އެއާޕޯޓުގައި ޖެޓީ އަޅާނެކަމަށް މިނިސްޓަރ އަސްލަމް ވިދާޅުވެއްޖެ

5 އޮކްޓޫބަރު 2020 6

ހއ.އުނގުލިފިނޮޅު ބިއްދޮށް ހިއްކައިގެން އެމް.ޓީ.ސީ.ސީން ތަރައްގީކުރަމުންދާ، އިހަވަންދިއްޕޮޅު އެއާޕޯޓްގައި، ލަފާފުރުމަށް ވަކި ޖެޓީއެއް ނަހަދާތީ އެކަމުގައި ހުރި ކަންބޮޑުވުންތައް ހއ.އަތޮޅު ރައްޔިތުން ފާޅުކުރަމުންދަނިކޮށް، އެއާޕޯޓްގައި ޖެޓީ އަޅާނެ ކަމަށް ހައުސިން އެންޑް ޕްލޭނިން މިނިސްޓަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މިހާރު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެއާޕޯޓްގައި ޖެޓީ އެޅުމާ ގުޅޭގޮތުން އިހަވަންދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޝިފާޢު ކުރެއްވި ސުވާލުގެ ޖަވާބުގައި މިނިސްޓަރ އަސްލަމް ވިދާޅުވީ "އެ ވިދާޅުވި ގޮތަށް (އެއާޕޯޓަށް) ވަކިން އަރާ ފޭބޭނެ ފާލަމެއް އެޅުމަށް ވަނީ ނިންމިފަ" ކަމަށެވެ.

މިނިސްޓަރު މިގޮތަށް ޖަވާބު މި ދެއްވީ އެއާޕޯޓްގައި ޖެޓީ ނާޅާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް، ތުރާކުނާއި ހޯރަފުށި ނޫން، ހއ އަތޮޅުގެ ހުރިހާ ރަށެއްގެ ކައުންސިލްތަކާއި އަތޮޅު ކައުންސިލުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ސިޓީ ފޮނުވާފައިވަނިކޮށެވެ.

ޖުމްލަ 14 ރަށެއްގައި ހއ އަތޮޅުގައި މީހުން ދިރިއުޅޭއިރު، 12 ރަށަކާއި އަދި ހއ.އަތޮޅު ކައުންސިލުން، ރައީސް އޮފީހަށް ފޮނުވި މި ސިޓީތަކުގައި ފާހަގަކޮށްފައި ވަނީ، އެއާޕޯޓްގެ މަސައްކަތް ނިމެންދާއިރު ރައީސުލްޖުމްހޫރިއްޔާ ވައުދުވެވަޑައިގެންފައިވާ، އެއާޕޯޓް ޖެޓީގެ އެއްވެސް މަސައްކަތެއް ފެށިފައި ނުވުމުގެ ކަންބޮޑުވުމާއި، ޖެޓީއެއް އެއާޕޯޓްގައި އޮތުން މުހިއްމުވާ ސަބަބުތަކާއި އަދި ޖެޓީއާ ނުލައި އެއާޕޯޓް ހުޅުވައިފި ނަމަ އަތޮޅު ރައްޔިތުންނާއި އެއާޕޯޓްގެ ހިދުމަތް ހޯދާ ފަރާތްތަކަށް ކުރިމަތިވާނޭ ތަކުލީފުތަކެވެ.

މި ސިޓީތަކުގައި އެދިފައި ވަނީ އެއާޕޯޓް ހުޅުވުމުގެ ކުރިން ޖެޓީގެ މަސައްކަތް ނިންމައިދިނުމަށާއި މުޅި އަތޮޅަށް ލާބަ އާއި މަންފާ ލިބޭނޭ ގޮތަށް އެއާޕޯޓްގެ މަސައްކަތް ބައްޓަންކޮށްދެއްވުމަށެވެ.

އެމް.ޓީ.ސީ.ސީން ދާދިފަހުން ޚަބަރުދީފައިވާގޮތުން، އެއާޕޯޓް އެޅުމަށް އެ ކުންފުނީގެ މަހާޖައްރާފުން މިދިޔަ އަހަރު ހިއްކި ބިމުގައި ކުރަމުންދާ އެއާޕޯޓް ތަރައްގީކުރުމުގެ މަސައްކަތް ދާދި އަވަހަށް ނިމޭނެއެވެ. މިފަހުން ވަނީ އެއާޕޯޓްގެ ޓާމިނަލްގެ މަސައްކަތް ވެސް ފަށާފައެވެ.

އެއާޕޯޓްގެ މަސައްކަތް ނިމެންދާއިރު ވެސް އެއާޕޯޓަށް ލަފާފުރުމަށްޓަކައި ހަދަން ޖެހޭ ޖެޓީގެ މަސައްކަތުގެ އެއްވެސް މައުލޫމާތެއް އެއްވެސް މުއައްސަސާއަކުން ހާމަކޮށްފައި ނުވުމާއި، އެ މަސައްކަތް އެއްވެސް ފަރާތަކާ ވެސް ހަވާލުކޮށްފައި ނުވާތީ އެއާޕޯޓްގައި ޖެޓީއެއް އަޅާނެކަމާމެދު ސުވާލު އުފެދި އެކަމާ ކަންބޮޑުވެގެން ތިލަދުންމަތީ އުތުރުބުރިއަށް ނިސްބަތްވާ ބައެއް ރަށްރަށުގެ ޒުވާނުންގެ ބޮޑު ދައުރެއް އޮވެގެން އޮންލައިން ޕެޓިޝަނެއް ހަދާކަމުގެ މަޢުލޫމާތު ދާދިފަހުން ފެތުރިފައިވެއެވެ.

އިހަވަންދިއްޕޮޅު އެއާޕޯޓަށް ވަކިން ލަފާފުރޭ ގޮތަށް ޖެޓީއެއް ނާޅާތީ މަނަފަރު ރިސޯޓުގެ ކަންބޮޑުވުން އޮތްކަން ވެސް ވަނީ ހާމަވެފައެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ހޯރަފުށި އެއާޕޯޓް**

– 5 އޮކްޓޫބަރު 2020 0

HA. Atoll kuhjaa
Varah ufaa vehje
Shukuriyyaa al usthaaz abdul maaniu

– 6 އޮކްޓޫބަރު 2020 0

Haa alif atoll kujjaa
Shukuriyyaa al usthaaz abdul maaniu

– 6 އޮކްޓޫބަރު 2020 0

Molhadho
V ufaa vehje
Shukuriyyaa maaniu

– 6 އޮކްޓޫބަރު 2020 0

Ahun
Mi rashuga ulhuni muhsadhi kamun thi jetty gadu ves beynun nuvaa meehun. Emeehun nulafaane ethaakah. Maaniu men noonee noolhe asluves rashah heyo edhey bayeh.

– 6 އޮކްޓޫބަރު 2020 0

ކީއްވެތަ ދޮގު ހަބަރު ފަތުރަނީ، ކޮން އިހަވަންދިއްޕޮޅު އެއަރޕޯޓެއްތަ․․؟

– 7 އޮކްޓޫބަރު 2020 0