އަސާއިން އުލިގަމުގައި ދަރުސް ޕްރަގުރާމެއް ކުރިޔަށް ގެންގޮސްފި — Ihavandhoo.com

އަސާއިން އުލިގަމުގައި ދަރުސް ޕްރަގުރާމެއް ކުރިޔަށް ގެންގޮސްފި

27 އޮކްޓޫބަރު 2014 1

އައްޝައިހު މުހައްމަދު ޝާފިއު ދަރުސް ދެއްވަނީ ފޮޓޯ:އިހަވަންދޫ.ކޮމް

އެސޯސިއޭޝަން ފޯރ ސޯޝަލް އެވެއަރނަސް (އަސާ) އިން ހއ.އުލިގަމުގައި ދީނީ ދަރުސް ޕްރަގުރާމެއް ކުރިޔަށް ގެންގޮސްފިއެވެ. މިމަހުގެ 23 ހުން 25 ހަށް ކުރިޔަށް ގެންދިޔަ މިދީނީ ދަރުސް ޕްރަގުރާމް ކުރިޔަށް ގެންގޮސްފައިވަނީ ހަތް ސެޝަނަކަށް ބަހާލައިގެންނެވެ.
އައްޝައިހު މުހައްމަދު ޝާފިއު ނެސޭހަތްދެއްވި މިދީނީ ދަރުސް ޕްރަގުރާމުގެ ސެޝަންތަކުގައި އަލިއަޅުއްވާލެއްވި މައިގަނޑު މައުލޫތަކަކީ ކައިވެނީގެ ގުޅުމުގެ މާތްކަން، ފަނާކުރުވަނިވި 7 ފާފަ، ނަމާދު، ދަރިން ތަރުބިއްޔަތުކުރުން އަދި ދިރިއުޅުމުގެ މަޤުސަދެވެ. މީގެ އިތުރުން ގްރޭޑް 8، 9 އަދި 10 ގެ ދަރިވަރުންނަށް އިމްތިހާނާބެހޭ ގޮތުން މި ޕްރަގުރާމުގެ ތެރޭގައި މައުލޫމާތު ދީފައިވެއެވެ.
އެސޯސިއޭޝަން ފޯރ ސޯޝަލް އެވެއަރނަސް (އަސާ) އަކީ 2004 ވަނައަހަރުން ފެށިގެން އުލިގަމުގައި ހަރަކާތްތެރިވަމުން އަންނަ މަދަނީ ޖަމިއްޔާއެކެވެ.

އައްޝައިހު މުހައްމަދު ޝާފިއު, ހއ.އުލިގަމް

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ޝާފިޢު ތިޔަ ކުރައްވާ މަސައްކަތަށް އައްސަރިބަހާއި ސަބަސް...

– 29 އޮކްޓޫބަރު 2014 0