ހަމާސް ޖަމާއަތުގެ ހަނގުރާމަވެރި ގޮފީގެ ޓުވިޓަރ އެކައުންޓް ސަސްފެންޑްކޮށްފި — Ihavandhoo.com

ހަމާސް ޖަމާއަތުގެ ހަނގުރާމަވެރި ގޮފީގެ ޓުވިޓަރ އެކައުންޓް ސަސްފެންޑްކޮށްފި

17 ޖުލައި 2014 0

ފަލަސްތީނުގެ މިނިވަންކަމަށް ޖިހާދުކުރަމުންދާ ހަމާސް ޖަމާއަތުގެ ހަނގުރާމަވެރި ގޮފިކަމަށްވާ އިއްޒުއްދީން އަލް ގައްސާމް ބުރިގޭޑްގެ ޓުވިޓަރ އެކައުންޑް ޓުވިޓަރ އިން ސްސްފެންޑް ކޮށްފިއެވެ. ހަމާސް ޖަމާއަތުން އެމީހުންގެ ވެބްސައިޓްގައި ހާމަކޮށްފައިވާ ގޮތުގައި ޓުވިޓަރ އިން އަލް ގައްސާމް ބުރިގޭޑްގެ އެކައުންޓް ބަންދުކުރި ސަބުބު އަންގާފައެއް ނުވެއެވެ.

އަލް ގައްސާމް ބުރިގޭޑްގެ ޓުވިޓަރ އެކައުންޓްތައް ބަންދުކުރުމަކީ ޓުވިޓަރ އިން އާންމުކޮށް ކުރަމުން އަންނަކަމެކެވެ. އަލް ގައްސާމް ބުރިގޭޑްގެ ޓުވިޓާއެކައުންޓުން އެމީހުން ދެމުންދާ ހަމަލާތަކުގެ ތަފުސީލް ވަގުތުން ގެނެސްދެއެވެ. އަދި އިޒްރާއީލްގެ ރަހްމްކުޑަ ހަމަލާތަކުގައި ޝަހީދުވަމުންދާ ފަރާތްތަކުގެ ފޮޓޯތައް ތަޒާކަމާއިއެކު ޝާއިއު ކުރެއެވެ.

އިސްރާއީލާއި ފަލަސްތީނާ ދެމެދު ޙަމަލާތައް ހުއްޓާލުމަށް މިސްރުން ހުށަހެޅި ހުށަހެޅުމުގައި ޣައްޒާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުން ހިމެނިފައިނުވާތީ އެހުށަހެޅުން ގަބޫލުކުރުމަށް ފަލަސްތީނުގެ ޖަމާއަތްތަކުން ވަނީ ދެކޮޅުހަދާފައެވެ.

ހަމާސްޖަމާއަތަކީ އިސްރާއީލުން އެންމެ ޖެހިލުންވާ ޖިހާދީ ހަރަކާތެވެ.

ފަލަސްތީން

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ