ޤައުމީ ފެންވަރުގެ އަދަބީ މުބާރާތްތަކުން އިހަވަންދޫ ސުކޫލު ފާހަގަ ކުރެވޭ ކާމިޔާބީތަކެއް ހޯދައިފި

8 މާރިޗު 2018 4

ދިވެހިބަހުގެ އެކަޑަމީ އިން ޤައުމީ ފެންވަރުގައި ބޭއްވި މުބާރާތްތަކުން މިފަހަރުވެސް އިހަވަންދޫ ސުކޫލޫން ފާހަގަ ކޮށްލެވޭ ކާމިޔާބީތަކެއް ހޯދައިފިއެވެ.

2017 ވަނަ އަހަރު ދިވެހި އެކަޑަމީން ބޭއްވި އަލްއުސްތާޛު މުޙައްމަދު ޖަމީލު ދީދީގެ ވާދައިގެ ތަށްޓަށް ބާއްވާ މަޒުމޫނު ލިޔުމުގެ 34 ވަނަ ޤައުމީ މުބާރާތުގެ 16 އަހަރާ 21 އަހަރުގެ ބައިން އިހަވަންދޫ ސުކޫލު ވަނީ 3 ވަނަ ހޯދާފައެވެ. އަދި އެމުބާރާތުގެ 13 އަހަރާ 16 އަހަރާ ދެމެދުގެ ބައިންވެސް އިހަވަންދޫ ސުކޫލު ވަނީ 3 ވަނަ ހޯދާފައެވެ. މިމުބާރާތުގެ މިއުމުރުފުރައިން 1 ވަނަ ހޯދާފައި ވަނީވެސް އިހަވަންދޫ ސުކޫލުގެ ދަރިވަރެކެވެ. އެއީ ހއ. އިހަވަންދޫ، ހިޔަލީގެ، އާމިނަތު ޒަހާ ޒާހިރު އެވެ. އަދި މިއުމުރު ފުރައިން ދެވަނަ ހޯދާފައި ވަނީ އިހަވަންދޫ ސުކޫލުގެ ދަރިވަރު، ހއ. އިހަވަންދޫ، މާސް، މާރިޔަތު މާނިއާ އެވެ.

2017 ވަނަ އަހަރު ދިވެހި އެކަޑަމީ އިން ބޭއްވި އައްޝައިހު މަލިމް މޫސާ މާފަތްކަލޭގެފާނުގެ ވާދައިގެ ތަށްޓަށް ބާއްވާ ކުރުވާހަކަ ލިޔުމުގެ 31 ވަނަ ޤައުމީ މުބާރާތުގެ 16 އަހަރާ 21 އަހަރާ ދެމެދުގެ ބައިން 3 ވަނަ ސުކޫލަކަށް އިހަވަންދޫ ސުކޫލު ހޮވިފައި ވާއިރު އެމުބާރާތުގެ އެ އުމުރުފުރައިން 3 ވަނަ ހާސިލް ކޮށްފައި ވަނީ އިހަވަންދޫ ސުކޫލުގެ ދަރިވަރު، ހއ. އިހަވަންދޫ، އަރާވިލާ، އާމިނަތު ސަމްހާ އެވެ.

މިވަނަތައް ސުކޫލުން ހާސިލްކޮށްފައިވާއިރު، 2014 ވަނަ އަހަރުން ފެށިގެން އިހަވަންދޫ ސުކޫލުން ދަނީ ޤައުމީ ފެންވަރުގައި ބޭއްވޭ އަދަބީ މުބާރާތްތަކުން ފާހަގަ ކޮށްލެވޭ ވަނަތަކެއް ހޯދަމުންކަން ފާހަގަ ކުރެވެއެވެ.

މިގޮތުން 2016 ވަނަ އަހަރު ދިވެހި އެކަޑަމީން ބޭއްވި އަދަބީ މުބާރާތް ތަކުގެ ތެރެއިން މަޒުމޫނު ލިޔުމުގެ ޤައުމީ މުބާރާތުން 13 އަހަރުން ދަށުގެ ބައިން އިހަވަންދޫ ސުކޫލު 3 ވަނަ ހޯދާފައިވާކަން ފާހަގަ ކޮށްލެވެއެވެ. އަދި އެމުބާރާތުގެ 13 އަހަރާ 16 އަހަރާ ދެމެދުގެ ބައިން އިހަވަންދޫ ސުކޫލު އެފަހަރު ވަނީ 2 ވަނަ ހޯދާފައެވެ. 2016 ވަނަ އަހަރުގެ ކުރުވާހަކަ ލިޔުމުގެ ޤައުމީ މުބާރާތުގެ 13 އަހަރާ 16 އަހަރުގެ އުމުރުފުރައިން އިހަވަންދޫ ސުކޫލު 3 ވަނަ ހޯދާފައިވާކަންވެސް ފާހަގަ ކޮށްލެވެއެވެ.

ޤައުމީ ފެންވަރުގެ އަދަބީ މުބާރާތްތަކުން 2015 ވަނަ އަހަރުވެސް އިހަވަންދޫ ސުކޫލު ވަނީ ފަހުރުވެރި ވަނަތަކެއް ހޯދާފައެވެ.

2014 ވަނަ އަހަރުވެސް މަޒުމޫނު ލިޔުމުގެ ޤައުމީ މުބާރާތުން 16 އަހަރާ 21 އަހަރުގެ އުމުރުފުރައިން 3 ވަނަ އިހަވަންދޫ ސުކޫލު ހޯދާފަ ވާއިރު، އެއަހަރު ބޭއްވި ކުރުވާހަކަ ލިޔުމުގެ ޤައުމީ މުބާރާތުން 13 އަހަރާ 16 އަހަރާ ދެމެދުގެ ބައިން އެ ސުކޫލު ވަނީ 1 ވަނަ ހޯދާފައެވެ.

އިހަވަންދޫ ސުކޫލަކީ އެލްކޭޖީ އިން ފެށިގެން ގުރޭޑް 12 އާއި ހަމައަށް ތައުލީމު ފޯރުކޮށްދެމުންދާ ސުކޫލެކެވެ. މި ސުކޫލުގައި މިއަހަރު ޖުމުލަ 784 ދަރިވަރުން ތައުލީމު ހާސިލް ކުރެއެވެ.

އިހަވަންދޫ މަދަރުސާ

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

އިހަވަންދޫސުކޫލުޑޮޓްކޮމް

– 8 މާރިޗު 2018 0

ކާމިޔާބީ އަށް މަރުޙަބާ! <br>ހިތަމަޔަކީ ކާމިޔާބީ ހޯދާ ފިރިހެންކުދިން ނިސްބަތުން މަދުކަން․

– 10 މާރިޗު 2018 0

ކެރޭ ހީވާގި މުދައްރިސުން ތަކަކާ، ޝައުގުވެރި ބަސްއަހާ ދަރިވަރުންތަކެއް ތިބިއްޔާ ކޮންމެ ރަށަކަސް ތި މަންޒަރު ދެއްކޭނެ․

– 10 މާރިޗު 2018 0

އައްސަރިބަހާ ސާބަސް․

– 12 މާރިޗު 2018 0