އެއަރ އޭޝިޔާއިން ކޮންމެ ފަޅުވެރިއެއްގެބޮލަށް ބަދަލުގެ ގޮތުގައި 125000 ޑޮލަރު ހުށައަޅައިފި — Ihavandhoo.com

އެއަރ އޭޝިޔާއިން ކޮންމެ ފަޅުވެރިއެއްގެބޮލަށް ބަދަލުގެ ގޮތުގައި 125000 ޑޮލަރު ހުށައަޅައިފި

8 ޖެނުއަރީ 2015 0

އެއަރއޭޝިޔާގެ ބޯޓުގެ ހަލާކުވެފައިވާ ގޮނޑިއެއް ރެސްކިއު ޓީމުން އުފުލަނީ

ޖާވާ ކަނޑަށް ވެއްޓިފައިވާ އެއަރ އޭޝިޔާގެ ފްލައިޓް ކިއޫޒެޑް1058 ގެ ކޮންމެ ފަޅުވެރިއެއްގެ އާއިލާއަށް ބަދަލުގެ ގޮތުގައި އެއްލައްކަ ފަންސަވީސްހާސް އެމެރިކާ ޑޮލަރު އެއަރ އޭޝިއާއިން ހުށައަޅައިފިއެވެ.

އެއަރ އޭޝިޔާގެ އޮފިޝަލަކު ބުނެފައިވަނީ އިންޑޮނޭޝިޔާގެ ޓުރާސްޕޯރޓު މިނިސްޓުރީގެ ޤާނޫނުގައި ވާގޮތަށް އެމީހުން އަމަލު ކުރާނެ ކަމުގައެވެ. އެޤާނޫނުގައި ބުނެފައިވާ ގޮތުން ވައިގެ ދަތުރުފަތުރުގައި ގެއްލޭ ކޮންމެ ފުރާނައެއްގެ ބަދަލުގައި 1.3 މިލިއަން އިންޑޮނޭޝިން ރުފިޔާ (98000 އެމެރިކާ ޑޮލަރު) ދޭންޖެހޭނެއެވެ.

2014 ޑިސެމްބަރު 28 ވީ އާދިއްތަދުވަހު އެއާއޭޝިއާގެ ފްލައިޓް ޖާވާ ކަނޑަށް ވެއްޓި 162 ދަތުރުވެރިން ވަނީ މަރުވެފަ އެވެ. އޭގެ ތެރެއިން މިހާތަނަށް ވަނީ 40 މީހެއްގެ ހަށިގަނޑު ފެނިފައިވެ އެވެ. ގިނަ މީހުން ތިބޭނީ ކަނޑު އަޑީގައި އޮތް ބައިތަކުގައި ތާށިވެފައި ކަމަށް، ރެސްކިއު އޮޕަރޭޝަންގެ އިސް ފަރާތްތަކުން ބުނެ އެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ