އަޖިނަމުޓޯ – ބޭނުންކުރުން ރަނގަޅު އެއްޗެއް ނޫން

7 ސެޕްޓެމްބަރު 2015 4

މޮނޯސޯޑިއަމް ގުލުޓަމޭޓް ނުވަތަ ދިވެހިން ދަންނަ ނަމުންނަމަ އަޖިނަމުޓޯ އަކީ ދިވެހި ބަދިގެތަކުގައި ކެއްކުމަށް ބޭނުންކުރާ ޒަރޫރީ އެއްޗަކަށް މިހާރުވަނީ ވެފައެއެވެ. "މޮނޯސޯޑިއަމް ގުލުޓަމޭޓް" ނުވަތަ އެމްއެސްޖީ (MSG)، އަޖިނަމުޓޯ އަށްވީ ޖަޕާނުގެ އަޖިނަމުޓޯ ކޯރޕް ކިޔާ ކުންފުންޏަކުން، އަޖިނަމުޓޯގެ ނަމުގެ މި ކެމިކަލް ބާޒާރަށް ނެރުމުންނެވެ.

މޮނޯސޯޑިއަމް ގުލުޓަމޭޓް ނުވަތަ އަޖިނަމުޓޯގެ ތާރީހު ފެށިގެން އަންނަނީ ޗައިނާމީހުން އެމީހުންގެ ސޫޕްތަކުގައި ރަހަ ހެއުކުރާން ބޭނުންކުރި ކެމިކަލެއްގެ ގޮތުގައެވެ. ނަމަވެސް މިއަދު މުޅި ދުނިޔެ މިވަނީ އަޖިނަމުޓޯގެ އަވާގައި ޖެހިފައެވެ. ދިވެހިންނަށްވެސް ކާތަކެތީގައި މަސްރަހަ ލައްވާން އެވަރެއް ނެތެވެ.

މޮނޯސޯޑިއަމް ގުލުޓަމޭޓް ނުވަތަ އަޖިނަމުޓޯން ހަށިގަނޑަށްކުރަނީ ކޮންއަސަރެއް؟

މޮނޯސޯޑިއަމް ގުލުޓަމޭޓް ނުވަތަ އަޖިނަމުޓޯ ހިމެނޭ ކާނާ ކެއުމުން، ލޭގައި ހުންނަ ގުލުޓަމޭޓްގެ ނިސްބަތް 8-10 ގުނަޔާއި ދެމެދުގެ މިންވަރަކަށް އިތުރުވެއެވެ. ލޭގައި ހުންނަ ގުލުޓަމޭޓް އަކީ ވަރަށް ދަށުގައި ހުންނަންޖެހޭ މާއްދާއެއްކަމުން، މި މަތިވާ މަތިވުމުގެ ސަބަބުން އެތައް ސިއްހީ މައްސަލަތަކަކަށް ހުށަހެޅިގެންދެއެވެ.

މީގެ އިތުރުން އަޖިނަމުޓޯގައި ހުންނަ ބައެއް ކެމިކަލްތަކަކީ ނިއުރޯޓްރާންސްމީޓަރުތަކަށް ލޯޑް ބޮޑުކުރާ ކެމިކަލް ތަކެކެވެ. ހަށިގަނޑުގައި ހިނގާ އިލެކްޓްރިކް ޓްރާންސްމިޝަންތަކަށް އެއަންނަ ބޮޑު ލޯޑްގެ ސަބަބުން ސިއްހީ މައްސަލަތަކަކަށް މީހާ ހުށަހެޅެއެވެ.

އަޖިނަމުޓޯއަކީ ގެއްލުންހުރިއެއްޗަކަށް ވާއިރު ގިނަމީހުން އެބޭނުންކުރަނީ ކީއްވެ؟

އަޖިނަމުޓޯއަކީ އަގުހެއޮ ގިނަފިހާރަތުން ލިބެންހުންނަ، އަދި ކާނާގެ ރަހަމީރު ކޮށްދޭ އެއްޗެއްކަމުން އެއާއި ދުރަށް ދަމާބާރަށްވުރެ ގަދައީ އެއާދިމާއަށް ދަމާބާރެވެ.

މޮނޯސޯޑިއަމް ގުލުޓަމޭޓް ނުވަތަ އަޖިނަމުޓޯ އެކުލެވޭ ކާނާ ކެއުމުން ޕެންކުރިއާސްއަށް ފޮނުވާ ސިނގުނަލް ތަކުގެ ސަބަބުން ލޭގައި ހަކުރުގެ މިންވަރު ރަނގަޅު މިންވަރެއްގައި ހުރިނަމަވެސް، އިންސިއުލިން އުފައްދައި ލޭގެ ތެރެއަށް ފޮނުވަން ފަށައެވެ. ޕެންކްރިއާސްއިން އިތުރަށް އުފައްދާ އިންސިއުލިންގެ ސަބަބުން ހަށިގަނޑުގައި ހަކުރުގެ މިންވަރު ދަށްކޮށްލައެވެ. މިކަމުގެ ސަބަބުން ބަނޑުހާކަން އިހްސާސްކުރުވައެވެ. ވުމާއި އެކު ނަތީޖާއެއްގެގޮތުން ކާންޖެހޭ މިންވަރަށްވުރެ އިތުރަށްކެވި މީހާގެ ބަރުދަން އިތުރުވެއެވެ.

މޮނޯސޯޑިއަމް ގުލުޓަމޭޓްއަކީ އެޑިކްޓް ވާ މާއްދާއެއް ކަމަށްވެސް ވެއެވެ. ވުމާއިއެކު އެމާއްދާ އަޅައިގެން ތައްޔާރުކުރާ ކާނާ އާނމު ކެއުމެއްގެގޮތުގައި ކާހިއްކުރުވައެވެ.

އަޖިނަމުޓޯއިން ސިއްހަތަށްކުރަނީ ކޮން އަސަރެއް؟

ބައެއް ޑަކްޓަރުން ވިދާޅުވާގޮތުގައި އަޖިނަމުޓޯއަކީ ލަސްލަހުން މީހާ މަރުގެ ތުންފަތްމައްޗަށް ގެންދާ އެއްޗެކެވެ. ބޭނުންކުރަން ފަށާ ފުރަތަމަކޮޅު ބޮޑެތި ސިއްޙީ މައްސަލަތައް ދިމާނުވިނަމަވެސް، ދިގުމުއްދަތަކަށް ބޭނުންކުރުމުން ބައެއްކަހަލަ ބޮޑެތި ސިއްޙީ މައްސަލަތަކާއި ކުރިމަތިލާންޖެހިދާނެއެވެ.

ޑަކްޓަރު ޒަހޫރު ވިދާޅުވާ ގޮތުގައި، އޭނާ ދެކިލައްވާގޮތުގައި ރާއްޖޭގެ ބައެއްމީހުންނަށް މިހާރު ދިމާވަމުންދާ ކައްޓާއި ނާރުގެ މައްސަލަތަކާއި އަޖިނަމުޓޯ ބޭނުންކުރުމާއި ގުޅުމެއް ވާކަމަށެވެ. "ބައިވަރު މީހުންއަންނަނީ ކައްށީގެ މައްސަލަތަކުގައި. ރިއްސާތީ. ނާރުގެ މައްސަލަ ހުންނަނީ. އަޖިނަމުޓޯ ކާލެއް ގިނައީ" ޑރ. ޒަހޫރު ވިދާޅުވިއެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ކަންތަކާ ޖެހުނީ ތީ․ ކުނިގޮނޑު މައްސަލަ ހައްލުކޮށްފަ މިހާރު ވިޔަފާރިވެރިންނާ ބެހެން ފެށީ ދޯ؟

– 7 ސެޕްޓެމްބަރު 2015 11

އިހަވަންދޫ ޑޮޓް ކޮމް އިން މި ފަދަ މުހިއްމު މައުލޫމާތު ފޯރުކޮށްދޭ ނިސްބަތް މަދުކަމާމެދު ހިތާމަ ކުރަން

– 28 ސެޕްޓެމްބަރު 2015 0

އަދިވެސް ބޮޑަަށް ތަފްސީލްވިނަމަ ވަރަށް ސަޅި <br>

– 3 ޖުލައި 2016 0

ސާބަހޭ ކަލޭނޭ

– 26 ސެޕްޓެމްބަރު 2016 0