މުހައްމަދު ރަޝީދާއި އާސިފްގެ ފަރުދީ ވައުދު ފުއްދަވައިފި! — Ihavandhoo.com

މުހައްމަދު ރަޝީދާއި އާސިފްގެ ފަރުދީ ވައުދު ފުއްދަވައިފި!

12 ސެޕްޓެމްބަރު 2015 3

އާސިފް ސްކޫލް ލައިބްރަރީއަށް 10000 ރުފިޔާ ހަދިޔާ ކުރައްވަނީ.

އިހަވަންދޫ ކައުންސިލަށް ޕީޕީއެމްގެ ޓިކެޓްގައި ހޮވާފައިވާ މުޙައްމަދު ރަޝީދު (މުންޒިރު ބްރޯ) އަދި ކައުންސިލްގެ ރައީސް މުހައްމަދު އާސިފް އެބޭފުޅުން، ކައުންސިލަށް އިންތިހާބު ކޮށްފިނަމަ ފަރުދީގޮތުން ފުއްދަވާނެކަމަށް ވެލެއްވި ވައުދު ފުއްދަވައިފިއެވެ.

އެބޭފުޅުން ވެލައްވާފައިވާ ވައުދު ފުއްދަވާފައިވަނީ ރޭ އިހަވަންދޫ މަދަރުސާގައިއޮޮތް 2014 ވަނައަހަރުގެ އިނާމު ދިނުމުގެ ޖަލްސާގައެވެ. އެގޮތުން މުޙައްމަދު ރަޝީދު (މުންޒިރު ބްރޯ)، 2014 ވަނައަހަރު ގްރޭޑް 7 ކުން އެންމެމޮޅު ދަރިވަރަށް ލެޕްޓޮފެއް ހަދިޔާކޮށްފައިވާއިރު މުޙައްމަދު އާސިފް ވަނީ އިހަވަންދޫ ސްކޫލްގެ ލައިބްރަރީއަށް ދިހަހާސް ރުފިޔާ ހަދިޔާ ކޮށްފައެވެ.

މުޙައްމަދު އާސިފ،ް އެބޭފުޅާ ކައުންސިލަށް އިންތިހާބު ކޮށްފިނަމަ އެބޭފުޅާ ވައުދު ވެފައިވަނީ އެބޭފުޅާގެ ކައުންސިލްކަމުގެ ދައުރުގައި ކޮންމެ އަހަރަކުވެސް 10،000 (ދިހަހާސް) ރުފިޔާ އިހަވަންދޫ ސްކޫލްގެ ލައިބްރަރީއަށް ހަދިޔާ ކުރުމަށެވެ. މުޙައްމަދު ރަޝީދު ވައުދު ވެފައިވަނީ އެބޭފުޅާގެ ކައުންސިލްކަމުގެ ދައުރުގައި ގްރޭޑް 7 ކުން އެންމެމޮޅު ދަރިވަރަކަށް ހޮވޭ ދަރިވަރަށް ލެޕްޓޮޕެއް ދިނުމަށެވެ.

މިދިޔަ އަހަރުވެސް އެ ދެ ބޭފުޅުންވަނީ 2013 ވަނައަހަރުގެ އިނާމު ދިނުމުގެ ޖަލްސާގައި ވައުދު ފުއްދަވާފައެވެ.

ކައުންސިލަރު މުހައްމަދު ރަޝީދު މިނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ކުރިޔަށް އޮތް އަހަރުވެސް އެބޭފުޅާ ވެފައިވާ ވައުދު ފުއްދަވާނެ ކަމަށެވެ. "މުންޒިރު ބްރޯ މިހުރީ ވައުދު ފުއްދުމުގައި، ދަރިވަރުން ހިއްވަރު ކޮށްގެން ކާމިޔާބު ހޯދޭނީ" މުހައްމަދު ރަޝީދު ވިދާޅުވިއެވެ.

އަދި މިއަހަރު އެކި ވަނަތައް ހާސިލްކުރި ހުރިހާ ދަރިވަރުންނަށް މަރުހަބާ ކިޔާކަމަށާއި، ކުރިޔަށް އޮތްތަނުގައިވެސް އިތުރު ކާމިޔާބުތައް ހޯދުމަށް ގަދައަޅާ މަސައްކަތްކުރުމަށް އެބޭފުޅާ ގޮވާލެއްވިއެވެ.

އިހަވަންދޫ ކައުންސިލަށް ޕީޕީއެމް ކޯލީޝަންގެ ފަރާތުން ވާދަކުރި ހުރިހާ ކެންޑިޑޭޓުންވެސް ވަނީ ފަރުދީ ގޮތުން ތަފާތު ވައުދު ވެލައްވާފައެވެ.

ކައުންސިލްގެ ރައީސް, އިހަވަންދޫ ކައުންސިލް, އިހަވަންދޫ މަދަރުސާ, ޕީޕީއެމް ކޯލީޝަން, ޕީޕީއެމް އިހަވަންދޫ

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ހާދަ ބޮޑު އިނާމެއް․․․․ ކޮބާބާ ޕޯލްސްޓާއިން ގުރުވާން މުބާރާތުން އެއްވަނަ ދަރިވަރަށް ދޭންބުނި 10000ރ ؟؟؟؟؟؟؟؟؟

– 12 ސެޕްޓެމްބަރު 2015 1

ޕޯލްސްޓަރއިން މިއަހަރު ބޭއްވި ޤުރުއާްން މުބާރާތުގެ ނަތީޖާ ފާޅު ކުރުމުން އެ 10000 ލިބޭނެ․․․ އެންމެމޮޅު ބައިވެރިޔާއަށް

– 13 ސެޕްޓެމްބަރު 2015 1

މިއަހަރުވެސް ތިޔަވާހަކަ ކައުންސިލްގެ އަހަރީ ރިޕޯޓުގައި ކައުންސިލް ލަނޑުދަނޑި ތަކުގެ ތެރޭގައި ތިޔަވާހަކަ ގެނުމަށް ގޮވަލަން

– 13 ސެޕްޓެމްބަރު 2015 0