BREAKING NEWS

↵ ހުވާސް ފިހާރަ ފަޅާލައި ވައްކަން ކޮށްފި

އެއަރޕޯޓު އަޅަން ހަމަޖެއްސި މާފިނޮޅު ވަރުވާއަށް ދެނީ

20 މާރިޗު 2018 1

ހއ. މާފިނޮޅުގައި އެއަރޕޯޓެއް އެޅުމަށް އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސަސްމަންޓު ހަދާދޭނެ ފަރާތެއް ހޯދުމަށް ރީޖަނަލް އެއަރޕޯރޓްސް އޮތޯރިޓީން އިޢުލާނުކޮށްފައި ވަނިކޮށް އެރަށް ބީލަމުގެ އުސޫލުން ވަރުވާއަށް ދޫކުރަން ފިޝަރީޒް މިނިސްޓްރީން އިޢުލާނު ކޮށްފިއެވެ.

ފިޝަރީޒް މިނިސްޓްރީން ހއ. މާފޮނޮޅު ހިމެނޭ ގޮތަށް ޖުމުލަ 25 ފަޅުރަށެއް ވަރުވާއަށް ދޫކުރުމަށް ނިންމާ އިޢުލާނުކޮށްފައި ވާއިރު، އެރަށުގައި އެއަރޕޯޓު އެޅުމަށް އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސަސްމަންޓު ހެދުމުގެ އަންދާސީ ހިސާބު، އަންނަ އާދިއްތަ ދުވަހު މެންދުރުފަހު 1:30 ގައި ބަލާގަތުމަށް ހަމަޖެހިފައިވާ ކަމަށް ރީޖަނަލް އެއަރޕޯޓްސް އިން ކުރިން ވަނީ އިޢުލާނު ކޮށްފައެވެ.

ވަރުވާއަށް ދޫކުރުމަށް ހުޅުވާލި ހއ. މާފިނޮޅާ އެކު ހއ. އަތޮޅުގެ 17 ރަށެއް ހިމެނޭއިރު އިއުލާނުގައިވާ ގޮތުން އެ ރަށްތައް ވަރުވާ އަށް ނަގަން ބޭނުންވާ ފަރާތްތަކަށް މި މަހުގެ 25 ވަނަ ދުވަހުން ފެށިގެން ބިޑް ފޯމް ވިއްކަން ފަށާނެ  ކަމަށާއި ފޯމް ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 24 ވަނަ ދުވަހާ ހަމައަށް އޮންނާނެ ކަމަށް ވެއެވެ.

 

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ރައްޔިތުން ގުނބޯ ހައްދަން ޖަހާ މިކަހަލަ ސުޓަންޓުތައް އާހިރުގަ އަމިއްލަ އަތަށް ގޮވަނީ އަބަދުވެސް.. ތިއޮތީ މަކަރި ފަޅާއަރާފަ.. <br> <br>

– 20 މާރިޗު 2018 0