އަލްޖީރިޔާ ފުޓްބޯޅަ ޓީމަށް ވޯލްޑްކަޕުން ލިބުނު ފައިސާ ގައްޒާއަށް ހަދިޔާކުރަނީ — Ihavandhoo.com

އިހަވަންދޫ ސުކޫލުގެ ރަންޔޫބީލް ގުނާނަ

02 ދުވަސް

އަލްޖީރިޔާ ފުޓްބޯޅަ ޓީމަށް ވޯލްޑްކަޕުން ލިބުނު ފައިސާ ގައްޒާއަށް ހަދިޔާކުރަނީ

އަލްޖީރިޔާ ފުޓްބޯޅަ ޓީމަށް ވޯލްޑްކަޕުން ލިބުނު ފައިސާ، ފަލަސްތީނުގެ ގައްޒާގެ ފަގީރުންނަށް ހަދިޔާކުރަން އެޓީމުން ނިންމާފިއެވެ. އަލްޖީރިޔާ ޓީމްގެ ކުރިއަށް ކުޅޭ އިސްލާމް ސުލައިމާނީ ހާމަކޮށްފއިވާ ގޮތުގައި އޭނާޔާ އޭނަގެ ޓިމުގެ ކުޅުންތެރިން، އެމީހުންނަށް ވޯލްޑްކަޕް ކުޅިގެން އެކިގޮތްގިތުން ލިބުނުފައިސާ އިން ފަލަސްތީނުގެ ގައްޒާއަށް އެހީވުމަށް ނިންމާފައިވާކަމުގައެވެ. "އަހަރެމެންނަށް ވުރެ ބޮޑަށް އެމީހުން އެއަށް(ފައިސާއަށް) ބޭނުންވެގެންވޭ" ސުޕޯޓްސް ލިސްބަންއަށް ކުޅޭ ސުލައިމާނީ ބުނިކަމަށް ނޫސްތަކުގައި ރިޕޯޓްކޮށްފައި ވެއެވެ.

އުރުތުރު އެފްރިކާއަށް ނިސްބަތްވާ އަލްޖީރިޔާއިން ވޯލްޑްކަޕްގައި ދައްކާފައިވާ މޮޅުކުޅުމަށް ދުނިޔޭގެ އެތައްބަޔަކު ތައުރީފް ކޮށްފައިވެއެވެ. ހާއްސަކޮށް ދެވަނަބުރުގައި ވަރުގަދަ ޖަރުމަނާއެކު ކުޅުނުމެޗުގައި އިތުރުވަގުތު ކުޅެންޖެހުމުން، އެޓީމަކީ ދުނިޔޭގެ މޮޅެތި ޓީމްތަކުގެ ސަފުގައި ފާހަމަކޮށްފައިވާ ޓީމެއްކަމަށް ގިނަބަޔަކު ބުނެއެވެ. ޖާމަނީ އާއި ދެކޮޅަށް ކުޅުނު މެޗުގައި އަލްޖީރިއާގެ 23 ކުޅުންތެރިންގެ ތެރެއިން 17 ކުޅުންތެރިން ތިބީ ރޯދަ އަށެވެ.

ވޯލްޑް ކަޕަށްފަހު އެޓީމް ގައުމަށް ދިއުމުން އެތައްހާސް ބަޔަކު މަގުތަކަށް ނުކުމެވަނީ އެޓީމަށް މަރުހަބާ ކިޔާފައެވެ.

އަލްޖީރިޔާއާއި އެކު ވޯލްޑްކަޕުގައި ކުޅުނު އެފްރިކާއަށް ނިސްބަތްވާ ދެގައުމުކަމަށްވާ ކެމަރޫންއާއި ގާނާގެ ކުޅުންތެރިންގެ މެދުގައި ވޯލްޑްކަޕް ކުޅެގެން ލިބެންޖެހޭ ފައިސާއާއިމެދު ދެބަސްވުން އުފެދި ޓީމް ގަޑުބަޑުވިއިރު، ހަމަ އެފްރިކާއަށް ނިސްބަތްވާ އަލްޖީރިޔާގެ ކުޅުންތެރިންގެ ދީލަތިކަމުން އެޓީމަށް އެތައްބަޔެއްގެ އިހްތިރާމް ލިބޭނެކަމަށް ބެލެވެއެވެ.

މިފަހަރުގެ ވޯލްޑްކަޕުން އަލްޖީރިޔާ ޓީމަށް 9 މިލިއަން ޑޮލަރު ނުވަތަ 138 މިލިއަން ރުފިޔާ ލިބޭނެކަމަށް ބެލެވެއެވެ.   

ފަލަސްތީން

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ