަރެއް ނެތުމުންނެވެ. ކުޅުދުއްފުށި ޑޮޓްކޮމް އިން ރިޕޯރޓު ކޮށްފައިވާ ގޮތުގައި ލޮލުގެ ޑޮކްޓަރެއް ހިދުމަތް އަލުން ފަށާފައިވަނީ މިދިޔަ ހޯމަ ދުވަހު އެވެ. ލޮލުގެ ޑޮކްޓަރު ކޮންމެ ދުވަހެއްގައި ވެސް ހެނދުނު ނުވައަކުން ހަވީރު ހަތަރަކަށް ބަލިމީހުން ބައްލަވާ ގޮތަށް ހަމަޖެހިފައިވެ އެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަކީ ގިނަ ބަޔަކު ޙިދުމަތް ހޯދަމުންދާ ހޮސްޕިޓަލެކެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ