އަނެއްކާވެސް ރައްޔިތުން ދުމުގެތެރެއަށް — Ihavandhoo.com

އަނެއްކާވެސް ރައްޔިތުން ދުމުގެތެރެއަށް

21 ޖުލައި 2016 6

ދުވަސްތަކަކަށްފަހު އަނެއްކާވެސް ކުނިގޮނޑުން އަރާ ދުމުގެ ސަބަބުން އިހަވަންދޫގެ އުތުރުކޮޅުގައި އުޅޭ ފަރާތްތަކަށް އުނދަގޫވާން ފަށައިފިއެވެ. މޫސުމީ ވައި ބަދަލުވުމާއިއެކު މިމަހު 19 ވަނަދުވަހުން ފެށިގެން ސީދާ ރަށުތެރެއަށް ދުންއަރަމުންދާތީ، އެކަންވަނީ އެސަރަހައްދުގައި އުޅޭ މީހުންނަށް ބޮޑު ތަކުލީފަކަށްވެފައެވެ.

ކުނިއެންދުމުގައި ހަރަކަތްތެރިވާ ފަރާތަކުންބުނީ އެހާބޮޑަށް ދުންއަރަނީ މިދުވަސްވަރަކީ ވިއްސާރަ ދުވަސްވަރަކަށް ވުމާއިއެކު ކުނިގޮނޑަށް ގެންނަކުންޏާއި، ހުރިކުނިވެސް ތެތްކޮށް ހުރުމުގެ ސަބަބުންކަމަށެވެ. އެކަމާއިގުޅިގެން ސުވާލުކޮށްލުމުން އިހަވަންދޫގެ އުތުރުކޮޅުގައި ދިރިއުޅެމުންދާ މީހަކުބުނީ އެމީހުން ދިރިއުޅެނީ ވިހަދުމުގައި ކަމުގައެވެ. އޭނާ ބުނިގޮތުގައި ދުމުގެ ސަބަބުން އުނދަގުވާތީ 2 ނަންބަރު ދަނޑުގައި މިއަދު ކުޅެންއުޅުނު ބައެއް މީހުންވެސް ގެއަށް ދިޔަކަމަށެވެ.

އެހެންމީހަކު ބުނީ ދުމުގެ ސަބަބުން ސްކޫލުގައި ކިޔަވާ ދަރިވަރުންނަށްވެސް އުނދަގޫ ވާކަމުގައެވެ. ކުނިގޮނޑުން އަރާދުމުން އެސަރަހައްދުގައި އެޅޭމީހުންނަށް އުނދަގޫވާތީ އެކަން ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނައުމަށް ޕެޓިޝަނެއް ތައްޔާރުކުރި އަހަމަދު ރިޞްވާން ބުނީ، ޕެޓިޝަނާގުޅިގެން ހައްލެއް ލިބިފައިނުވާތީ އެމައްސަލަ ހިއުމަންރައިޓްސް ކޮމިޝަނަށް ހުށަހަޅާފައިވާކަމަށެވެ. "ކޮމިޝަނުން ޖަވާބުދީފި. އޭގަ އޮތީ ކުނިގޮނޑުގެ މައްސަލަ ހައްލުކުރުމަށް އިހަވަންދޫ ކައުންސިލުން ހޭބޯނާރާ މަސައްކަތްކުރަމުންދާކަމަށް ކައުންސިލުން މައުލޫމާތު ދީފައިވާކަމަށް" އޭނާ ބުންޏެވެ. އޭނާބުނީ ޕެޓިޝަން ހުށަހެޅިއިރުވެސް ހައްލެއް ނުލިބޭނެކަން އެނގޭކަމުގައެވެ. "އެނގޭ އެހުށަހެޅިއަސް ހައްލެއް ނުލިބޭނެކަން. އެ ހުށަހަޅަން އުޅުނުއިރުވެސް ސިޔާސީފަރަތްތަކުން ދިޔައީ ފިއްތަމުން، މަލާމާތްކުރަމުން." އޭނާ ބުންޏެވެ.

ކުނިގޮނޑު, އިހަވަންދޫ ކައުންސިލް, އިހަވަންދޫ އިންޖީނުގެ

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ތިކަމަށް ހުރަސްއެޅި އެއްމެ ސިޔާސީ މީހެއްވެސް ބުނެބަ․ އަންނަ އިންތިހާބުތަކުގަ ކުޅިދައްކާލާނަން

– 21 ޖުލައި 2016 0

މުހައްމާ

– 21 ޖުލައި 2016 0

މޮޔަފުޅު ވީތޯ

– 21 ޖުލައި 2016 0

އިންތިހާބީ މާޤާމުތަކުގަ ނޫނަސް ސިޔާސީމީހުން ތިބޭކަން ހަނދާންކޮށްދޭން

– 21 ޖުލައި 2016 0

ޒިޖުވާން ނޫން ދަރިއަކުނެތް ރަށު މީހުން ހާލާމެދުވިސްނާ․ ހިތާމަކުރަން އޭނަ އަށް ވޯޓް ނުދެވުނީމަ․ ދެން ކުރިމަތިލާފިޔާމުން ދޭނަން

– 21 ޖުލައި 2016 0

ޝުކުރިއްޔާ އަހަމަދު ރިޞްވާން

– 21 ޖުލައި 2016 0