އަޅުގަނޑު މިހުރީ ސާބިތު ކަމާއިއެކު – މުހައްމާ

16 ޖުލައި 2017 2

ރައީސް ޔާމީންގެ ކިބައިން މިޤައުމު ސަލާމަތްކުރަންތެދުވެ ސާބިތުކަމާއިއެކު ހުންނެވިކަމަށް އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބުދުﷲ (މުހައްމާ) ވިދާޅުވެއްޖެއެވެ. މުޙައްމަދު ޢަބްދުﷲ  މިހެން ވިދާޅުވީ އިހަވަންދޫ ދާއިރާގެ ޒުވާނުންތަކެއް އެބޭފުޅާއާއި ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. "އަޅުގަނޑު މިހުރީ ސާބިތު ކަމާ އެކު، ރައީސް ޔާމީންގެ ކިބައިން މިޤައުމު ސަލާމަތްކުރަން ތެދުވެ! ޖަވާބު ވަރަށް ސާފު" މުޙައްމަދު ޢަބްދުﷲ  ވިދާޅުވިއެވެ.

މުޙައްމަދު ޢަބްދުﷲ  މިހެން  ވިދާޅުމިވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޕާޓީ ބަދަލުކޮށްފި ނުވަތަ ޕާޓީން ވަކިވެއްޖެ ނުވަތަ ވަކިކޮށްފި ނަމަ މަޖިލީހުގެ މެމްބަރުކަމުގެ ގޮނޑި ގެއްލޭނެ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކޮށްފައިވަނިކޮށެވެ. ބަންޑާރަ ނައިބު މުހައްމަދު އަނިލް ހުށަހެޅުއްވި ދުސްތޫރީ މައްސަލަ ބެއްލެވި ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރި ހުކުމުގައި ބުނާ ގޮތުން ގޮނޑި ގެއްލޭނީ ހުކުމް ކުރި ދުވަހުން  ފެށިގެން ޕާޓީތަކުން ވަކިވާ، ވަކިކުރާ އަދި އެހެން ޕާޓީއަކާ ގުޅޭ މެމްބަރުންނެވެ. މިހާރުގެ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބަށް ފަހު އެތައް މެމްބަރުންނެއް އެކި ޕާޓީތަކަށް ބަދަލުވެފައި ވިޔަސް، އެ މެމްބަރުންގެ ގޮނޑިއަށް އަސަރެއް ނުކުރާނެއެވެ.

އިހަވަންދޫ ދާއިރާގެ ޢިއްޒަތްތެރި މެމްބަރު މުޙައްމަދު ޢަބްދުﷲ މަޖިލިހަށް އިންތިޚާބުވެވަޑައިގަތީ ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި ކަމަށް ވިޔަސް، އެ ބޭފުޅާ ވަނީ 9 ޖުލައި 2014 ގައި ވެރިކަން ކުރާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)އާ ގުޅިވަޑައިގެންފައެވެ. އެއަށްފަހު މަޖިލީހުގެ ރައީސް އަބުދުﷲ މަސީޙްގެ އިތުބާރުނެތްކަމުގެ މައްސަލާގައި ސޮއިކުރެއްވުމަށްފަހު އެބޭފުޅާވަނީ ޕީޕީއެމުން ކެނޑެން ސިޓީލާފައެވެ. ނަމަވެސް ޕީޕީއެމް އިން ބުނަމުންދަނީ ކެނޑެން ސިޓީލީ މެމްބަރުން އެޕާޓީގެ ދަފުތަރުން އުނި ނުކުރާކަމުގައެވެ.

ސްޕްރީމް ކޯޓުގެ ހުކުމުގައި ގޮނޑި ގެއްލޭނެ ހާލަތްތަކަށް ބަޔާންކޮށްފައިވަނީ ސިޔާސީ ޕާޓީއެއްގެ ޓިކެޓްގައި ވާދަކޮށް އިންތިހާބުވި ޕާޓީގެ މެމްބަރުކަމުން ވަކިކުރުމާއި، ނުވަތަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމަށް ސިޔާސީ ޕާޓީއެއްގެ ޓިކެޓްގައި ވާދަކޮށްގެން އިންތިހާބުވި ޕާޓީއެއްގެ މެމްބަރުކަމުން އަމިއްލަޔަށް ވަކިވުމާއި، ނުވަތަ އިންތިހާބުވި ޕާޓީނޫން އެހެން ޕާޓީއެއްގެ މެމްބަރަކަށް ވުމެވެ.

މެމްބަރެއްގެ ގޮނޑި ގެއްލިއްޖެ ނަމަ އެ ދާއިރާއެއްގެ ބައިއިލެކްޝަން ބާއްވަން އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ވަނީ އަމުރުކޮށްފަ އެވެ. ގާނޫނު ބުނާ ގޮތުން ރައްޔިތުންގެ މަޖިލިހުގެ ހުސްވާ ގޮނޑިތަކުގެ ބައިއިލެކްޝަން ބާއްވަން ޖެހެނީ ދެ މަސް ދުވަހުގެ ތެރޭގަ އެވެ.

މުހައްމަދު އަބުދުﷲ

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ހެހެ․ ހަމަ ހިނި އަންނަނީ․ މުޙައްމަދު ޢަބުދުﷲ އިހަވަންދޫ ދާއިރާ އަށް ކޮށްދިނީ ކޮންކަމެއް؟ ހެހެ․

– 16 ޖުލައި 2017 0

މަޖިލީހުގައި މުހައްމާ ކުރެއްވި ކަމަކީ ކޮބާ؟ <br>ދާދި ފަހަކާއި ޖެހެންދެންވެސް ވިދާޅުވީ "ދެކެދެކެވެސް މިވަރުގެ ރައީސެއް ނުދެކެމޭ" <br>ރަނގަޅީ ގޮޑި ގެްއްލުނިއްޔާ․ ދެން ނުވެސް ހޮވާނަން․

– 18 ޖުލައި 2017 0