އޭލެވެލް އިމްތިހާނުގެ ގަދަ ދިހައެއްގެ ދިހަވަނައަށް ޖަޒްވާ

7 މާރިޗު 2018 0

މަތީ ސާނަވީ މަރުޙަލާ ނިންމާ 2017 ވަނަ އަހަރު އޭލެވެލް އިމްތިހާނު ހެދި ދަރިވަރުންގެ ތެރެއިން ދިވެހިރާއްޖޭގެ ގަދަ ދިހައެއްގެ ދިހަވަނަ މަގާމު، އިހަވަންދޫ ސުކޫލުގެ ދަރިވަރު، ހއ. އިހަވަންދޫ. އައިރިސް. އައިޝަތު ޖަޒްވާ ހާސިލުކޮށްފައެވެ.

އައިޝަތު ޖަޒްވާ އަށް މިފަދަ ކާމިޔާބީއެއް ލިބުނު އިރު މިދިޔަ އަހަރު މަތީ ޘާނަވީ ބައިން އިހަވަންދޫ ސްކޫލްގެ ހުރިހައި ގޮތަކުން އެންމެ މޮޅު ދަރިވަރުގެ މަގާމަށްވެސް އައިޝަތު ޖަޒުވާ ވަނީ ހޮވިފައެވެ.

ޖަޒްވާ ފާހަގަވެގެން ގޮސްފައިވަނީ އަދަބީ ދާއިރާގެ ފުންނާބު އުސް ދަރިވަރެއްގެ ގޮތުގައެވެ. 2015 ވަނަ އަހަރު، ދިވެހިބަހުގެ އެކަޑަމީގެ ފަރާތުން ކުރިއަށް ގެންދިޔަ މަޒުމޫނު 32 ވަނަ ޤައުމީ މުބާރާތުން 16 އަހަރާއި 21 އަހަރާއި ދެމެދުގެ އުމުރު ފުރައިން 2 ވަނަ ހާސިލުކޮށްފައިވެއެވެ.  2016 ވަނަ އަހަރު ބޭއްވުނު ކުރުވާހަކަ ލިޔުމުގެ ޤައުމީ މުބާރާތުން 16 އަހަރާއި 21 އަހަރާ ދެމެދުގެ އުމުރުފުރާއިން 3 ވަނަ ޖަޒުވާ އަށް ލިބިފައިވެއެވެ.

އިހަވަންދޫ މަދަރުސާ

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ